Roadha Mihaaru
ރައީސްގެ ދަތުރު ހަރަދު ހާމަކުރާ މައްސަލަ ބަލައެއްނުގަތް

ރައީސްގެ ދަތުރުފުޅުގެ ހަރަދު ހާމަކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް

17 ޖުލައި 2023

އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ.

އދ. ގައި ތަގްރީރު ކުރެއްވުމަށް ރައީސާއި ސަރުކާރުގެ އިސް ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހިމެނޭ ރިސިޓްތައް ހާމަކުރަން އިންފޮމޭޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވީ ހައި ކޯޓުގެ ނިންމުމުން ގޯސް ކަމަށް ބަލަންޖެހޭ ސަބަބެއް ދައުލަތުން ހުށަހަޅާފައި ނުވާތީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށެވެ.

ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ދައުލަތުން ބުނެފައިވަނީ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ހާމަކޮށްފި ނަމަ ރައީސްގެ ސެކިއުރިޓީއަށް ބުރޫ އަރައި އަދި ބައެއްގެ ޒާތީ މައުލޫމާތު އާންމުވެދާނެ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެފަދަ މައުލޫމާތު އުނިކުރުމަށް ފަހު ވެސް ހަރަދުތަކުގެ ތަފްސީލު ދޭންޖެހޭ ކަމަށެވެ.