Roadha Mihaaru
ސިނަމާލެ ފްލެޓް ތަޅާލަން ހުރަސް އެޅީ މި ސަރުކާރުން: މުއިއްޒު

މުއިއްޒު ބޭނުންވަނީ ސިނަމާލެ ފްލެޓްތައް ތަޅާލައި 15،00 ހައުސިން ޔުނިޓް އަޅަން

08 ސެޕްޓެމްބަރ 2023

މާލޭގައި އެންމެ ފުރަތަމަ އިމާރާތްކުރި ފްލެޓްބަރި ކަމަށްވާ ސިނަމާލެ ފްލެޓްތައް ބޮލަށް ވެއްޓެން ކައިރި ވެފައިވާއިރު، އެ ތަން ތަޅާލައި އޭގެ ބަދަލުގައި އާ ފްލެޓްތަކެއް އިމާރާތްކުރުމުގެ މަގު ވެސް މި ސަރުކާރުން ބަންދު ކޮށްފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މާލޭގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަފުލާއެއްގަ އެވެ.

މުއިއްޒު ވިދާޅުވީ، ސިނަމާލެ ފްލެޓްތައް ތަޅާލައި އާ އިމާރާތްތަކެއް ކޮށް، ދާއިމީ ރަނގަޅު ހައްލެއް ހޯދައިދޭން ޕީޕީއެމްގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓީޖިކް ޕްލޭންގައި ވެސް ހިމަނާފައިވާ ކަމަށެވެ. އެކަމަކު، އެ ކަން ވެސް ކުރުމުގެ ފުރުސަތު ނުދީ، މި ސަރުކާރުން އެއްކޮށް މަގު ބަންދުކޮށްލީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ އެ މަގު އެއްކޮށް ބަންދުކޮށްލީ،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި އޭނާ ވެރިކަމަށް ގެނެސްފި ނަމަ އެ ފްލެޓްތައް ތަޅާލާފައި އާ އިމާރާތްތަކެއް ހަދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މާލޭގައި ރޭ ކެމްޕެއިން ޖަގަހައެއް ހުޅުވުމުގެ ހަފުލާގައި މުއިއްޒު ބައެއް މީހުންނާ އެކު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޕީޕީއެމް

މާލޭގައި ރޭ ކެމްޕެއިން ޖަގަހައެއް ހުޅުވުމުގެ ހަފުލާގައި މުއިއްޒު ބައެއް މީހުންނާ އެކު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޕީޕީއެމް

"ހަމައެކަނި މިހާރު އެ ތަނުގައި ތިބި 128 އާއިލާއަކަށް ނޫން ފްލެޓް އޭރު ލިބިގެން ދާނީ. މި ސަރަހައްދުގެ ޕްލޭން ކޮށްފައި އޮންނާނީ 15،00 ހައުސިން ޔުނިޓް އަޅާ ގޮތަށް ޒަމާނީ ފެންވަރުގައި. މިހާރަށް ވުރެ ތަނަވަސް މިހާރަށް ވުރެ ބޮޑު އަދި ޕާކިން ވެސް ހިމެނޭ ގޮތަށް އަދި އެހެން ފެސިލިޓީސް ވެސް ހިމެނޭ މަލްޓި ސްޓޯރީ ވެސް ހިމެނޭ އެހެން ނަމަވެސް ސޯޝަލް ހައުސިން،" މުއިއްޒު ވިދާޅުވި އެވެ.

"އަދި ސޯޝަލް ހައުސިންގެ އިތުރުން މެދުފަންތި އާއި ހައި އެންޑް ހައުސިން ހިމެނޭ ގޮތަށް 1،500 ހައުސިން ހިމެނޭ މަޝްރޫއެއް މި ސަރަހައްދުގައި ހިންގަން އަޅުގަނޑުމެން ނިންމާފައި ވާނީ."

މާލޭގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް މުއިއްޒު ރޭ ވަޑައިގަތުމުން ޒުވާނުންތަކެއް އޭނާ އަށް މަރުހަބާ ކިޔަނީ.---ފޮޓޯ: ޕީޕީއެމް

މާލޭގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް މުއިއްޒު ރޭ ވަޑައިގަތުމުން ޒުވާނުންތަކެއް އޭނާ އަށް މަރުހަބާ ކިޔަނީ.---ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވީ، ސިނަމާލެ ފްލެޓްތަކުގައި މިހާރު ދިރިއުޅޭ 128 އާއިލާ އަށް އާ ފްލެޓްތަކުން އޭނާގެ ސަރުކާރެއްގައި ފުރުސަތު ދޭނީ ސިނަމާލެ ފްލެޓްތަކަށް އެ މީހުން މިހާތަނަށް ދައްކާފައިވާ އަގުތައް ކެނޑޭ ގޮތަށް ކަމަށެވެ. ފްލެޓްތައް އަމިއްލަ ކޮށްފައިވާ މީހުންނަށް ފްލެޓް ދޭނީ ހިލޭ ކަމަށާއި ބާކީ ފައިސާ ދައްކަން އޮތް ނަމަ ހަމަ މިހާރެކޭ އެއް އަގެއްގައި އެ ފްލެޓްތައް އެ މީހުންނަށް ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އިތުރަކަށް އަގެއް މައްޗަކަށް ނާރާނެ އާ ފްލެޓަކަށް ވިޔަސް،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގަތީ އެ ހުރިހާ ކަމެއް އޭނާ އަށް ކޮށްދެއްވެން އޮންނާނީ މާދަމާ ބާއްވާ އިންތިހާބު ޕީޕީއެމް/ޕީއެންސީ އަށް ކާމިޔާބު ކޮށްދީގެން،" މުއިއްޒު ވިދާޅުވި އެވެ.