Roadha Mihaaru
ޕީއެންސީގެ ރައީސަކަށް މުއިއްޒު ހަމަޖައްސައިފި

ޕީއެންސީގެ ރައީސް ކަމަށް މުއިއްޒު، ޗެއާޕާސަން ކަމަށް އަބްދުއްރަހީމް

04 އޮކްޓޯބަރ 2023

ޕީއެންސީގެ ރައީސް ކަމަށް އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު މިރޭ ހަމަޖައްސައިފި އެވެ.

ޕީއެންސީގެ ރައީސް ކަމަށް އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު މިރޭ ހަމަޖައްސައިފި އެވެ.

ރިޔާސީ އިންތިހާބުގައި މުއިއްޒާއި އެމަނިކުފާނުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓްގަ އެވެ. އޭގެކުރިން އެ ދެ ބޭފުޅުން ވެސް ތިއްބެވީ ޕީޕީއެމްގަ އެވެ.

މިރޭ ބޭއްވި ޕީއެންސީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ އެ ޕާޓީގެ ރައީސަކަށް މުއިއްޒު އަދި ނައިބު ރައީސަކަށް ރަނިންމޭޓް ހުސައިން ހަމަޖެއްސުމަށެވެ. އަދި މިހާތަނަށް އެ ޕާޓީގެ ރައީސަކަށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހަމަޖެއްސުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އެގޮތަށް ނިންމީ ޕީއެންސީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 40 މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީއެންސީގެ ޓިކެޓްގައި މުއިއްޒު އިންތިހާބުގައި ވާދަކުރެއްވީ ޕީޕީއެމްގެ ޓިކެޓްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުގައި ވާދަކުރައްވަން ހުށަހެޅުއްވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އޮތުމުން އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ބަންދުވުމުންނެވެ.

ޔާމީނަށް އެ ފުރުސަތު ބަންދުވުމުން އިންތިހާބު ބޮއިކޮޓްކުރަން އެމަނިކުފާނު ފުރަތަމަ އެންގެވި ނަމަވެސް ފަހުން ވަނީ މުއިއްޒަށް ތާއީދު ކުރަން ނިންމަވައިފަ އެވެ.