24 ސެޕްޓެމްބަރ 2023
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމަށް އިތުރު 12 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމަށް އިތުރު 12 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމައިފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން އިތުރު 12 ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
• މާލޭގެ މީހުން ވޯޓު ލާން އިތުރު ތިން ވޯޓު ފޮށި.
• މާލޭގައި ދިރިއުޅޭ ހއ އާއި ށ. އަދި ލ. އަތޮޅުގެ މީހުން ވޯޓު ލާން ކޮންމެ އަތޮޅަކަށް އިތުރު ވޯޓު ފޮށްޓެއް.
• ވިލިމާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން ވޯޓު ލާން އިތުރު ވޯޓު ފޮށްޓެއް.
• ހުޅުމާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން ވޯޓު ލާން އިތުރު ހަތަރު ވޯޓު ފޮށްޓެއް.
• އިންޑިއާގައި ދިރިއުޅޭ ދިވެހިން ވޯޓު ލާން ޓްރިވެންޑްރަމްގައި އިތުރު ވޯޓު ފޮށްޓެއް.
އިތުރުވި 12 ވޯޓު ފޮށްޓާއެކު ދެވަނަ ބުރުގައި ޖުމްލަ 586 ވޯޓު ފޮށި ބަހައްޓާނެ އެވެ.
އީސީން ކުރިން ބުނެފައިވާ ގޮތުގައި، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރީ-ރަޖިސްޓަރީ ކުރަން 50،047 ފޯމު ހުށަހާފައިވެ އެވެ.
ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަން ނިންމައި، ޝަކުވާއަށް ހުޅުވާލައިފި https://t.co/B7bOedp2KG
— Mihaaru (@Mihaarunews) September 22, 2023
ދެ ވަނަ ބުރުގައި ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ މީހުން ރި-ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އީސީން ވަނީ އިއްޔެ ހުޅުވާލައިފަ އެވެ. އެ ފުރުސަތު ހުޅުވާލީ މިރޭ 9:00 އާ ހަމައަށެވެ.
ދެވަނަ ބުރުގެ ރީރަޖިސްޓްރޭޝަނަށް 47،000 ފޯމު
ނުފޫޒު ފޯރުވާ ކަމަށް ކިޔަނީ ބަލިވާނެތީ: އެމްޑީޕީ
ދެވަނަ ބުރަށް ރީ-ރަޖިސްޓާކުރަން 9،000 ފޯމު
ވޯޓުލާ 282،395 މީހުން: ލިސްޓް ފައިނަލްކޮށްފި
އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރުމަށް އިތުރު ދެ ދުވަސް
ރީ-ރަޖިސްޓްރޭޝަނަށް ތަރުހީބު ކުޑަވުމުން ކަންބޮޑުވެއްޖެ
ވޯޓުލާ މީހުންގެ ލިސްޓާ ގުޅޭ 551 ޝަކުވާ
އިންތިހާބުގައި އަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ
ވޯޓާސް ލިސްޓުގައި ގިނައީ މަރުވި މީހުންގެ ނަން އޮތުން
ޒަމީލާއި އިންތިހާބީ އޭޖެންޓްގެ ޖޫރިމަނާ ބާތިލްކޮށްފި