29 ސެޕްޓެމްބަރ 2023
ފާއިތުވި އަހަރުތަކުގައި ރާއްޖެ ކުރިއަރަމުން އައިސް 2018 ވަނަ އަހަރު ނިމުނު އިރު ދިވެހިން ތިބީ އިންގިލާބީ ބަދަލެއްގެ ބިންގަލުގެ މަތީގައި ކަމަށް ވިޔަސް، މި އަހަރު ނިމޭއިރު، އެ ބިންގާ މުޅި ފުނޑުފުނޑު ވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން މެނޭޖަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖެ ކުރިއަރަމުން އައިސް 2018 ވަނަ އަހަރު ނިމުނު އިރު ދިވެހިން ތިބީ އިންގިލާބީ ބަދަލެއްގެ ބިންގަލުގެ މަތީގައި ކަމަށް ވިޔަސް، މި އަހަރު ނިމޭއިރު، އެ ބިންގާ މުޅި ފުނޑުފުނޑު ވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން މެނޭޖަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލާން މާދަމާ ދިވެހިން ނުކުންނަ އިރު، ރައްޔިތުންނަށް ކުރެއްވި އިލްތިމާސެއްގައި އަމީން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މާޒީ އަށް ބަލާ އިރު، އެމްޑީޕީން ވެރިކަން ކުރި ކޮންމެ ދައުރެއްގައި ގައުމު ފަހަތަށް ސޮއްސާލައި، ރައުސުލްމާލު ބަނގުރޫޓުވެ، އުމްރާނީ ވަސީލަތްތައް ވީރާނާވެ، ސިޔާދަތާއި މިނިވަން ކަމަށް ލޮޅުން އަރާ ކަމަށެވެ.
"ނިމެމުންމިދާ ދައުރުގެ ހިތި ހަގީގަތަކީ ވެސް އެއީ އެވެ. ބިނާކުރެވުނު މުއައްސަސާތަކާއި އިންފްރާސްޓްރަކްޗާ ވީރާނާ ވެއްޖެ އެވެ. ދިވެހި ދައުލަތުގެ މުޅި ރައުސުލްމާލު ބަނގުރޫޓުވުމުގެ ތުންފަތްމަތީގަ އެވެ. އިގުތިސޯދީ މިނިވަންކަމާއި ސިޔާދަތީ މުސްތަގިއްލުކަން އެކީ ގެއްލިއްޖެ އެވެ،" އަމީން ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
"ދިވެހިންގެ ކަންކަން ދިވެހިން އަމިއްލައަށް ނިންމުމުގެ ބާރު ދޫވެއްޖެ އެވެ. އަލިވިލެމުން މި ދާ އާ ދައުރާ އެކު، މި ހުރިހާ ކަމެއް ސުމަކުން ފަށަން ޖެހުން ވަރަށް ގާތެވެ."
އެކަން އެ ގޮތަށް ވާން އެއްވެސް ދިވެއްސަކު ބޭނުންނުވާނެ ކަން ޔަގީންކުރައްވައި އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ހަގީގީ މަގާމަށް އުފުލައިލުމުގެ ހިތްވަރާއި އަޒުމާއި އުއްމީދު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒާއި ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފްގެ ކިބައިގައި އެބަހުއްޓެވެ.
އެހެންކަމުން، އެކަން ހާސިލުކުރުމަށްޓަކައި މާދަމާ ހުރިހާ އެންމެން ވެސް ނުކުމެ ޑރ. މުއިއްޒަށް ވޯޓު ދިނުމަށް އަމީން އިލްތިމާސް ކުރެއްވި އެވެ.
ދެ ވަނަ ބުރުގެ ކެމްޕެއިން މިއަދު ހަވީރު ހައެއް ޖަހާއިރު ނިންމާލައި ވޯޓުލުން ފަށާނީ މާދަމާ ހެނދުނު އަށެއް ޖަހާއިރު އެވެ. ވޯޓު ލުން ނިންމާ ގަޑިއަކީ މާދަމާގެ ހަވީރު ފަހެއް ޖަހާއިރެވެ.
ދެ ވަނަ ބުރުގައި ވާދަކުރައްވަނީ މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި މުއިއްޒު 101،635 ވޯޓު ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"
އަނިޔާވެރިކަން ތާ އަބަދަށް ނިންމާނަން: މުއިއްޒު
މުދާ ބެހީ ދޮންމަންމާފުޅު އެދުނު ގޮތަށް: ސާޖިދާ
ހާރޫނާ އެކު އެމްޑީޕީގެ 100 އެއްހާ މީހުން ޕީޕީއެމަށް
ލ. އަތޮޅުން ގިނަ ބަޔަކު ޕީޕީއެމަށް ސޮއިކޮށްފި