Roadha Mihaaru
މަހްލޫފް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ

މަހްލޫފް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ

04 އޮކްޓޯބަރ 2023

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން ހުސްވާ މޭޔަރު ކަމުގެ މަގާމަށް ވާދަކުރައްވާނެކަން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިއުލާނުކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން ހުސްވާ މޭޔަރު ކަމުގެ މަގާމަށް ވާދަކުރައްވާނެކަން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިއުލާނުކުރައްވައިފި އެވެ.

މޭޔަރުކަމުގެ މަގާމު ހުސްވާނީ ނޮވެންބަރު މަހުގެ 17 ދުވަހު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމާ އެކުގަ އެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރައްވާނެ ކަމަށާއި އެކަމަށް މާލޭ ރައްޔިތުންގެ ތާއީދަށް އެދޭ ކަމަށެވެ.

ބައި-އިލެކްޝަންގައި ވާދަކުރައްވާނެ ކަން މަހުލޫފް ފިޔަވައި އިތުރު ބޭފުޅަކު، މިހާތަނަށް އަދި ހާމައެއް ނުކުރައްވަ އެވެ.

ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ އެކަން 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގައި، އެލްޖީއޭއިން އަންގާ ތާރީހުން ފެށިގެން ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ.