03 އޯގަސްޓް 2023
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސިޔާސަތުން އެމެރިކާގައި މިހާރު އޮތީ ކޮރަޕްޝަނާއި ފަސާދަ އާންމުވެފައި ކަމަށާއި އެކަމުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި އެމެރިކާ ފަޟީހަތްވެ ނާކާމިޔާބުވެފައިވާ ކަމަށް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސިޔާސަތުން އެމެރިކާގައި މިހާރު އޮތީ ކޮރަޕްޝަނާއި ފަސާދަ އާންމުވެފައި ކަމަށާއި އެކަމުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި އެމެރިކާ ފަޟީހަތްވެ ނާކާމިޔާބުވެފައިވާ ކަމަށް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމެރިކާ ފެއިލްވެ ފަޟީހަތްވެފައިވާ ކަމުގެ ހެއްކެއްގެ ގޮތުން ޓްރަމްޕް ފާހަގަ ކުރެއްވީ، އެމެރިކާގައި 2020 ވަނަ އަހަރު އޮތް ރިއާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި، އޭނާއާ ދެކޮޅަށް އުފުލާފައިވާ ޖިނާއީ ދައުވާ އެވެ. އެ ދައުވާ ރަސްމީކޮށް ޓްރަމްޕަށް ހުށަހެޅުމަށް، ވޮޝިންޓަން ޑީސީގެ ފެޑެރަލް ކޯޓަށް މިއަދު ޓްރަމްޕް ހާޒިރުކުރާނެ އެވެ.
މިއީ، ޓްރަމްޕުގެ މައްޗަށް ޖިނާއީ ތަފާތު ތުހުމަތުގައި، ހަތަރު މަސް ތެރޭގައި އުފުލި ޖިނާއީ ތިން ވަނަ ދައުވާ އެވެ. ނަމަވެސް އެ ތިން ދައުވާގެ ތެރެއިން އެންމެ ބޮޑު އަދަބެއް ކަނޑައެޅިފައި އޮންނަނީ، އިންތިޚާބާ ބެހޭ ގޮތުން ކޮށްފައިވާ ދައުވާ އަށެވެ.
އިންތިޚާބު އޮޅުވައިލަން މަސައްކަތް ކުރެއްވިކަމަށް ކުރެވޭ ތުހުމަތުތައް، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ފަރާތުން ތަހުގީގު ކުރުމުގައި އިސްވެ ހުންނެވީ ސްޕެޝަލް ކައުންސެލް ޖެކް ސިމިތު އެވެ. ތަހުގީގަށް ފަހު އޭނާ ނިންމެވީ، ރިއާސީ އިންތިޚާބު އޮޅުވައިލުމަށް މަސައްކަތް ކުރެއްވިކަން ސާބިތުކުރެވޭ ވަރަށް ހެކި ހުރުމާ ގުޅިގެން، ޓްރަމްޕުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށެވެ.
ޓްރަމްޕުގެ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުރުތުގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ މިއިން ދުވަހަކުވެސް ރައްޔިތުންގެ ފަރާތުން ނުލިބޭހާ ތާއީދު މިހާރު ލިބެމުން އަންނަ ކަމަށެވެ. އެއާ އެކު އޭނާ ދެން ހަމަލާ ދެއްވީ، ރިޕަބްލިކަން ޕާޓީގެ ރިއާސީ ޓިކެޓަށް އޭނާއާ ވާދަކުރައްވާ ބޭފުޅުން ކަމަށްވާ، ޓްރަމްޕުގެ ނައިބު ރައީސްގެ ގޮތުގައި އޭރު ހުންނެވި މައިކް ޕެންސް އާއި ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް އަށެވެ.
ޓްރަމްޕް އިއްޔެ ވެސް ވިދާޅުވީ 2020 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން (ކޮންގްރެސް) ތަސްދީގުކުރުން ހުއްޓުވުމުގެ ގާނޫނީ ހައިސިއްޔަތު، މައިކް ޕެންސް އަށް އޭރު އޮތް ކަމަށެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ބޮޑު މައްސަލަގަނޑެއް އުފެދުނީ، ޓްރަމްޕް އެދިވަޑައިގެންނެވި ގޮތަށް މައިކް ޕެންސް އަމަލު ނުކުރައްވައި، މިހާރުގެ ރައީސް ޖޯ ބައިޑެން އަށް ކުރިލިބިވަޑައިގެންނެވި ނަތީޖާ ތަސްދީގުކުރުމަށް ބޭއްވި ކޮންގްރެސްގެ ޖަލްސާ ކުރިއަށް ގެންދަވަން ޕެންސް ނިންމެވުމުންނެވެ.
ޕެންސްގެ އެ ނިންމެވުމާ އެކު، ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް، ކެޕިޓޯލްއާ މާ ދުރު ނޫން ހިސާބެއްގައި ބޭއްވި ބައްދަލުވުމެއްގައި، އޭނާގެ ހުރިހާ ސަޕޯޓަރުން ކެޕިޓޯލްއަށް ދިއުމަށް ޓްރަމްޕު ގޮވައިލެއްވި އެވެ. އޭނާގެ ގޮވައިލެއްވުމާއެކު، ދެ ހާހެއްހާ މީހުން ކެޕިޓޯލް އަށް ގޮސް ބައެއް މީހުން އިމާރާތަށް ވަދެގަނެ، އެ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ދިނެވެ.
މިއީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި އެމެރިކާގެ ޒަމާންވީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް މުގުރައިލެއްވުމުގެ އަމަލެއް ކަމަށް ބަލައި، އެ މައްސަލަ ތަހުގީގުކުރަން ނިންމީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުންނެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް ފަހު ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ދައުވާގައި، ޖަސްޓިސް ޑިޕާޓްމަންޓްގެ ފަރާތުން ތަފާތު ހަތަރު ކުށެއް ހިމަނާފައިވެ އެވެ. އެ ހަތަރު ކުށަކީ؛ ދައުލަތަށް އޮޅުވައިލުމަށް ރޭވުން، ދައުލަތުގެ ރަސްމީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުން، ދައުލަތުގެ ރަސްމީ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅަން ރޭވުން، އަދި އަނެކުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅަން ރޭވުމުގެ ކުށެވެ.
މީގެ ތެރެއިން، ދައުލަތަށް އޮޅުވައިލުމަށް ރޭވުމުގެ ކުށް އެކަނި ސާބިތުވިޔަސް، ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެފަދަ ހުކުމެއް އިއްވައިފި ނަމަ، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ އެވެ.
އެމެރިކާ ގަޑިން މިއަދު ހަވީރު 4:00 ގައި އޮންނަ އަޑުއެހުމުގައި ބައިވެރިވުމުގެ ދެ އިޚްތިޔާރެއް ޓްރަމްޕަށް އޮންނާނެ އެވެ. އެއް ގޮތަކީ ކޯޓަށް ހާޒިރުވެ ދައުވާއަށް ޖަވާބުދާރީ ވުމާއި، ވީޑިއޯ ލިންކް މެދުވެރި ކުރައްވައި އަޑުއެހުމުގައި ބައިވެރިވެވަޑައިގެން ޖަވާބުދާރީވުމެވެ. ބޮޑަށް ބެލެވޭ ގޮތުގައި ގާނޫނީ ވަކީލުންގެ ޓީމާ އެކުގައި، ޓްރަމްޕް ކޯޓަށް ވަޑައިގަންނަވާނެ އެވެ.
މި ކުށްތަކުގައި ޓްރަމްޕުގެ މައްޗަށް ދައުވާ ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓުން ނިންމީ، ތަހުގީގުގައި ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރު އޭނާގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި، ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ގާނޫނީ ވަކީލުންގެ ބަޔާންތަކުގެ މައްޗަށެވެ. އޭގެ އިތުރުން، ޓްރަމްޕުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންގެ ވާހަކަތަކުން ވެސް، އެ ތުހުމަތުތަކަށް ބާރު ލިބެ އެވެ.
ނަމަވެސް ޓްރަމްޕު ވިދާޅުވަމުން ގެންދަވަނީ އިންތިޚާބާ ބެހޭ ގޮތުން އޭނާ އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ޖަސްޓިސް ޑިޕާޓްމަންޓުގެ ފަރާތުން ސްޕެޝަލް ކައުންސެލް ޖެކް ސިމިތު މަސައްކަތް ކުރައްވަނީ، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ދޮރު ޓްރަމްޕަށް ބަންދުކުރުމަށެވެ.
ޓްރަމްޕުގެ ވަކީލު ޖޯން ލައުރޯ އިއްޔެ ވިދާޅުވި ގޮތުގައި ޓްރަމްޕުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމެރިކާގެ ގާނޫނު އަސާސީ އަށް އިތުރުކޮށްފައިވާ ފުރަތަމަ އިސްލާހާ ފުށުއަރާ ގޮތަށެވެ. އެ އިސްލާހަކީ، އެ މީހެއްގެ ބުއްދިއާއި ވިސްނުމަށް ފެންނަ ގޮތަކަށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދޭ އިސްލާހެވެ.
ގާނޫނީ ވަކީލު ވިދާޅުވާ ގޮތުގައި ޓްރަމްޕާ ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ، ޚިޔާލު ފާޅުކުރުން ކުށްވެރިކުރާ ދައުވާއެކެވެ. އޭގެ އިތުރުން މި ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް، ބާއްވަން ތާވަލުކޮށްފައިވާ މުއްދަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ގާނޫނީ ވަކީލުން ވިދާޅުވީ ދިފާއު ތައްޔާރުކުރަން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ.
ފަނޑިޔާރުގެ ވަރުގަދަ އިންޒާރެއް ޓްރަމްޕަށް
މިއީ ސިޔާސީ ވާދަވެރިއަކަށް ކުރާ ގޯނާއެއް: ޓްރަމްޕް
ހުވާކުރާ ރަސްމިއްޔާތަށް ބައިޑެން ވަޑައިގަންނަވާނެ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ކިންގްސް ކުންފުނީގެ މައްސަލަ ރިވިއުކުރަން އެދެނީ
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި
ސްކޭމްގެ ތުހުމަތެއްގައި މީހަކާ ދެކޮޅަށް އަޑުއުފުލަނީ
100 ދައުވާ އުފުލާފައިވާ މަންޑޭގެ ޝަރީއަތް ފަށައިފި
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"