23 އޮކްޓޯބަރ 2023
ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި ފެންނަނީ، ގިނަ އަހަރުތަކެއް ވަންދެން ގުދަންކޮށް، ބާ ލިޔެކިޔުންތަކެއް ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން މިއަދު ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި ފެންނަނީ، ގިނަ އަހަރުތަކެއް ވަންދެން ގުދަންކޮށް، ބާ ލިޔެކިޔުންތަކެއް ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން އެހެން ބުނީ، ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި އާންމުކުރި އާދައިގެ މުވައްޒަފަކު ސަސްޕެންޑް ކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވުމުންނެވެ.
އެ ފާޑުކިޔުންތަކުގެ ރައްދުގައި، އެފްއެސްއެމްގެ މީޑިއާ އޮފިޝަލް މިހާރު" އަށް ވިދާޅުވީ އެ ވީޑިއޯއިން ފެންނަނީ މިހާރު އެއްވެސް ގޮތަކަށް ބޭނުން ހިލޭ ލިޔެކިޔުންތަކެއް ނޫން ކަމަށެވެ.
"ވީޑިއޯއިން ފެންނަނީ، ގިނައަހަރުތަކެއް ވަންދެން ގުދަން ކުރެވިފައި ހުރި އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
މި ވީޑިއޯ ނަގައި ހަގީގަތް އޮޅޭ ގޮތަށް ދައުރުކުރަމުން ދަނީ އާންމުންނާއި ކަސްޓަމަރުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކަމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ވީޑިއޯ ނަގައި އާންމުކުރި ކަމަށް ބުނާ އެފްއެސްއެމްގެ މީޓަރު ޓެކްނީޝަން އަހުމަދު އަނީސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އޭނާއާ ހަވާލުކުރި ޗިޓުގައި އަންގާފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ގޭގައި މަޑުކުރުމަށެވެ.
އެކަމާ ގުޅިގެން އެ ކުންފުނިން ވަކި އެއްޗެއް ބުނެފައެެއް އެވެ.
އަނީސް ސަސްޕެންޑްކުރި ކަމުގެ ލިޔުމުގައި ސޮއިކުރައްވާފައި ވަނީ އެފްއެސްއެމްގެ ސީއެފްއޯ އާއިޝަތު ފަޔާޒާ އެވެ.
އެސްޓީއޯގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
ފޮރުވަންޖެހޭ ނާޖާއިޒު މަންފާއެއް ނެތް: ގަސަމް
ލިޔުންތައް ނައްތާލުން ހުއްޓުވަން އޭސީސީން އެދިއްޖެ
ލިޔުންތައް ނައްތާލާތީ ބައެއް މެމްބަރުންގެ ކަންބޮޑުވުން!
ލިޔުންތައް ނައްތާލާ ވީޑިއޯކުރި މުވައްޒަފު ސަސްޕެންޑް
ތެލުގެ ހިޔާނާތް: 28 މިލިއަން ރުފިޔާ ޑީސަލް ގެއްލުނު
2018 އިން ފެށިގެން ދިޔައީ ތެލުގެ ވައްކަން ކުރަމުން
ތެލުގެ ވައްކަން: ބޮޑު ތުހުމަތެއް ބިދޭސީ މުއައްޒަފަކަށް
ޚިޔާނާތުގެ ތުހުމަތުވާ ގިނަ ބަޔަކު ވަކިކުރި: ގަސަމް
ވައްކަން ކުރީ ލިޔުންތައް ފޯޖުކޮށްގެން: ޝާހިދު