Roadha Mihaaru
އަންނަ އާދިއްތަ ދުވަސް ބަންދު

އަންނަ އާދިއްތަ ދުވަސް ބަންދު

28 ސެޕްޓެމްބަރ 2023

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅިގެން ޖެހިގެން އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅިގެން ޖެހިގެން އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެގޮތަށް ނިންމެވީ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން ބާއްވާ ދުވަސް ކަމަށް ވާތީ އާއި އިންތިހާބާ ގުޅިގެން ގިނަ މުވައްޒަފުންތަކަކާއި އާންމުން އިންތިހާބުގެ ކަންކަމުގައި ބައިވެރިވާތީ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިން ކަމަށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާއިރު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ސިވިލް ސާވިސްގެ ވަރަށް ގިނަ މުވައްޒަފުން އަބަދުވެސް ހަރަކާތްތެރިވެ އެވެ. އެހެންވެ، އެ މީހުންނަށް ލުޔެއް ދިނުމަށް އަބަދުވެސް އެ ދެ އިންތިހާބާ ގުޅިގެން، ޖެހިގެން އަންނަ ދުވަހު ސަރުކާރު ބަންދުކުރެ އެވެ.

މި މަހު 9 ގައި ބޭއްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، ދެ ދުވަހަށް ސަރުކާރު ބަންދުކުރި އެވެ.