25 ސެޕްޓެމްބަރ 2023
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އޭނާ އަށް މާލެ އިން ލިބޭ ވޯޓުގެ އަދަދު މާ ބޮޑަށް ވެސް ގިނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އޭނާ އަށް މާލެ އިން ލިބޭ ވޯޓުގެ އަދަދު މާ ބޮޑަށް ވެސް ގިނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އެހެން ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް "ދަރުބާރު ޖަގަހަ" ހުޅުވުމަށް ބޭއްވި ހަފުލާއެއްގަ އެވެ.
މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ، މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މާލޭގެ މީހުން އޭނާ އަށް ބޮޑު ތަރުހީބެއް ދީ، ވަރަށް ބޮޑަށް އިތުބާރުކުރި ކަމަށެވެ.
މުއިއްޒު ވިދާޅުވީ، މާލޭގައި އޭނާގެ ކެމްޕެއިންތައް ކުރިއަށް ގެންދަނީ ވަރަށް ޖޯޝާއި ވަރަށް ފޯރީގައި ކަމަށެވެ. އިއްޔެ ހަވީރު ގަލޮޅު ކަންމަތިންނާއި ރޭގައި ދަރުބާރުގެ ސަރަހައްދުން ވެސް އެ ޖޯޝު ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
މުއިއްޒުގެ ކެމްޕެއިނަށް "ދަރުބާރު ޖަގަހަ" ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައިބައެއް ސަޕޯޓަރުންނާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޕީޕީއެމް
"މި ތަނުގައި ހުރެގެން ވެސް ގަލޮޅު ކަންމަތި އަދި ގަލޮޅު އުތުރު ދާއިރާ، ގަލޮޅު ދެކުނު ދާއިރާ، ގަލޮޅުގެ ހުރިހާ ރައްޔިތުންނަށް މިއަދު ހަވީރު އަޅުގަނޑަށް އެ ދެއްވި ތާއީދާއި ކުރެއްވި އިތުބާރަށް އަނެއްކާވެސް ޝުކުރު ދަންނަވާލަން ބޭނުންވޭ. ހުޅުމާލެ އިން ވެސް އަލްހަމްދު ލިއްލާހި، ފެންނަނީ އެ މަންޒަރު. ވިލިމާލެ އިން ވެސް ހަމަ އެ މަންޒަރު،" މުއިއްޒު ވިދާޅުވި އެވެ.
"މާފަންނު، މައްޗަންގޮޅި، ގަލޮޅު ހެންވޭރު، ހުރިހާ ދާއިރާއަކުން ވެސް ހުރިހާ ފޮއްޓަކުންހެން ފުރަތަމަ ބުރުގައި ދެއްވެވީ ވަރަށް މަތީ ތަރުހީބެއް."
މުއިއްޒު ވިދާޅުވީ، އޭނާގެ އެދިވަޑައިގަތުމަކީ އެ ޖޯޝާއި ފޯރީގައި ހޮނިހިރު ދުވަހު ވީހާ ވެސް ހެނދުނު ވޯޓު ލާން ނުކުމެ ފުރަތަމަ ބުރަށް ވުރެ މަތީ ނަތީޖާއެއް ހޯދައި ދިނުމަށެވެ.
މީގެ އެތައް އަހަރެއް ކުރިން މާލޭގައި ޖަލްސާތަކާއި ހަފުލާތަކަށް ބޭނުކުރާ ދަރުބާރުގެ އޭނާގެ ވެރިކަމެއްގައި ކުދި ވިޔަފާރިތައް ކުރުމުގެ ފުރުސަތު ދާއިމީކޮށް ލިބޭ ގޮތަށް ތަރައްގީ ކުރައްވާނެ ކަމަށް ވެސް މުއިއްޒު ރޭ ވިދާޅުވި އެވެ.
އޭނާގެ ޕްލޭންގައިވާ ގޮތުން ދަރުބާރުގެ ތަރައްގީ ކުރާނީ ޒަމާނީ ކޮންވެންޝަން ފެސިލިޓީއެއް ގޮތަށެވެ. ފެހިކަން ގަދަކޮށް، އެ ސަރަހައްދަށް އާރޯކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒުވާނުންނާއި އަމިއްލަ މަސައްކަތުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ވެސް އެކަން ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް، ވިޔަފާރި ސްޓޯލްތައް ހިންގުމުގެ ޖާގަތަކާ އެކީގައި، މާނައަކީ ކުދިކުދި ވިޔަފާރިތައް ހިންގޭނެ ގޮތަށް ހުންނަ ފެސިލިޓީއެކޭ ގާއިމް ކުރާނީ،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ ކެމްޕެއިނަށް "ދަރުބާރު ޖަގަހަ" ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި އޭނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް
އޭނާ ވިދާޅުވީ، ބޭނުމަކީ ދަރުބާރުގެ ކޮންވެންޝަން ސެންޓަރުގައި ކުޑަ އަގެއްގައި ނުވަތަ އަތްފޯރާވަރުގެ އަގަކަށް ސްޓޯލެއް ކުއްޔަށް ނަގައިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދިނުން ކަމަށެވެ. އެއީ މިހާރު ވަރަށް މުހިންމު ކަމަކަށް ވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ނަތީޖާއަކީ ވިޔަފާރިތައް ފުޅާވުން ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ބޭނުންވަނީ ޕާކިން ފެސިލިޓީއަކާ އެކު ދަރުބާރުގެ ތަރައްގީ ކުރާށެވެ.
"އަދި ގްރީން ކޮންސެޕްޓްގައި ހެދޭ ޑިވެލޮޕްމަންޓެއް އަންނާނީ،" އޭނާ ވިދާޅުވި އެވެ.
މުއިއްޒުގެ ކެމްޕެއިނަށް "ދަރުބާރު ޖަގަހަ" ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި އޭނާ ބައެއް ޒުވާނުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް
މުއިއްޒު ވިދާޅުވީ، ބޭނުމަކީ ރާއްޖެ އިން ބޭރުން ވެސް ކޮފަރެންސްތަކާއި ސެމިނާތައް މަތީ ފެންވަރުގައި ބާއްވާ ތަނަކަށް ދަރުބާރުގެ ހެދުން ކަމަށެވެ. އޭނާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން ގެންގުޅޭ ޕްލޭންތައް ތަންފީޒު ކުރުމަށްޓަކައި ހޮނިހިރު ދުވަހުގެ އިންތިހާބުގައި ވޯޓު ދިނުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުގެ ހުށަހެޅުން ގަބޫލު ކޮށްފިއްޔާ އޭގެ ފުރިހަމަ ނަތީޖާ ނެރެދޭނަން. އަޅުގަނޑުމެން ބޭނުންވަނީ ނަތީޖާ ނެރެދޭ ސަރުކާރެއް ގާއިމްކުރަން. އަޅުގަނޑުމެންގެ ޓީމުގައި ތިބޭނީ، ކެބިނެޓްގަ އާއި ސަރުކާރުގެ ކުންފުނިތަކުގައި ތިބޭނީ އެ ވިސްނުމުގައި މަސައްކަތް ކުރާ ބޭފުޅުން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ނިންމާފައިވަނީ އިތުރަށް ހިއްކައިގެން ގޯތި ދޭން
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
ފަހަރަކު ކަމެއް ނިންމަމުން ގޮސް ރާއްޖޭގެ ވެރިކަމަށް!