ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިމެނޭ ސަރަހައްދު މި ސަރުކާރުން ހިއްކަން ނިންމާފައިވާއިރު، އެ ސަރަހައްދުން ދޫކުރާ ގޯތިތަކުގެ ކަށަވަރުކަން ވެސް އޭނާގެ ސަރުކާރެއްގައި އޮންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
11 ސެޕްޓެމްބަރ 2023
ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިމެނޭ ސަރަހައްދު މި ސަރުކާރުން ހިއްކަން ނިންމާފައިވާއިރު، އެ ސަރަހައްދުން ދޫކުރާ ގޯތިތަކުގެ ކަށަވަރުކަން ވެސް އޭނާގެ ސަރުކާރެއްގައި އޮންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މާލޭގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަފުލާއެއްގަ އެވެ.
މުއިއްޒު ވިދާޅުވީ، ހުޅުމާލެ ފޭސް 3 ސަރަހައްދުން ވެސް ގޯތިތައް ކަށަވަރު ކޮށްދޭނެ ކަމަށެވެ.
މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒުގެ ސަރުކާރެއްގައި ޕްލޭން ކޮށްފައި ވަނީ ސަރުކާރުން ގާއިމްކުރާ ހާއްސަ ފަންޑެއް މެދުވެރިކޮށް ބިމުގައި ގެދޮރު އިމާރާތްކޮށް ދިނުމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ސަރުކާރުން އެކަމަށް ގާއިމްކުރާ ފަންޑުން ހޭދަކުރާ ފައިސާ އަނބުރާ ހޯދާނީ ގެދޮރު އިމާރާތްކޮށް ނިމުމުން ފައިސާ ދެއްކޭނެ ނިޒާމެއްގެ ތެރެއިންނެވެ. ގެދޮރު އިމާރާތްކޮށް ނިމުމުން ގިނަ މީހުންނަށް ބޭންކްތަކުން ލޯނު ލިބޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ގެދޮރުވެރިކަމުގެ ލޯނުގެ އިންޓްރެސްޓް ފަސް ޕަސެންޓަށް ދަށްކުރުމާއި ލުއި ލޯނު ދިނުމަށް ވެސް މުއިއްޒު ވަނީ އޭނާގެ މެނިފެސްޓޯގައި ހިމަނައިފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ "ބިންވެރިޔާ" ޕްރޮގްރާމުގެ ދަށުން ގޯތި ލިބުނު އެންމެންނަށް އެ މީހަކަށް ގޯތި ލިބުނު ތަނަކުން ގޯތި ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒު ވިދާޅުވީ އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ ގެދޮރުވެރިކަމަށް ބޭނުންވާ އެންމެނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ފުރަތަމަ އަހަރުގައި އޮންނާނީ މާލޭ ސަރަހައްދުން ހިއްކަން ޖެހޭ ސަރަހައްދުތައް ހިއްކައި ނިންމުމެވެ. އެ ތަންތަން ހިއްކައި ފުރަތަމަ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، މި ސަރުކާރުން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރިޔަސް މުއިއްޒު ވިދާޅުވީ އެ މީހުންނަށް ގޯތި ލިބުނު ތަނަކުން އެ ގޯއްޗެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ. ވިދާޅުވީ އޭގެ ތެރޭގައި ހުޅުމާލޭ ތިނެއް ހިއްކައިގެން ދޭން ނިންމާފައިވާ ގޯތިތަކެއް ހިމެނޭ ކަމަށާއި އެކަން ވެސް އޭނާގެ ވެރިކަމުގައި ހަމަޖެހޭނެ ކަމަށެވެ.
މާފަންނު ހުޅަނގު ޖަގަހަ ހުޅުވުމުގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީން ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން އަދި އިދިކޮޅުގެ ލީޑާޝިޕް ބޭފުޅުން-- ފޮޓޯ: ޕީޕީއެމް
"މި ސަރުކާރުން ދިން ގޯތިތަކަކީ އަޅުގަނޑުމެން އަމާނާތްތެރިކަމާ އެކު އެ ލިބުނު ތަނަކުން ކަށަވަރު ކޮށްދޭނެ ގޯތިތަކެއް. ހުޅުމާލެ އިން ފަޅުތެރެއިން ބައެއް ހިއްކައިގެން ފޭސް ތްރީގެ ނަމުގައި ހިއްކާ ސަރަހައްދެއް ވެސް މީގެ ތެރޭގައި ހިމަނާފައި އެބަ އޮތް. އަޅުގަނޑު މި ދެންނެވީ އެ ގޯއްޗެއް ސަރުކާރުން ދިން ތާކުން އެ ގޯތި ޔަގީން ކޮށްދޭނަމޭ،" މާފަންނު ހުޅަނގުގައި ޕީޕީއެމް/ޕީއެންސީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވި އެވެ.
މާލޭގައި ދިރިއުޅޭ އެންމެންނާއި ދަފްތަރުގައި ޖައްސާފައިވާ މީހުންނަށް ވެސް ބޯހިޔާވަހިކަން ހަމަޖައްސައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި ގުޅފަޅާއި ފުށިދިއްގަރު ފަޅު ގިރާވަޅު ފަޅު ހިއްކައިގެން ގޯތި ކަށަވަރުކޮށްދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ލިބޭނެ ކަމަށް ކަނޑައަޅައިފަ އެވެ. ހުޅުމާލެ އާއި ގިރާވަޅާއި ގުޅިފަޅުން ގޯތި ދޭން ސަރުކާރުން ނިންމިއިރު ހުޅުމާލެ އިން ބައެއް މީހުންނަށް މިހާރު ވަނީ ގޯތި ހަވާލުކޮށްފަ އެވެ.
މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ އިއުލާންކޮށް އޭނާ ވަނީ ކ. ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް އޭނާގެ ވެރިކަމުގައި ހިއްކައި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ކައުންސިލްގެ ދަށަށް ހުޅުމާލެ ބަަދަލުކުރާނަން: މުއިއްޒު
ފުށިދިއްގަރުފަޅުން 11،000 ގޯތި ދޭނަން: މުއިއްޒު
މާލެ އިން ދިން ގޯތިތައް އަތެއް ނުލާނަން: މުއިއްޒު
މައްސަލަ ނުނިކުންނާނެ، ފްލެޓްތައް ދޫކޮށްދީ: މުއިއްޒު
ފްލެޓުތައް ކުޑަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"