13 ސެޕްޓެމްބަރ 2023
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތައް މި ސަރުކާރުން ދޫކުރަން ނިންމާފައިވަނީ އިންތިހާއަށް އަގު ބޮޑުކޮށް ކަމަށާއި އަދި ވެރިކަން ލިބިއްޖެނަމަ އެ އަގުތައް ކުޑަކޮށް ދެއްވާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތައް މި ސަރުކާރުން ދޫކުރަން ނިންމާފައިވަނީ އިންތިހާއަށް އަގު ބޮޑުކޮށް ކަމަށާއި އަދި ވެރިކަން ލިބިއްޖެނަމަ އެ އަގުތައް ކުޑަކޮށް ދެއްވާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާވެޔޮ މަގުގައި މިރޭ ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވިނަރެސްއަށް ނަން ބަދަލުކޮށްގެން މަޝްރޫއު ހިންގި ނަމަވެސް އެއީ އޭނާގެ ހައުސިން މިނިސްޓަރު ކަމުގައި ސޮއިކުރި މަޝްރޫއެއް ކަމަށެވެ. އެހެންކަމުން އެ މަޝްރޫއުގެ ހުރިހާ ތަފްސީލަކާއި އަގުތަކެއް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ދެ ލައްކަ ރުފިޔާގެ ޑައުންޕޭމަންޓަކާއި އަދި މަހުން މަހަށް ފައިސާ ދައްކަންޖެހޭ ގޮތަށް ވިނަރެސް ފްލެޓްތައް ދޫކުރަން މި ސަރުކާރުން މަސައްކަތް ކުރަނީ ކުރީގެ ސަރުކާރުގައި މަޝްރޫއު ރޭވި ގޮތާ ހިލާފަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެވަރުގެ ބޮޑު އަގުތަކެއް ނަގަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދޭނެ ޔަގީން ކަމަކީ ޑައުންޕޭމަންޓަށް ދައްކަން އޮތް ބޮޑު އަގާއި މަހުން މަހަށް ދައްކަން ޖެހޭ އަގު ކުޑަކޮށްދީ، ރައްޔިތުން އަތްފޯރާ ވަރަށް ކުޑަކޮށްދޭނަމޭ. އެއީ އެކަން ކުރެެވެން އޮތީމަ. އެއީ އެ ޕްރޮޖެކްޓަކަށް ނެގި ލޯނާއި ހުރިހާ ތަފްސީލެއް އަޅުގަނޑަށް އެނގޭ. ފުރިހަމަ ފައިދާއެއް އާބަންކޯ އަށް ލިބޭނެ ކުޑަ ކުރިޔަސް،" މުއިއްޒު ވިދާޅުވި އެވެ.
ވިނަރެސް ފްލެޓްތަކުގެ އިތުރުން ހިޔާ މަޝްރޫއުގެ ތެރެއިން ސަރުކާރު ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކުގެ އަގުތައް ވެސް ހެޔޮ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މަޝްރޫއުތަކުގެ މަގުސަދަކީ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުން ކަމަށާއި އެމީހުންގެ އަތުގައި އޮތް ލާރިކޮޅު އަތުލުމަށް ޖަހާ ދަންތޫރައަކަށް ވެގެން ނުވާނެ ކަމަށެވެ.
"އެފަދަ އަނިޔާވެރި ގޮތަކަށް ކަންކުރާ ސަރުކާރަކަށް އަޅުގަނޑުމެންގެ ސަރުކާރު ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިރޭ ވެސް ވަނީ މި ސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި ފްލެޓްތައް އަތުނުލާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެއިން ދޫކުރި ގޯތިތަކުގައި ގެދޮރު އެޅޭނެ ގޮތް ހަދައިދީ އަދި ފްލެޓްތައް ވެސް އަޅައިދޭނެ ކަމަށެވެ. އަދި އެކަންކަން ކުރިއަށް ގެންދާނީ އޭނާގެ 65،000 ހައުސިން ޔުނިޓްގެ އަމާޒުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
"ގެދޮރުގެ ޔަގީންކަން، ހައުސިންގެ ވައުދަކީ އަޅުގަނޑުމެން ފުއްދައިދޭނެ ވައުދެއް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތް ކަމަށާއި އެކަން މާޒީން ވެސް ފެންނާނެ ކަމަށެވެ. އަދި ރައްޔިތުން ނިންމަން އޮތީ ވަރަށް ފަސޭހަ ނިންމުމެއް ކަމަށާއި ދެ ވިސްނުމަކަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ފްލެޓާއި ގޯތި ދިނަސް ވޯޓު ދޭކަށް ނުޖެހޭ: ޕީޕީއެމް
ގޯތި ލިބުމުން ބިންކޮޅު ދޫކޮށްލަންޖެހޭ ގޮތް ސާފުކޮށްދީފި
"ހުޅުމާލެ 3 ގެ ގޯތިތައް ވެސް ކަށަވަރު ކޮށްދޭނަން"
ސިނަމާލެ ފްލެޓް ތަޅާލަން ހުރަސް އެޅީ މި ސަރުކާރުން: މުއިއްޒު
ދަރަނި ކުޑަކޮށް، އިންވެސްޓަރުން ގެންނާނަން: މުއިއްޒު
ގެދޮރުގެ މައްސަލަ އެއްކޮށް ހައްލުކޮށްދޭނަން: މުއިއްޒު
ފުށިދިއްގަރުފަޅުން 11،000 ގޯތި ދޭނަން: މުއިއްޒު
މުއިއްޒުގެ މެނިފެސްޓޯ: ބިންވެރިންނަށް ގެދޮރު އަޅައިދެނީ
މާލެ އިން ދިން ގޯތިތައް އަތެއް ނުލާނަން: މުއިއްޒު
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު