ރާއްޖޭގެ އެކި ސަރަހައްދުތަކުން ވޮލީކޯޗުން ތަމްރީނުކުރަން ޗައިނާ އަށް ފޮނުވަން ނިންމާފައިވާކަމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
12 ސެޕްޓެމްބަރ 2024
ރާއްޖޭގެ އެކި ސަރަހައްދުތަކުން ވޮލީކޯޗުން ތަމްރީނުކުރަން ޗައިނާ އަށް ފޮނުވަން ނިންމާފައިވާކަމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ކުޅިވަރު ދާއިރާއިން މީހުން ބިނާ ކުރުމަށް ރާއްޖެ އާއި ޗައިނާއާ ދެމެދު ހެދި އެއްބަސްވުމުގެދަށުން، ވޮލީގެ 20 ކޯޗަކު އިތުރު ތަމްރީނުތަކަށް މި މަހު ޗައިނާ އަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާފިއު ވިދާޅުވީ، މި 20 ކޯޗުން ތަމްރީނު ކުރަނީ ޗައިނާގެ ހަރަދުގައި ކަމަށެވެ.
"އެއީ ޗައިނާ އަށް ފޮނުވައިގެން ވޮލީބޯލް ކޯޗން ތަމްރީނުކުރަން، ވޮލީބޯލް ކޯޗިން ކޯހެއް ޗައިނާގައި ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފަ. އިރާދަކުރެއްވިއްޔާ މި މަހު އެ ކޯޗުން ފުރާނެ،" ރައީސް އޮފީހުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅިވަރު ދާއިރާއިން މީހުން ތަމްރީނުކުރުމަށް އެހެން ގައުމުތަކާ އެކު ވެސް އެއްބަސްވުންތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަންނަ މަހު ސައުދީ އަރަބިއާގެ ސަރުކާރާ އެކު ވެސް އެފަދަ އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި މެލޭޝިއާ އާއެކު ވެސް އެއްފަދަ އެއްބަސްވުންތަކެއް ހެދުމަށް އެ ދެ ގައުމުގެ ސަރުކާރުގެ ކުޅިވަރު އިދާރާ އަށް އެއްބަސްވުމުގެ ޑްރާފްޓް ފޮނުވާފައިވާނެ ކަމަށް ވެސް ރާފިއު ވިދާޅުވި އެވެ.
ސްޕޯޓްސް މެޑިސިން މީހުން ތަމްރީންކުރަން ޗައިނާގެ އެހީ
ކުޅިވަރު ސާމާނު ގަތުމަށް ޗައިނާއިން ތިން ލައްކަ ދީފި
ސިޔާސީ ގުޅުން ފާހަގަކުރަން ޗައިނާގެ ޓީމެއް ރާއްޖެ އަށް
ޔޫތު ޕްރޮގްރާމަށް 11 ސްކޫލެއްގެ ދަރިވަރުން ޗައިނާއަށް
ޗައިނާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި
އެސްސީއޯގެ ދައުރު ފުޅާކުރެވޭނެ ތަސައްވުރެއް ހުށަހަޅައިފި
ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ރައީސްގެ ތައުރީފު
ރާއްޖޭގެ ގައުމީ ތަރައްގީއަށް ޗައިނާގެ އެހީގެ ޔަގީންކަން
ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި