17 ސެޕްޓެމްބަރ 2024
އިނގިރޭސި ވިލާތުގެ ޕޮލިސް މިނިސްޓަރު ޑޭމް ޑަޔާނާ ޖޯންސަން މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ އިސް އޮފިސަރުންނާ އެކު ބޭއްވެވި ޕޮލިސް ކޮންފަރެންސެއްގައި ހުންނަވަނިކޮށް މިނިސްޓަރުގެ ދަބަސް ވަގަށް ނަގައިފި އެވެ.
އިނގިރޭސި ވިލާތުގެ ޕޮލިސް މިނިސްޓަރު ޑޭމް ޑަޔާނާ ޖޯންސަން މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ އިސް އޮފިސަރުންނާ އެކު ބޭއްވެވި ޕޮލިސް ކޮންފަރެންސެއްގައި ހުންނަވަނިކޮށް މިނިސްޓަރުގެ ދަބަސް ވަގަށް ނަގައިފި އެވެ.
ކެނިލްވޯތުގެ ހޮޓަލެއްގައި ބޭއްވި މި އަހަރުގެ ޕޮލިސް ސުޕްރިންޓެންޑެންޓްސް އެސޯސިއޭޝަން (ޕީއެސްއޭ) ގެ ކޮންފަރެންސްގައި ޑޭމް ޑަޔާނާގެ ދަބަސް ވަގަށް ނެގީ ޔޫކޭގައި މިހާރު އިޖުތިމާއީ ބޮޑު މައްސަލައަކަށްވާ ވަރަށް، ވައްކަން އިތުރުވެފައިވާ ކަމަށާއި އިޖުތިމާއީ ފޭރާން ވީދުނީ ކޮންޒަވޭޓިވް ޕާޓީގެ ވެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވެ ތަގުރީރު ދެއްވަން ހުންނަވަނިކޮށެވެ.
ހޯމް އޮފީހުގެ އެހެން މުވައްޒަފެއްގެ ތަކެތި ވެސް ވަނީ އެ ދުވަހު ވަގަށް ނަގައިފަ އެވެ. ފުލުހުން ބުނީ ވައްކަމުގެ ތުހުމަތުގައި އުމުރުން 56 އަހަރުގެ ފިރިހެނަކު ހައްޔަރުކުރުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ.
ހޯމް އޮފީހުން ބުނީ މި ހާދިސާގައި ސެކިއުރިޓީ މައްސަލައެއް ދިމާވެފައި ނެތް ކަމަށެވެ.
މިއީ ކޮންފަރެންސް ބޭއްވި ހޮޓަލުން ކުރި ވައްކަމެއް ކަމަށާއި އެ މައްސަލަ ހުށަހަޅާފައި ވާތީ ތަހުގީގު ފަށައި، ތުހުމަތުކުރެވޭ މީހާގެ ފަރާތުން މައުލޫމާތު ހޯދަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޑޭމް ޑަޔާނާގެ ތަގުރީރުގައި ކޮންޒަވޭޓިވް ޕާޓީގެ ލެގަސީއަށް ބަހުގެ ހަމަލާތަކެއް ދެއްވައި، ނެއިބަހުޑް ފުލުހުންގެ ކަންކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ ޕްލޭނާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ.
"ލޭބާ ސަރުކާރުގެ މަގްސަދަކީ ގާނޫނުތަކަށް އިހްތިރާމްކުރުން އަނބުރާ އިއާދަކުރުމާއި ފުުލުހުންނަށް އިހްތިރާމް ހޯދުން. ހިތާމައަކީ މި ކަންކަން މިދިޔަ އަހަރުތަކުގެ ތެރޭގައި ނެތި ގޮސްފައިވާކަން،" އެ ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ.
ޕީއެސްއޭގެ ރައީސް ވެސް ވަނީ ކުރީގެ ސަރުކާރުން ގައިދީންގެ ކަންކަން ރަނގަޅަށް ނުބަލައި މިނިވަންކޮށް މުޖުތަމައުއަށް ދޫކޮށްފައިވާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މެންޗެސްޓާގެ ތަރިއަކަށް ވަގުންތަކެއް ހަމަލާ ދީފި
މިޝަން އިމްޕޮސިބްލްސްގައި އުޅެނިކޮށް ކާރު ވަގަށްނަގައިފި
އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރުދީ ފޭރިއްޖެ
ޔޫކޭއަށް ދަތުރުކުރުމުގެ ކުރިން އިތުރު ހުއްދަ ނަގަންޖެހޭ
އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން އުޅުނު މީހާ ބަންދަށް
ޔޫކޭގެ އަސްކަރީ މަނަވަރެއް މާލޭގައި ބަނދަރުކޮށްފި
ގެސްޓް ހައުސެއްގައި ފޭރުނު 2މީހުންގެ މައްސަލަ ޕީޖީއަށް
ގެއަށް ވައްދައި ފޭރޭ މީހުންނަށް ދައުވާކުރަން ފޮނުވައިފި
ސައިކަލެއްގެ މަޑިދަށުން 4 ލައްކަ ރުފިޔާ ވަގަށްނަގައިފި
އަންހެނެއްގެ ވޮލެޓާއި ފޯނު ފޭރުނު މީހަކު ހައްޔަރުކޮށްފި