22 ޖުލައި 2024
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އދ. ގައި ތަގްރީރު ކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ރިސިޓްތައް ހާމަކުރަން ހައި ކޯޓުން އެންގީ ގޯސްކޮށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އދ. ގައި ތަގްރީރު ކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ރިސިޓްތައް ހާމަކުރަން ހައި ކޯޓުން އެންގީ ގޯސްކޮށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
އދ. ގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އިބޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އިބޫގެ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ވެސް ހިމެނޭހެން މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި ރިސިޓްތަކާ ނުލައި ވެސް އެ މައުލޫމާތު ހާމަ ކުރެވިދާނެ ކަމަށާއި އެގޮތުން އެ މައްސަލާގައި މައުލޫމާތު ހާމަކުރި ނަމަވެސް އެކަންކަމަށް ހައި ކޯޓުން ރިއާޔަތް ކޮށްފައިނުވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި މައުލޫމާތެއް ހާމަ ކުރާއިރު ކޮންމެހެން ރިސިޓްތައް ދޭކަށް ނުޖެހޭނެ އެވެ. އަދި އެ ރިސިޓްތަކުގައި ހުރި މައުލޫމާތުތައް އެހެން ލިޔުމެއްގައި ވެސް ފޯރުކޮށް ދެވިދާނެ ކަމަށާއި ނަމަވެސް ހައި ކޯޓުން އެންގީ ރިސިޓްތައް ދިނުމަށް ކަމަށް ދައުލަތުން ބުންޏެވެ.
އެހެންވެ، ހައި ކޯޓުގެ ނިންމުން ބާތިލްކުރަން ދައުލަތުން އެދުނެވެ.
ނަމަވެސް ރައްދުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ހަރަދުތަކުގެ ރިސިޓްތައް ދޭން އެންގީ ރައީސް އޮފީހުން ދޫކުރި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ކަމަށެވެ. އަދި ރިސިޓްތައް ނުދިނުމަށް ދައުލަތުން ހައި ކޯޓުގައި ދެއްކި ސަބަބަކީ ސަލާމަތީ ސަބަބުތަކަށްވުމާއި ތިން ވަނަ ފަރާތްތަކެއްގެ މައުލޫމާތު ހިމެނޭތީ އެއީ ހާމަކުރަން ނުޖެހޭ މައުލޫމާތުތަކެއް ކަމަށް ބުނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުންޏެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނިގޮތުގައި ރިސިޓްތަކަކީ މައުލޫމާތުގެ މާނައިގެ ތެރެއަށް ވަންނާނެ އެއްޗެއް ނޫން ކަމަށް ކުރިން ދައުލަތުން އެއްވެސް މަރުހަލާއެއްގައި ވަކާލާތު ކޮށްފައެއް ނުވެ އެވެ. އެހެންވެ، މިހާރު މި މަރުހަލާގައި ރިސިޓްތަކަކީ މައުލޫމާތެއް ނޫން ކަމަށް ބުނެ ދައުލަތަށް ވާހަކަ ނުދެއްކޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުންޏެވެ.
އަދި މި މަރުހަލާގައި އެ ވާހަކަ ދެއްކޭނެތޯ ވެސް ސުވާލު އުފެދޭ ކަމަށް އެ އޮފީހުން ބުންޏެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން ކުރިއަށް ދަނީ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ރިސިޓްތަކަކީ މައުލޫމާތެއް ކަމަށް ނުބެލެވޭ ސަބަބެއް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި މައުލޫމާތުގެ މާނައިގެ ތެރޭގައި ވަރަށް ފުޅާކޮށް ގިނަ ބާވަތުގެ ލިޔުންތައް ހިމެނޭނެ ކަމަށާއި އަދި މައުލޫމާތު ހޯދަން އެދޭ ގޮތަކަށް އެ މައުލޫމާތު ދިނުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އެހެންވެ، ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ނިންމައިދޭން އެ އޮފީހުން އެދުނެވެ.
ފަނޑިޔާރުންގެ ބެންޗުން ވަނީ ބައެއް ސުވާލުތައް ދައުލަތަށް އަމާޒު ކުރައްވައިފަ އެވެ. އެގޮތުން ދައުލަތުން ބުނާގޮތަށް ރިސިޓްތައް ނުދީ އެ މައުލޫމާތު އެހެން ލިޔުމަކަށް ބަދަލު ކުރުމަށްފަހު ދިނުމުން މައުލޫމާތުގެ ސައްހަކަން ކަށަވަރުވާނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
މީގެ އިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެތޯ އާއި ތިން ވަނަ ފަރާތުގެ ހައްގު ހިމެނޭ މައުލޫމާތަކީ ކޮބައިތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ. އެ ސުވާލުތަކަށް ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބު ދޭން ތައްޔާރުވުމަށް ބެންޗުން އެންގެވި އެވެ.
ނަމަވެސް މިއަދުގެ އަޑުއެހުމުގެ ވަގުތު ހަމަވުމުން އިތުރު އަޑުއެހުމެއް ބާއްވާނެ ކަން ބެންޗުން އިއުލާން ކުރެއްވި އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.
ރައީސްގެ ދަތުރު ހަރަދު ހާމަކުރާތީ ސުޕްރީމް ކޯޓަށް
ބީއެމްއެލްގެ އިސްވެރިންގެ މުސާރައަކީ ސިއްރެއް: ކޯޓް
ސަރުކާރު ކުންފުނިތަކަށް އާރްޓީއައި ގާނޫނު ހިނގާނެ
ރައީސްގެ ދަތުރު ހަރަދުގެ މައްސަލަ ސުޕްރީމްކޯޓުން ބަލަނީ
ރައީސްގެ ދަތުރު ހަރަދު ހާމަކުރާ މައްސަލަ ބަލައެއްނުގަތް
ރައީސްގެ ދަތުރުފުޅުގެ ރިސިޓްތައް ދޭންޖެހޭނެ: ހައިކޯޓް
އައިކޮމްގެ ނިންމުން ނުބަލަން ނިންމީ ގާނޫނާ ޚިލާފަށް
އައިކޮމްގެ ނިންމުމެއް ބަލަން ހައި ކޯޓަށް އަންގައިފި
އައިކޮމްގެ ނިންމުން ބެލޭނެ ކަމާމެދު ދެބަސްވުމެއް ނެތް
އައިކޮމްގެ ނިންމުން ނުބަލާ މައްސަލާގެ ޝަރީއަތް ފަށަނީ