04 ސެޕްޓެމްބަރ 2023
އެމެރިކާގެ ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި، އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވާދަކުރުމުގެ ފުރުސަތު ހަނި ކަމަށް، އެ ގައުމުގެ ދުސްތޫރީ އަދި ގާނޫނީ ތަޖުރިބާކާރުން ވިދާޅުވާން ފައްޓަވައިފި އެވެ.
އެމެރިކާގެ ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި، އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވާދަކުރުމުގެ ފުރުސަތު ހަނި ކަމަށް، އެ ގައުމުގެ ދުސްތޫރީ އަދި ގާނޫނީ ތަޖުރިބާކާރުން ވިދާޅުވާން ފައްޓަވައިފި އެވެ.
އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ޓިކެޓަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ޓްރަމްޕަށް، އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ބުރަވަނީ، އެ ގައުމުގެ ގާނޫނުއަސާސީގެ 14 ވަނަ އިސްލާހަށް ރިއާޔަތްކޮށެވެ. ވާޖީނިއާ ސްޓޭޓްގެ ސެނެޓަރު ޓިމް ކެއިން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 14 ވަނަ އިސްލާހު އޮތް ގޮތުން، ރައީސްކަމުގެ މަގާމު ފުރުއްވުމުގެ ހައިސިއްޔަތު ޓްރަޕްމަށް ލިބިދާނެ ކަމާ މެދު ވަރުގަދަ ޖަދަލެއް ކުރެވިދާނެ އެވެ.
އެމެރިކާގެ ގާނޫނުއަސާސީގެ 14 ވަނަ އިސްލާހަކީ އެ ގައުމުގެ ދާޚިލީ ހަނގުރާމަ (1865-1861) އަށް ފަހު، ގާނޫނުއަސާސީ އަށް ގެނައި ފުރަތަމަ އިސްލާހެވެ. ގައުމުގެ އެންމެ މަތީ މަގާމު އަދާކުރުމަށް ހުރަސްއެޅޭނެ ހާލަތްތައް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
އެ ގޮތުން، އެއްވެސް ބަޣާވާތެއްގައި ނުވަތަ ޤައުމާ އިދިކޮޅު އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައިވާ އެއްވެސް މީހަކަށް، ދައުލަތުގެ މަގާމެއް އަދާނުކުރެވޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
މި މާއްދާއާ ހަވާލާދީ ރައީސް ޓްރަމްޕަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ގޮތަކީ ކޮބައިތޯ ގާނޫނީ ތަޖުރިބާކާރުން އަންނަނީ ދިރާސާ ކުރަމުންނެވެ. އޭގެ ތެރޭގައި، ރިއާސީ އިންތިޚާބުތަކުގައި، މައި ދެ ޕާޓީގެ މެދުގައި ވާދަވެރިކަން އެންމެ ބޮޑުވާ ދެ ސްޓޭޓް ކަމަށްވާ މިޗިގަންގެ ބަންޑާރަ ނާއިބާއި ނިއު ހެމްޝަޔާގެ ބަންޑާރަ ނާއިބު ވެސް ހިމެނެ އެވެ.
"އެ އިސްލާހުގެ ބަސްމަގު ވަރަށް ސާފު. އެމެރިކާގެ ގާނޫނުއަސާސީއާ ދެކޮޅަށް ފިތުނަވެރި އަމަލރެއް ހިންގާ އެއްވެސް މީހަކަށް އެހީތެރިވެދިނަސް، ނުވަތަ އެކަމުގައި ބައިވެރިވިޔަސް ވާދައެއް ނުކުރެވޭނެ. އެ އިސްލާހުގައި ނުބުނޭ އެމެރިކާއެކޭ، ބުނެފައި އޮތީ އެމެރިކާގެ ގާނޫނުއަސާސީއާ ދެކޮޅު ފިތުނަވެރިކަމެކޭ،" ވާޖީނިއާ ސްޓޭޓްގެ ސެނެޓަރު ޓިމް ކެއިން ވިދާޅުވި އެވެ.
"އަހަރެން ދެކޭ ގޮތުގައި އެ ދުވަހު ކެޕިޓޯލް (ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް) އަށް އެ ދިން ހަމަލާއަކީ، ވަކި މަގްސަދެއް ހާސިލުކުރުމަށް ދުރާލައި ރާވައިގެން ހިންގި އަމަލެއް. އެމީހުން ހާސިލުކުރަން ބޭނުންވި މަގްސަދަކީ، ގާނޫނުއަސާސީގައި ބަޔާންވެފައިވާ ގޮތުގެ މަތިން، ސުލްހަވެރިކަމާއި އޮމާންކަމާއެކު ވެރިކަން ބަދަލުކުރުމަށް ހުރަސް އެޅުން."
އެމެރިކާގައި 2020 ވަނަ އަހަރު އޮތް ރިއާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް، އޮގަސްޓް 1، 2023 ގައި ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ. އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލީ، ސްޕެޝަލް ކައުންސެލް ޖެކް ސިމިތު އިސްވެ ހުންނަވައި، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ފަރާތުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެވެ.
ޓްރަމްޕުގެ މައްޗަށް އުފުލި ޖިނާއީ ދައުވާގައި، ޖަސްޓިސް ޑިޕާޓްމަންޓްގެ ފަރާތުން ތަފާތު ހަތަރު ކުށެއް ހިމަނާފައިވެ އެވެ. އެ ހަތަރު ކުށަކީ؛ ދައުލަތަށް އޮޅުވައިލުމަށް ރޭވުން، ދައުލަތުގެ ރަސްމީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުން، ދައުލަތުގެ ރަސްމީ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅަން ރޭވުން، އަދި އަނެކުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅަން ރޭވުމުގެ ކުށެވެ.
މި ކުށްތަކުގައި ޓްރަމްޕުގެ މައްޗަށް ދައުވާ ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓުން ނިންމީ، ތަހުގީގުގައި ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރު އޭނާގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި، ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ގާނޫނީ ވަކީލުންގެ ބަޔާންތަކުގެ މައްޗަށެވެ. އޭގެ އިތުރުން، ޓްރަމްޕުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންގެ ވާހަކަތަކުން ވެސް، އެ ތުހުމަތުތަކަށް ބާރު ލިބެ އެވެ.
ފަނޑިޔާރުގެ ވަރުގަދަ އިންޒާރެއް ޓްރަމްޕަށް
މިއީ ސިޔާސީ ވާދަވެރިއަކަށް ކުރާ ގޯނާއެއް: ޓްރަމްޕް
އިންތިޚާބާ ގުޅޭ ތުހުމަތުތަކުގައި ޓްރަމްޕަށް ދައުވާކޮށްފި
ސިއްރު ލިޔުންތަކުގެ ތަހުގީގު އަމާޒުކުރަނީ ޓްރަމްޕަށް
ޓްރަމްޕު ހެކިބަސް ދެއްވުމަށް އަމުރެއް ނެރެފި
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް
ހުވާކުރާ ރަސްމިއްޔާތަށް ބައިޑެން ވަޑައިގަންނަވާނެ
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ
ޓްރަމްޕް ސަރުކާރުން ޗާގޯސް ޑީލަށް ހުރަސް އަޅާފާނެ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ