03 ފެބުރުއަރީ 2017
ލަންޑަން (ފެބްރުއަރީ 3) - އައިސްބާގު ލެޓޫސް އާއި ބްރޮކޮލީ ފަދަ ބާވަތްތައް ލިބުން ދަތިވެ އިނގިރޭސި ވިލާތުގެ ސުޕަމާކެޓްތަކުގައި މި ބާވަތްތައް ވިއްކުން ކޮންޓްރޯލް ކޮށްފި އެވެ.
ލަންޑަން (ފެބްރުއަރީ 3) - އައިސްބާގު ލެޓޫސް އާއި ބްރޮކޮލީ ފަދަ ބާވަތްތައް ލިބުން ދަތިވެ އިނގިރޭސި ވިލާތުގެ ސުޕަމާކެޓްތަކުގައި މި ބާވަތްތައް ވިއްކުން ކޮންޓްރޯލް ކޮށްފި އެވެ.
ތަރުކާރީގެ ބައެއް ބާވަތްތައް ލިބުން ދަތިވެފައި މި ވަނީ ސްޕޭނަށް މޫސުން ގޯސްވެ މި ބާވަތްތަކުގެ އުފެއްދުން ދައްވެފައިވާތީ އެވެ. ޓެސްކޯ އިން ދަނީ މީހަކަށް ތިން އައިސްބާގު ލެޓޫސް އަދި މޮރިސަންސް އިން ދަނީ މީހަކަށް ދެ އައިސްބާގު އަދި ތިން ބްރޮކޮލީ ވިއްކަމުންނެވެ. އައިސްބާގު ލެޓޫސްގެ އަގު ވަނީ 42 ޕެންސް އިން 1.19 ޕައުންޑަށް އަޑު އަރައިފަ އެވެ.
އިނގިރޭސި ވިލާތުގެ ބައެއް ސުޕަމާކެޓްތަކަށް ލެޓުސް އާއި ބްރޮކޮލީ ލިބުމުން ދަތިވުމުން ވިއްކާ މިންވަރު މަދުކުރިކަން އަންގަން ނޯޓިސް ޖަހާފައި.
ޓެސްކޯގެ ފިހާރަތަކުގެ ޝެލްފުތަކުން ލެޓޫސް ހުސްވެފައިވާ މަންޒަރާއި މި ބާވަތްތައް ވިއްކުން ލިމިޓްކޮށްފައިވާ ނޯޓިސް ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާ އަށް އާއްމުކޮށްފަ އެވެ.
ބޮޑު ވަޒީރު ތެރޭސާ މެއިގެ ތަރުޖަމާނަކު ވިދާޅުވީ ތަރުކާރީގެ ބައެއް ބާވަތްތައް ލިބުން ދަތިވެފައިވާކަން އެނގޭ ކަމަށާއި އެހެންވެ އެންވަޔަމެންޓް، ފުޑް އެންޑް ރޫރަލް އެފެއާޒް ޑިޕާޓްމަންޓުން އެކަން ބަލަމުންދާ ކަމަށެވެ.
ހެޕީމާކެޓުން ދިނީ އުފާވެރި ޚަބަރެއް، ތައުރީފު އޮހެނީ
ބިޔަ ބަރަބޮލެއް، 1000 މީހުންގެ ކޮއްތު
ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލް ހުށަހަޅައިފި
ރާއްޖެ ވަޑައިގަތުމަށް ރަސްގެފާނު ޗާލްސްއަށް ދައުވަތު
ކޮމަންވެލްތު ބައްދަލުވުމަށް ނައިބު ރައީސް ސަމޯއާގައި
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
ޔުނައިޓެޑުގެ އާ ސްޓޭޑިއަމުން ނުވަ ބިލިއަން ޑޮލަރު
ޔޫކޭއަށް ދަތުރުކުރުމުގެ ކުރިން އިތުރު ހުއްދަ ނަގަންޖެހޭ
ޔޫކޭގެ ޕޮލިސް މިނިސްޓަރުގެ ދަބަސް ވަގަށް ނަގައިފި
ޔޫކޭގެ އަސްކަރީ މަނަވަރެއް މާލޭގައި ބަނދަރުކޮށްފި