Roadha Mihaaru
މާދަމާ ވެސް ސަރުކާރު ބަންދު!

މާދަމާ ވެސް ސަރުކާރު ބަންދު!

10 ސެޕްޓެމްބަރ 2023

މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ނިންމަވައިފި އެވެ.

މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ނިންމަވައިފި އެވެ.

ރައީސް އޮފީހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އެ ގޮތަށް ނިންމީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ އެކި މަސައްކަތްތަކުގައި ސަރުކާރުގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން ހަރަކާތްތެރިވާއިރު، ވޯޓާ ގުޅޭ ކަންކަން އަދި ނުނިމޭތީ ކަމަށެވެ. އެ ގޮތަށް ރައީސް ނިންމެވީ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން މިއަދު ވެސް އޮތީ ސަރުކާރު ބަންދުކޮށްފަ އެވެ. އާންމުކޮށް އިންތިހާބުތަކާ ގުޅިގެން ސަރުކާރު ބަންދުކުރަނީ ވޯޓު ލާ ދުވަހުގެ ފަހު ދުވަސް އެކަންޏެވެ.

އިއްޔެ ބޭއްވި ވާދަވެރި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ގާނޫނުއަސާާސީގައި ކަނޑައަޅާފައިވާ ވަރަށް ވޯޓުގެ ޕަސެންޓް ނުހޯއްދެވުމުން މި މަހުގެ 30 ގައި އެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.