25 މެއި 2023
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ތަގްރީރު ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހިމެނޭ ރިސިޓްތައް ހާމަކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ތަގްރީރު ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހިމެނޭ ރިސިޓްތައް ހާމަކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
އދ. ގައި ތަގްރީރު ކުރައްވަން ރައީސާއި ދައުލަތުގެ އިސް ބޭފުޅުންގެ ވަފުދެއް 2021 ވަނަ އަހަރު އެމެރިކާގެ ނިއުކޯޔަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލު އެނގޭނެ ރިސިޕްޓްތައް ހާމަކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމުމުން އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ހަރަދުތަކުގެ ރިސިޓްތައް ހާމަކޮށްފިނަމަ ރައީސްގެ ސެކިއުރިޓީ އަށް ބުރޫ އަރައި އަދި ބައެއްގެ ޒާތީ މައުލޫމާތުތަކެއް އާންމު ވެދާނެ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، ގާނޫނު އޮތްގޮތުން އެފަދަ މައުލޫމާތުތައް އުނިކުރުމަށްފަހު ވެސް ރިސިޓްތައް ދޭންވާނެ ކަމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން އޮތީ އެގޮތަށް ކަމަށްވާތީ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
އެހެން ނަމަވެސް ހުކުމުގައިވާ ގޮތުން، އެ ރިސިޓްތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނާ މައުލޫމާތުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމާ މެދު ދައުލަތުން ސުވާލު އުފައްދައިފައެއް ނުވެ އެވެ. އަދި އެގޮތަށް ސުވާލު އުފެއްދިނަމަ ރައުޔު ތަފާތުވުމުގެ ފުރުސަތު އޮތީ ވެސް ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.
އިބޫގެ ދަތުރުފުޅުގެ ރިސިޓް ހާމަކުރަން ނުޖެހޭނެ:ދައުލަތް
ރައީސްގެ ދަތުރު ހަރަދުގެ މައްސަލަ ސުޕްރީމްކޯޓުން ބަލަނީ
ރައީސްގެ ދަތުރު ހަރަދު ހާމަކުރާ މައްސަލަ ބަލައެއްނުގަތް
ރައީސްގެ ދަތުރު ހަރަދު ހާމަކުރާތީ ސުޕްރީމް ކޯޓަށް
ރައީސްގެ އެމެރިކާ ދަތުރަށް 4.1 މިލިއަން ޚަރަދުކުރި
ބީއެމްއެލްގެ އިސްވެރިންގެ މުސާރައަކީ ސިއްރެއް: ކޯޓް
ސަރުކާރު ކުންފުނިތަކަށް އާރްޓީއައި ގާނޫނު ހިނގާނެ
ފެނަކައިގެ ދަރަނި ހާމަކުރަން އެންގީ ރަނގަޅަށް:ހައިކޯޓް
އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރަން ނިންމީ ގޯސްކޮށް
އިންޑިއާސިފައިންގެ އަދަދު ހާމަކޮށްފިނަމަ ކާޑުގެ ދަތިކަން