01 އޯގަސްޓް 2023
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް އިތުރު ދެ ދުވަސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ދީފި އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމަށް އިތުރު ދެ ދުވަސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ދީފި އެވެ.
އެ ކޮމިޝަންގެ އިއުލާނުގައި ބުނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މުއްދަތު މިހާރު ހަމަވާނީ މާދަމާގެ ނިޔަލަށް ކަމަށެވެ.
ކުރިން އެ މުއްދަތު ހަމަވާ ގޮތަށް އޮތީ މިއަދަށެވެ.
އީސީ އަށް ފޯމު ހުށަހަޅައިގެން ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮތީ ހުޅުވާލައިފަ އެވެ.
އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ކުރިން ވިދާޅުވި ގޮތުގައި، އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވާއިރު، މިހާތަނަށް 12،000 އެއްހާ މީހުން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާފައިވެ އެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި 95،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވި އެވެ. އެ ފަހަރު މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ މީހުންނަށް، ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބަށް އަލުން ރީ-ރަޖިސްޓަރީވާކަށް ނުޖެހޭނެ އެވެ. އެކަމަކު، މާލެ ފިޔަވައި، ރަށްވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ހުރިހާ މީހުން އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށް ބުންޏެވެ.
އެކަމަކު މިފަހަރު ވެސް މާލެއިން 30،000 އާއި 40،000 އާ ދެމެދުގެ އަދަދެއްގެ މީހުން ރީ-ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް އީސީން ލަފާކުރެ އެވެ. އެހެންވެ، މިހާތަނަށް ރަޖިސްޓްރީވީ 12،000 މީހުން ކަމަށް ވާތީ މިއީ މަދު އަދަދެއް ކަމަށް އީސީން ބުންޏެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެ ފުރުސަތު އަންނަ މަހު ހަތަކަށް ހަމަވާއިރު، މިހާތަނަށް އަދި އެއްވެސް ކެންޑިޑޭޓަކު ފޯމެއް ހުށައެއް ނާޅަ އެވެ.
ދެވަނަ ބުރުގައި އިތުރު 12 ވޯޓު ފޮށި ބަހައްޓަނީ
ދެވަނަ ބުރުގެ ރީރަޖިސްޓްރޭޝަނަށް 47،000 ފޯމު
ނުފޫޒު ފޯރުވާ ކަމަށް ކިޔަނީ ބަލިވާނެތީ: އެމްޑީޕީ
ދެވަނަ ބުރަށް ރީ-ރަޖިސްޓާކުރަން 9،000 ފޯމު
ވޯޓުލާ 282،395 މީހުން: ލިސްޓް ފައިނަލްކޮށްފި
ރީ-ރަޖިސްޓްރޭޝަނަށް ތަރުހީބު ކުޑަވުމުން ކަންބޮޑުވެއްޖެ
ވޯޓުލާ މީހުންގެ ލިސްޓާ ގުޅޭ 551 ޝަކުވާ
އިންތިހާބުގައި އަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ
ވޯޓާސް ލިސްޓުގައި ގިނައީ މަރުވި މީހުންގެ ނަން އޮތުން
ޒަމީލާއި އިންތިހާބީ އޭޖެންޓްގެ ޖޫރިމަނާ ބާތިލްކޮށްފި