20 އޯގަސްޓް 2023
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ކ. ފުށިދިއްގަރުފަޅު ހިއްކައިގެން 11،000 އަށް ވުރެ ގިނަ ގޯތި ދޭން އޭނާ މިރޭ ވައުދުވެވަޑައިގެންފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ކ. ފުށިދިއްގަރުފަޅު ހިއްކައިގެން 11،000 އަށް ވުރެ ގިނަ ގޯތި ދޭން އޭނާ މިރޭ ވައުދުވެވަޑައިގެންފި އެވެ.
މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ އިއުލާން ކުރުމަށް ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ، ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް އޭނާގެ ވެރިކަމުގައި ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށެވެ.
"ފުށިދިއްގަރު ފަޅުގައި 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެއް އިރާދަކުރެއްވިއްޔާ ހިއްކޭނެ. އެއީ ހުޅުމާލެ އަށް ބަލަންޏާ ހުޅުމާލޭގެ ދެ ހުޅުމާލެ، ފޭސް ވަން، ފޭސް ޓޫ އެއްކޮށްލީމާ ވާ ސައިޒުގެ ތިން ގުނަ،" މާލޭގެ މޭޔަރުކަން ވެސް ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
އެ ސަރަހައްދުން ދޫކުރާ ގޯތިތަކުގައި 1،400 އަކަފޫޓުން ފެށިގެން 1،600 އަކަފޫޓު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގިރާވަރު ފަޅުން 89 ހެކްޓަރުގެ ބިން ހިއްކައިގެން 1،000 ވުރެ ގިނަ ގޯއްޗާއި 2،800 ފްލެޓް ދިނުމުގެ އިތުރުން ގުޅިފަޅުގެ 300 ހެކްޓަރުގެ ބިން ހިއްކައިގެން 3،500 އަށް ވުރެ ގިނަ ގޯއްޗާއި 7،800 ފްލެޓް އިމާރާތް ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް 20 އަހަރަށް އަމާޒުކޮށްގެން ހަދާފައިވާ އެ މެނިފެސްޓޯގެ ދަށުން ފުށިދިއްގަރުފަޅާއި ގިރާވަރުފަޅާއި ގުޅިފަޅާއި ހުޅުމާލެ އާއި މާލެ ހިމެނޭހެން 65،000 ގޯތި ނުވަތަ ފްލެޓް ދޭނެ އެވެ. އޭރުން ބޯހިޔާވަހިކަން ނުލިބޭ މީހަކު މާލެ ސަރަހައްދުގައި ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުށިދިއްގަރު ފަޅުގައި 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެއް އިރާދަކުރެއްވިއްޔާ ހިއްކޭނެ. އެއީ ހުޅުމާލެ އަށް ބަލަންޏާ ހުޅުމާލޭގެ ދެ ހުޅުމާލެ، ފޭސް ވަން، ފޭސް ޓޫ އެއްކޮށްލީމާ ވާ ސައިޒުގެ ތިން ގުނަ،"--- މުއިއްޒު
"މާލޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ގެދޮރު ޔަގީން ވެގެންދަނީ. މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ގެދޮރު ޔަގީން ވެގެން ދަނީ. އަދި މި ސަރަހައްދަށް އަންނަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ގެދޮރު ލިބިގެންދަނީ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހާސިލް ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތުން ބިމެއް އޮތް ކޮންމެ މީހަކަށް ބިމުގައި ގެދޮރު އަޅައިދޭން ސަރުކާރުން ހާއްސަ ފަންޑެއް ގާއިމްކޮށް، ގެދޮރު އަޅައިދޭނެ އެވެ. ގެދޮރު އަޅައިދޭނީ ފަހުން ފައިސާ ދައްކާ ގޮތަށް އަދި ވެރިފަރާތުން ބޭނުންވާ ޑިޒައިނަކަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ގެދޮރު އިމާރާތްކުރަން ލުއި ލޯނު ހަމަޖައްސައި ދިނުމާއި މާލެ ސަރަހައްދުގެ އިތުރުން ދެކުނާއި އުތުރުގައި ހާއްސަ އާބަން ހަތް ސަރަހައްދެއް ތަރައްގީ ކުރުމާއި ސިނާއީ މަސައްކަތްތައް ތަރައްގީ ކުރުމާ އެކު ޓްރާންސްޝިޕްމަންޓް ބަނދަރުތަކެއް ގާއިމްކުރުން ވެސް މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ.
"ހުޅުމާލެ 3 ގެ ގޯތިތައް ވެސް ކަށަވަރު ކޮށްދޭނަން"
މާލެ އިން ދިން ގޯތިތައް އަތެއް ނުލާނަން: މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"
އަނިޔާވެރިކަން ތާ އަބަދަށް ނިންމާނަން: މުއިއްޒު
މުދާ ބެހީ ދޮންމަންމާފުޅު އެދުނު ގޮތަށް: ސާޖިދާ
ފްލެޓާއި ގޯތި ދިނަސް ވޯޓު ދޭކަށް ނުޖެހޭ: ޕީޕީއެމް