23 އޮކްޓޯބަރ 2023
ޓެނިހުގެ ގައުމީ ޓީމުތަކަށް ބާއްވާ ވޯލްޑް ކަޕުގައި ވާދަކޮށް، ރާއްޖޭގެ ގައުމީ އަންހެން ޓީމުން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
ޓެނިހުގެ ގައުމީ ޓީމުތަކަށް ބާއްވާ ވޯލްޑް ކަޕުގައި ވާދަކޮށް، ރާއްޖޭގެ ގައުމީ އަންހެން ޓީމުން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
ބިލީ ޖީން ކިންގް ކަޕްގެ ނަމުގައި ކުރިއަށްގެންދާ މުބާރާތަކީ، ޓެނިހުގެ އަންހެނުންގެ ކެޓަގަރީގައި ދުނިޔޭގެ އެންމެ ބޮޑު މުބާރާތެވެ. މުބާރާތް ކުރިއަށްގެންދަނީ އެކި ޒޯންތަކަށް ޓީމުތައް ބަހާލައިގެންނެވެ.
ރާއްޖެ ހިމެނެނީ އޭޝިއާ އޯޝޭނިއާ ސަރަހައްދުގެ ގުރޫޕް 3 ގަ އެވެ. އެ ގުރޫޕްގެ މެޗުތައް ކުރިއަށް ގެންދިޔައީ ބަހްރެއިންގަ އެވެ. މެދުއިރުމަތީގެ ގިނަ ގައުމުތަކެއް ވެސް ހިމެނޭ 14 ޓީމުގެ ތެރެއިން ރާއްޖޭން ވަނީ ފަސްވަނަ ހޯދައިފަ އެވެ.
ރާއްޖޭގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ބަހްރެއިންގެ މައްޗަށް 3-0 ކާމިޔާބު ހޯދި އެވެ. އެ މެޗުގެ ފުރަތަމަ ކުޅުނު ސިންގްލްސް ދެ ގޭމް ލަޔާން މުހައްމަދު ޝާމިން އާއި އާރާ އާސަލް އާޒިމް ކާމިޔާބު ކުރި އެވެ. ލަޔާންގެ ގޭމް ކާމިޔާބު ކުރީ 6-1، 6-2 އިންނެވެ. އާރާ ކުޅުނު ގޭމް 6-1، 6-0 އިން ކާމިޔާބު ކުރި އެވެ. އެ މެޗުގެ ޑަބަލްސް ކުރިމަތިލުން އާރާ އާއި އާސަލް ކާމިޔަބު ކުރީ 6-1، 6-0 އިންނެވެ.
ބިލީ ޖީން ކިންގް ކަޕް މެޗެއްގައި އާރާ ކުޅުނު ގޭމެއްގެ ކުރިން.-- ފޮޓޯ: ޓެނިސް އެސޯސިއޭޝަން
ރާއްޖޭގެ ދެވަނަ މެޗުގައި މަކާއޯ އާ ދެކޮޅަށް ކުޅެ ކާމިޔާބު ހޯދި 2-1 އިންނެވެ. އެ މެޗުގެ ސިންގަލްސް ފުރަތަމަ ގޭމް 7-5، 6-1 އިން ކާމިޔާބު ކުރި އެވެ. ދެވަނަ ސިންގަލްސް މެޗު އާރާ ކާމިޔާބު ކުރި އެވެ. ދެ ގަޑިއިރާ 37 މިނެޓަށް ދިގު ދެމިގެން ދިޔަ އެ މެޗުން، އާރާ މޮޅުވީ 7-6(3), 0-6, އަދި 2-6 އިންނެވެ. ރާއްޖެ މޮޅުކޮށް ދިނީ ޑަބަލްސް މެޗުގައި ނަޔާރާ އުސާމާ އަލީ އާއި މިޝްއަލް މުހައްމަދު 6-0، 6-2 އިން ބަލިވީ އެވެ.
ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ބަލިވީ 2-1 އިންނެވެ. ސައުދީ އަރަބިއާ އަތުން ދިވެހި ޓީމު 2-1 މޮޅުވި އެވެ.
ވޯލްޑް ކަޕްގެ ފިރިހެނުންގެ މުބާރާތް ޑޭވިސް ކަޕް ވެސް މާދަމާ ބަހްރެއިންގައި ފަށާނެ އެވެ. އެ މުބާރާތުގައި ވެސް ރާއްޖެ ހިމެނެނީ އޭޝިއާ އޯޝޭނިއާ ޒޯންގެ ގުރޫޕް 3 ގަ އެވެ.
ރަޝިއާ ޓެނިސް ފެޑެރޭޝަނުން ޑޭވިސް ކަޕް ކާމިޔާބުކޮށްފި
ޖޮކޮވިޗާ އެކު ސާބިއާ ޑޭވިސް ކަޕުން ކަޓައިފި
ބައްޕަގެ ޖަނާޒާ އަށް ފަހު އެނބުރި އައިސް ޗެމްޕިއަން
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު
ޔޫއެސް އޯޕަން އިޓަލީގެ ސިނާ ކާމިޔާބުކޮށްފި
ޓެނިސް އެކަންޏެއް ނޫން، ކިޔެވުމުންވެސް ނަބާ ވިދާލައިފި
އޮލިމްޕިކްސް އިން މެޑަލް ހޯދި އިޓަލީ ތަރީގެ ކަރުގައި ދިވެހި ފަށުފުލެއް
ގައުމީ ޓެނިސް ޗެމްޕިއަންކަން ފާއި އާއި ނަބާ އަށް
އޮލިމްޕިކްސްއާ ކުރިމަތިލާއިރު ނަޑާލްގެ ފޯމު ދަށްވެފައި
އަލްކަރާޒްގެ އަމާޒު ލެޖެންޑުންނާ ގާތަށް ޖެހިލުން