26 ސެޕްޓެމްބަރ 2023
ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް) ގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި، ހާރޫން ރަޝީދު މިއަދު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.
ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް) ގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި، ހާރޫން ރަޝީދު މިއަދު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.
ކެމްޕެއިނު ނިންމާލުމުގެ ގޮތުން ދެކުނުގެ ހަތަރު އަތޮޅަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ހާރޫން ވަނީ އޭނާގެ މެމްބަޝިޕް ފޯމު ހަވާލުކުރައްވައިފަ އެވެ.
މި ސަރުކާރުން އުފެއްދި އެގްރޯ ކުންފުނީގެ އެމްޑީއަކަށް ހާރޫން އައްޔަން ކުރީ 2020 ވަނަ އަހަރު އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި ހާރޫން މަގާމުން ވަކިކުރީ މި އަހަރުގެ ކުރީކޮޅުގަ އެވެ.
މުއިއްޒު ގއ. ވިލިގިއްޔަށް މިއަދު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ހާރޫން މިހާތަނަށް ހުންނެވީ އެމްޑީޕީން މެންބަރުންތަކެއް ވަކިވެ އުފެއްދި ޑިމޮކްރެޓްސްގަ އެވެ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާ ތާއީދު ކުރައްވާފައިވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށެވެ.
ހާރޫނާ އެކު، ވިލިނގިލީގެ އެމްޑީޕީ މެންބަރުންގެ ގޮތުގައި ތިބި 100 އެއްހާ މީހުން ވަނީ މިއަދު ޕީޕިއެމާ ގުޅިފަ އެވެ. އޭގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިމް މަގާމުގައި ހުންނެވި ޝަރީފް އަހުމަދާއި މި ސަރުކާރުގެ ސީނިއާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ރިފާއަތު ރަޝީދު ހިމެނެ އެވެ.
ގއ. ވިލިނގިލި ޖަލްސާގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު
މި ރަށުގައި ބޭއްވި ޖަލްސާގައި ވަރަށް ކުރުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ތަރައްގީ ގެނައުމަށް ވެފައިވާ ހުރިހާ ވައުދެއް ފުއްދައިދޭނެ ކަމުގެ ޔަގީންކަން ވިލިނގިލީގެ ރައްޔިތުންނަށް ދެއްވައިފަ އެވެ. އަދި، ފުރަތަމަ ބުރުގައި މި ރަށުން ހޯދި އަޣްލަބިއްޔަތަށް ވުރެ ބޮޑު ތާއީދެއް ދެ ވަނަ ބުރުގައި ދޭނެ ކަން ގަބޫލުކުރައްވާ ކަމަށާއި ވަރަށް އަވަހަށް މި ރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ވަޑައިގަންނަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"
އަނިޔާވެރިކަން ތާ އަބަދަށް ނިންމާނަން: މުއިއްޒު
މުދާ ބެހީ ދޮންމަންމާފުޅު އެދުނު ގޮތަށް: ސާޖިދާ
އެމްޑީޕީގެ ވެރިކަމުގައި ރާއްޖެ ފަހަތަށް ސޮއްސާލާ:އަމީން
ލ. އަތޮޅުން ގިނަ ބަޔަކު ޕީޕީއެމަށް ސޮއިކޮށްފި