24 ސެޕްޓެމްބަރ 2023
މެންޗެސްޓާ (ސެޕްޓެމްބަރު 24) - ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުގައި އެއް ކުޅުންތެރިޔަކު މަދުކޮށް މެންޗެސްޓާ ސިޓީން ކުޅެން ޖެހުނު ނަމަވެސް 2-0 ން މޮޅުވެއްޖެ އެވެ.
މެންޗެސްޓާ (ސެޕްޓެމްބަރު 24) - ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުގައި އެއް ކުޅުންތެރިޔަކު މަދުކޮށް މެންޗެސްޓާ ސިޓީން ކުޅެން ޖެހުނު ނަމަވެސް 2-0 ން މޮޅުވެއްޖެ އެވެ.
އެ ޓީމުގެ ރޮޑްރީ ހެނާންޑޭޒް އަށް ދެއްކި ރަތް ކާޑާ އެކު 40 އަށް ވުރެ ގިނަ މިނެޓް ސިޓީން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެކަމަކު އޭގެ ކުރިން ސިޓީން އޮތީ ދެ ލަނޑު ޖަހައިފަ އެވެ. އެ ދެ ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގެ ފުރަތަމަ 15 މިނެޓްތެރޭގަ އެވެ.
މެޗު ފެށިގެން ހަތްވަނަ މިނެޓްގައި ކައި ވޯކާ ދިން ބޯޅައިން ސިޓީ އަށް ލީޑް ނަގައި ދިނީ ފިލް ފޯޑެން އެވެ. މެޗުގެ 14 ވަނަ މިނެޓްގައި އާލިން ހާލަންޑް ސިޓީގެ ދެ ލަނޑު ޖެހި އެވެ. ދެވަނަ ހާފް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހުރީ ރުޅި އައިސްފަ އެވެ.
މެޗަށް ފަހު އޭނާ ބުނީ، އޭނާގެ ޓީމުގައި ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމަކީ އޭނާ ރުޅި އަންނަ ކަމެއް ކަމަށެވެ.
"އާނ އަހަރެން ހުރީ ރުޅި އައިސްފަ. އަހަރެމެންގެ އަމިއްލަ ގޯހަކުން ވާ ކަމެއްގައި 10 މީހުންނާ އެކު ކުޅެން ޖެހުމަކީ އަހަރެން ހިތްނުޖެހޭ ކަމެއް. އަހަރެން ހާފް ޓައިމްގައި ބުނިން ކުޅުންތެރިން ކައިރީ ހަމަޖެހޭށޭ. އެކަމަކު ރޮޑްރީ އެ އަޑެއް ނޭހި،" މެޗަށް ފަހު ގަޑިއޯލާ ބުންޏެވެ.
ބާންލޭއާ ދެކޮޅަށް ކުޅުނު މެޗު 1-0 ން ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން ވަނީ މި މަހު އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ.
މީގެ ކުރިން އެ ޓީމު މެޗަކުން މޮޅުވީ ގާތްގަނޑަކަށް މީގެ އެއް މަސް ކުރިން ނޮޓިންހަމްއާ ދެކޮޅަށެވެ.
ރޭ ގެ މެޗުގައި ޔުނައިޓެޑްގެ ލަނޑު ޖެހީ ކެޕްޓަން ބްރުނޯ ފެނާންޑޭޒް އެވެ. އޭނާ ލަނޑު ޖެހީ ޖޯނީ އީވަންސް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.
މިދިޔަ އަހަރު ލެސްޓާ ސިޓީ އަށް ކުޅުނު އީވަންސް ވަނީ މީގެ ކުރިން ޔުނައިޓެޑަށް ކުޅެފަ އެވެ. ލެސްޓާ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވުމުން އޭނާ އެ ޓީމު ދޫކޮށްލި އެވެ. ޔުނައިޓެޑުން އޭނާ އަށް އެއް އަހަރުގެ ކޮންޓްރެކްޓް ދިނީ ހިލޭ ޓްރާންސްފާގައި އޭނާ ލިބުމުންނެވެ. ރޭގެ މެޗަކީ ޔުނައިޓެޑަށް އޭނާ ކުޅުނު 200 ވަނަ މެޗެވެ. އަދި 2015 ގައި ފަހުން ޔުނައިޓެޑްގެ ފުރަތަމަ 11 ގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހަން އެހީވުމަށް ފަހު އުތުރު އަޔަލެންޑްގެ ޑިފެންޑަރު އީވަންސް ބުނީ ރޭގެ މެޗަކީ އޭނާގެ ކެރިއާގައި ކުޅުނު އެންމެ ހާއްސަ މެޗު ކަމަށެވެ.
ސްނައިޕަރު ފޮޑެން، ޔުނައިޓެޑް ބިމާހަމަކޮށްލައިފި
ކޮޅަށްތެދުވަން ޔުނައިޓެޑުން އެފެށީ ސިޓީ ކޮޕީކޮށްގެން
މިއީ އަހަންނަށް އެންމެ ގޯސް ދުވަސް: ޓެންހަގް
ޔުނައިޓަޑް ބަލިވެ، ސިޓީ އަށް ލީގު ކަށަވަރުވެއްޖެ
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް