04 އޮކްޓޯބަރ 2023
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ނިއު ޔޯކްގެ ސްޓޭޓް ކޯޓަށް ހުށަހަޅާފައިވާ މަކަރާއި ހީލަތުގެ މަދަނީ މައްސަލަ ބައްލަވާ ފަނޑިޔާރުގެ ފަރާތުން އެ ދައުވާ ރައްދުވާ ޓްރަމްޕަށް، "ފާޑުފާޑުގެ ވާހަކަ ނުދެއްކުމަށް" ވަރުގަދަ އިންޒާރެއް ދީފި އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ނިއު ޔޯކްގެ ސްޓޭޓް ކޯޓަށް ހުށަހަޅާފައިވާ މަކަރާއި ހީލަތުގެ މަދަނީ މައްސަލަ ބައްލަވާ ފަނޑިޔާރުގެ ފަރާތުން އެ ދައުވާ ރައްދުވާ ޓްރަމްޕަށް، "ފާޑުފާޑުގެ ވާހަކަ ނުދެއްކުމަށް" ވަރުގަދަ އިންޒާރެއް ދީފި އެވެ.
ނިއު ޔޯކް ސްޓޭޓް ކޯޓުގެ ފަނޑިޔާރު އާތާ އެންގޮރޯން، ޓްރަމްޕުގެ ގާނޫނީ ވަކީލުންނަށާއި ނިއު ޔޯކް ސިޓީގެ ބަންޑާރަ ނާއިބު ލެޓީޝިޔާ ޖޭމްސް އަށް އިންޒާރު ކުރެއްވީ، ކޯޓުގެ އެއްވެސް މުވައްޒަފަކާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ. ފަނޑިޔާރު މި މޭރުމުން އިންޒާރު ކުރެއްވީ، ޓްރަމްޕާ ދެކޮޅަށް މަކަރާއި ހީލަތުގެ މައްސަލައެއް ބަލަމުން އަންނަނިކޮށް، އެ ކޯޓުގެ މުވައްޒަފެއްގެ އަބުރު ގެއްލޭ ފަދަ ވާހަކަތަކެއް، ޓްރަމްޕު ސޯޝަލް މީޑިއާގައި އާންމު ކުރެއްވުމާ ގުޅިގެންނެވެ.
ޓްރަމްޕު އޭނާގެ ސޯޝަލް މީޑިއާ، ޓްރުތު ސޯޝަލްގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާގެ ފޮޓޯއަކާއެކު ނިއު ޔޯކް ސްޓޭޓް ކޯޓުގެ އަންހެން މުވައްޒަފެއްގެ ފޮޓޯއެއް ޝާއިއުކޮށް އޭނާގެ ނަމާއެކުގައި ލިޔެފައިވަނީ، މިއީ ޝޫމާގެ ލޯބިވެރިޔާ ކަމަށެވެ.
"މިއީ ކިހާ ހުތުރު ކަމެއް. މި ދައުވާ ވަގުތުން ބޭރުކުރަން ޖެހޭނެ،" ޗަކް ޝޫމާ އާއި ކޯޓު މުވައްޒަފުގެ ފޮޓޯއާ އެކު ޓްރުތު ސޯޝަލްގައި ޓްރަމްޕު ލިޔުއްވި އެވެ.
ޓްރަމްޕުގެ މި ވާހަކަތަކަށް ރައްދު ދެއްވައި، ނިއު ޔޯކް ސްޓޭޓް ކޯޓުގެ ފަނޑިޔާރު އިއްޔެގެ އަޑުއެހުމުގައި ވިދާޅުވީ އޭނާގެ އެއްވެސް މުވައްޒަފަކަށް ޒާތީ ގޮތެއްގައި ދިމާކޮށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޯޓެއްގައި ދައުވާ ކުރުމުން، އެ ކޯޓުގެ މުވައްޒަފުންނާ މެދު މިފަދަ ޒާތީ ގޮތަކަށް ދިމާކުރުމަކީ އެއްވެސް ހާލަތެއްގައި ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް މައާފް ވެސް ނުކުރެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ނިއު ޔޯކްގެ ބަންޑާރަ ނާއިބުގެ ފަރާތުން ޓްރަމްޕާ ދެކޮޅަށް ހުށަހަޅާފައިވަނީ، ބޭންކުން ލޯނު ހޯދުމަށާއި އިންޝުއަރެންސްގެ މަންފާ ލިބިގަތުމުގެ ގޮތުން، ޓްރަމްޕުގެ ވިޔަފާރީގައި ހިމެނޭ މުދަލުގެ އަގުތައް އޭގެ ހަގީގީ އަގަށް ވުރެ މަތިކޮށް ލިޔެކިޔުންތައް އުފައްދައި މަކަރު ހެދި ކަމަށެވެ. އެ ދައުވާގައި ޓްރަމާއި އޭނާގެ އެންމެ ބޮޑު ދެ ފިރިހެން ދަރިންނާއި ޓްރަމްޕު އޯގަނައިޒޭޝަން ވެސް ހިމެނެ އެވެ.
މި ދައުވާތައް ސާބިތުވެއްޖެ ނަމަ، ޓްރަމްޕުގެ ވިޔަފާރިތައް ރޫޅިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޓްރަމްޕާ ދެކޮޅަށް ހުށަހަޅާފައިވާ، މަކަރާއި ހީލަތް ހެދުމުގެ މި ދައުވާގައި އިއްޔެ އޮތީ ހެކިންގެ ހެކިބަސް ނެގުމެވެ.
މި ދައުވާގައި ނިއު ޔޯކްގެ ބަންޑާރަ ނައިބުގެ ފަރާތުން އެދިފައިވަނީ، މި މައްސަލައިގައި 250 މިލިއަން ޑޮލަރުން ޓްރަމްޕު ޖޫރިމަނާކޮށް، ޓްރަމްޕާއި އޭނާގެ ދޮށީ ދެ ދަރިން ކަމަށްވާ ޓްރަމްޕު ޖޫނިއާ އާއި އެރިކް ޓްރަމްޕު، ނިއު ޔޯކްގައި ވިޔަފާރިކުރުން ދާއިމީ ގޮތެއްގައި މަނާކޮށްދިނުމުގެ އަމުރަކަށެވެ. އޭގެ އިތުރުން ނިއު ޔޯކްގައި ރިއަލް އެސްޓޭޓް ވިޔަފާރި ކުރުން، ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް، ޓްރަމްޕާއި އޭނާގެ ކުންފުންޏަށް މަނާ ކުރުމަށް ވެސް އެދިފައިވެ އެވެ.
ޓްރަމްޕާއި އިންތިޚާބާ ދެމެދަށް ގާނޫނުއަސާސީ
މިއީ ސިޔާސީ ވާދަވެރިއަކަށް ކުރާ ގޯނާއެއް: ޓްރަމްޕް
ބައިޑެންގެ ސަބަބުން އެމެރިކާ ފަސާދަވެއްޖެ: ޓްރަމްޕް
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް
ހުވާކުރާ ރަސްމިއްޔާތަށް ބައިޑެން ވަޑައިގަންނަވާނެ
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ
ޓްރަމްޕް ސަރުކާރުން ޗާގޯސް ޑީލަށް ހުރަސް އަޅާފާނެ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި
ޓްރަމްޕަށް ސާބިތުވި ދައުވާ ބާތިލްކުރާނެތޯ ނިންމަނީ