ކޮލަމްބޯ (ފެބްރުއަރީ 4) - ވާތު ސަންގެއް ވަގަށް ނެގި ކަމަށް ތުހުމަތުކޮށް، ސްރީ ލަންކާގެ އިރުމަތީގެ ހިސާބަކުން ހަތް މީހުން ހައްޔަރުކޮށްފި އެވެ.
04 ފެބުރުއަރީ 2017
ކޮލަމްބޯ (ފެބްރުއަރީ 4) - ވާތު ސަންގެއް ވަގަށް ނެގި ކަމަށް ތުހުމަތުކޮށް، ސްރީ ލަންކާގެ އިރުމަތީގެ ހިސާބަކުން ހަތް މީހުން ހައްޔަރުކޮށްފި އެވެ.
އެ ހަތް މީހުން ވެސް ހައްޔަރުކުރީ، ފުލުހުން ބުނި ގޮތުގައި، 18 އިންޗީގެ ސަންގު ވަގަށް ނެގުމަށް ފަހު ގަވާއިދާޚިލާފަށް ވިއްކާލުން އުޅޭ ކަމަށް ބެލެވިގެންނެވެ. ވަރަށް މަދުން ނޫނީ ނުލިބޭ ވާތު ސަންގެއްގެ އަގު 70،000 ޑޮލަރަށް އަރާ ކަމަށް ލަންކާ ފުލުހުން ބުނެ އެވެ. ވާތު ސަންގުގެ ވިޔަފާރިއަކީ ބައިނަލްއަގުވާމީ ގޮތުން ވެސް މަނާކޮށްފައިވާ ކަމެކެވެ. ލަންކާގައި ވެސް ވަނީ މިފަދަ ބާވަތްތައް ގާނޫނަކުން ހިމާޔަތްކޮށްފަ އެވެ. އެކަމަކު ގާނޫނު ތަންފީޒު ކުރުން ދޯހަޅިވުމުން މި ބާވަތްތަކުގެ ވިޔަފާރި ގަވާއިދާޚިލާފަށް ކުރަމުން ގެންދެ އެވެ. ގަވާއިދާޚިލާށް ކުރާ ބޮލީގެ ވިޔަފާރި މިލިއަން ޑޮލަރަށް އަރަ އެވެ.
ވާތު ސަންގަކީ ހިންދޫން ގާތު ވަރަށް މާތް އެއްޗެކެވެ. ޚާއްސަކޮށް ހުދު ކުލައިގެ ސަންގަށް ހިންދޫން ވަރަށް ބޮޑަށް އިހުތިރާމް ކުރެ އެވެ.
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
ވަގެއް ބައި ގަޑިއިރުގެ މަސައްކަތަށް ފަހު ނެގީ އަނބެއް
1.9 މިލިއަން ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރު
ރާއްޖޭން ލަންކާ އާއި ދެކުނު އެފްރިކާގެ މައްޗަށް މޮޅު
ވަގަށް މަސްވެރިކަންކުރި ބޯޓަކަށް ބޮޑު ޖޫރިމަނާއެއް!
ލޮރީއެއްގެ ދަށުވި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ
އިނާޔަތްތައް ކަނޑާލާތީ ރާޖަޕަކްސަ ގަނޑުވަރު ދޫކޮށްލަނީ
ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ރާއްޖެއަށް
ހަނގުރާމައިގެ ޖަރީމާ އެހެން ބަޔަކަށް ނުބެލޭނެ: ލަންކާ
ލަންކާގެ ފެޑެރޭޝަނުން ދިވެހިންނަށް ޓިކެޓް އަގުބޮޑުކޮށްފި