ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 45 އަހަރު ފާހަގަކުރުމަށް އެ ގައުމުގެ އޮކެސްޓްރާ ޓީމުގެ ޝޯއެއް ރާއްޖޭގައި ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
05 ފެބުރުއަރީ 2017
ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 45 އަހަރު ފާހަގަކުރުމަށް އެ ގައުމުގެ އޮކެސްޓްރާ ޓީމުގެ ޝޯއެއް ރާއްޖޭގައި ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، އަންނަ އަންގާރަދުވަހުގެ ރޭ އޮލިމްޕަހުގައި ޝޯ ދިނުމަށް ޗައިނާގެ އޮކެސްޓްރާ ގްރޫޕެއްގެ 26 މީހަކު ރާއްޖެ އަންނާނެ ކަމަށެވެ. މިކަމުގެ ހުުރިހާ ހަރަދެއް ކުރަނީ، މިނިސްޓަރު ވިދާޅުވިގޮތުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީންނެވެ.
އިރުތިޝާމް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ އާއި ޗައިނާ ގުޅިގެން މިދިޔަ އަހަރު ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ޔޫތު އެކްސްޗޭންޖު ޕްރޮގްރާމެއް ފަށައި އޭގެ ދަށުން ވެސް ދިވެހި 10 ޒުވާނަކު، ޗައިނާގެ ސަގާފަތާ ގުޅޭ މައުލޫމާތު ހޯދުމަށް މިދިޔަ އަހަރު އެ ގައުމަށް ފޮނުވިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެކަމުގެ ފީޑްބެކަށް ބަލާލުމުން ވެސް އެކަން ކާމިޔާބުކަން އެނގިގެން ދޭ،" އޭނާ ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ޔޫތު މިނިސްޓްރީ
އިރުތިޝާމް ވިދާޅުވީ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމަކީ ދެ ގައުމުގެ ގުޅުން ބަދަހިވާނެ ގިނަ ކަންތައްތަކެއް ދަސްވާނެ ކަމެއް ކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެ އަށް ދެމުން އަންނަ އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު ދަންނަވައިފަ އެވެ.
ނޭޝަނަލް ސެންޓާ ފޯ ދި އާޓް (އެންސީއޭ)ގެ އެގްޒެކެޓިވް ކޯޑިނޭޓަރު ފާރިޝް ތޯހާ ވިދާޅުވީ، އެ ސެންޓަރުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ޒުވާނުންނަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށާއި އެގޮތުން، މި ފަހަރުގެ ޝޯ އިން ވެސް ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އަށް ޗައިނާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ވޭންގް ފުކާން ވިދާޅުވީ މި ޝޯ އަކީ ގިނަ ބަޔަކު ގަބޫލުކުރާ ހިތްގައިމު ޝޯ އަކަށް ވެގެން ދާނެ ކަމަށެވެ.
މިއީ އާއްމުންނަށް ވެސް ހުޅުވާލައިގެން ބާއްވާ ޝޯ އެކެވެ.
ރާއްޖެގެ ވޮލީ ކޯޗުން ތަމްރީނުކުރަން ޗައިނާއަށް ފޮނުވަނީ
ކުޅިވަރު ސާމާނު ގަތުމަށް ޗައިނާއިން ތިން ލައްކަ ދީފި
ޔޫތު ޕްރޮގްރާމަށް 11 ސްކޫލެއްގެ ދަރިވަރުން ޗައިނާއަށް
ޗައިނާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި
އެސްސީއޯގެ ދައުރު ފުޅާކުރެވޭނެ ތަސައްވުރެއް ހުށަހަޅައިފި
ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ރައީސްގެ ތައުރީފު
ރާއްޖޭގެ ގައުމީ ތަރައްގީއަށް ޗައިނާގެ އެހީގެ ޔަގީންކަން
ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި
ޗައިނާގެ ސޯލާ ކުންފުނިތައް ގެންނަން މަސައްކަތްކުރަނީ