22 އޮކްޓޯބަރ 2023
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި މިއަދު ނައްތާލަމުން ދިޔަ މަންޒަރު ވީޑިއޯކޮށް، އެ އާންމުކުރި އެ ކުންފުނީގެ މުވައްޒަފު ވަޒީފާ އިން މިއަދު ސަސްޕެންޑް ކޮށްފި އެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި މިއަދު ނައްތާލަމުން ދިޔަ މަންޒަރު ވީޑިއޯކޮށް، އެ އާންމުކުރި އެ ކުންފުނީގެ މުވައްޒަފު ވަޒީފާ އިން މިއަދު ސަސްޕެންޑް ކޮށްފި އެވެ.
ސޯޝަލް މީޑިއާގައި މިއަދު އާންމު ކޮށްފައިވާ އެ ވީޑިއޯގައި ފެންނަނީ ގިނަ އަދަދެއްގެ ލިޔުންތަކެއް ކޮންކްރީޓު މެޝިނަކަށް އަޅައި ނައްތާލާ މަންޒަރެވެ.
އެ މަންޒަރުތައް ވީޑިއޯ ކުރި، އެފްއެސްއެމްގެ މީޓަރު ޓެކްނީޝަން އަހުމަދު އަނީސް ބުނީ، އެކަން އޭނާ ކުރީ އެއީ އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަނާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
ގދ. ގައްދު އަށް އުފަން އަނީސް "މިހާރު" އަށް މިރޭ ބުނީ، އެ ވީޑިއޯ އާންމުކުރީ އެއީ ލިޔެކިޔުންތައް ނައްތާލަން އޮންނަން ގޮތް ކަމަށް ނުވާތީ އެކަމުގައި ގޯސްތަކެއް ހުރި ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
Discarding documents of FSM. Why whould they do it if they had run the company according to laws & regulations?
— Firaash (@Phiraash) October 22, 2023
wrongdoers has to be brought to justice! @MMuizzu pic.twitter.com/zWA4hnkxX6
ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުވުމާ އެކު، އޮފީހުގެ އެޗްއާރު ޑިޕާޓްމެންޓުން އަނީސް އަށް ގުޅައި ހާޒިރުކޮށް، ގޭގައި މަޑުކުރަން އެންގި ކަމަށް އޭނާ ބުންޏެވެ.
"ދިޔައީމާ ބުނީ ގޭގައި މަޑުކުރާށޭ. ދިޔައިރު ވެސް އޮތީ ސިޓީ ތައްޔާރު ކޮށްފައި،" އެފްއެސްއެމްގެ ވަޒީފާގައި އުޅޭތާ 8 އަހަރު ވެފައިވާ އަނީސް ބުންޏެވެ.
ތިލަފުށީގައި މަސައްކަތް ކުރާ އަނީސް ބުނީ ގޭގައި ހުންނަން އަންގައި ހަވާލުކުރި ޗިޓުގައި އޮތީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ނަމަވެސް، އެއީ ކޮން މައްސަލައެއް ކަން އޭނާ އަށް އަންގާފައިނުވާ ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް އެފްއެސްއެމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމަށް "މިހާރު" އިން ގުޅުމުން ވިދާޅުވީ، ޗުއްޓީއަށް ރާއްޖެއިން ބޭރުގައި އުޅުއްވާތީ އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އަނީސް ސަސްޕެންޑްކުރި ކަމުގެ ލިޔުމުގައި ސޮއިކުރައްވާފައި ވަނީ އެފްއެސްއެމްގެ ސީއެފްއޯ އާއިޝަތު ފަޔާޒާ އެވެ.
ފޮރުވަންޖެހޭ ނާޖާއިޒު މަންފާއެއް ނެތް: ގަސަމް
ތެލުގެ ވައްކަން: ބޮޑު ތުހުމަތެއް ބިދޭސީ މުއައްޒަފަކަށް
ޚިޔާނާތުގެ ތުހުމަތުވާ ގިނަ ބަޔަކު ވަކިކުރި: ގަސަމް
އެފްއެސްއެމްގެ މުވައްޒަފަށް ފިޔަވަޅު އަޅައިފި
އެސްޓީއޯގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
ތަކެތި ނައްތާލުމާ ގުޅޭ ގޮތުން ޕީސީބީގެ އިންޒާރެއް
ލިޔުންތައް ނައްތާލުން ހުއްޓުވަން އޭސީސީން އެދިއްޖެ
ނައްތާލީ ބޭނުން ނުހިފޭ ލިޔެކިޔުންތަކެއް: އެފްއެސްއެމް
ލިޔުންތައް ނައްތާލާތީ ބައެއް މެމްބަރުންގެ ކަންބޮޑުވުން!
ބޯޓު ގެނައުމަށް އެރިތުރިއާއާ އެކު މަޝްވަރާ ކުރަނީ