03 ފެބުރުއަރީ 2017
ސޯލް (ފެބްރުއަރީ 3) - ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަމަ އެއަށް ވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް އެމެރިކާ އިން އިންޒާރު ދީފި އެވެ.
ސޯލް (ފެބްރުއަރީ 3) - ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަމަ އެއަށް ވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް އެމެރިކާ އިން އިންޒާރު ދީފި އެވެ.
އެމެރިކާގެ އާ ދިފާއީ ވަޒީރު ޖޭމްސް މެޓިސް ސައުތު ކޮރެއާ އަށް ކުރެއްވި ދަތުރުގައި ވިދާޅުވީ އެމެރިކާ އަށް ނުވަތަ އެ ގައުމުގެ ބައިވެރިއަކަށް ދެވޭ ކޮންމެ ހަމަލާއެއް ނާކާމިޔާބުކޮށްލާނެ ކަމަށެވެ. އަދި ކޮންމެ ނިއުކްލިއާ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޕެންޓަގަނުން ބުނީ މެޓިސްގެ ދަތުރަކީ އެމެރިކާގެ އާ ސަރުކާރުން އޭޝިއާގެ ދިފާއީ ކަންކަމަށް ދޭ ސަމާލުކަން އިތުރުކޮށްދޭ ރަމްޒެއް ކަމަށެވެ. އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ސައުތު ކޮރެއާ އާއި ޖަޕާނުގައި ތިބެ އެވެ. ސައުތު ކޮރެއާގައި ތިބޭ އެމެރިކާގެ 28،500 ސިފައިންނަށް ސޯލް އިން އަހަރަކު 900 މިލިއަން ޑޮލަރު ހޭދަކުރެ އެވެ. ޖަޕާނުގައި އެމެރިކާގެ 50،000 ސިފައިން ތިބެ އެވެ. ޖަޕާނުގައި ސިފައިން ބޭނުންކުރާ މަރުކަޒުތަކަށް މިދިޔަ އަހަރު ވޮޝިންޓަނުން ވަނީ 5.5 ބިލިއަން ޑޮލަރު ދައްކައިފަ އެވެ. ޖަޕާނުން ވަނީ ހަތަރު ބިލިއަން ޑޮލަރު އެމެރިކާ ސިފައިންނަށް ހޭދަކޮށްފަ އެވެ.
މި އަހަރު ފަހުކޮޅު ސައުތު ކޮރެއާގައި އެމެރިކާގެ މިސައިލް ޑިފެންސް ސިސްޓަމެއް ގާއިމްކޮށްދޭނެ ކަމަށް މެޓިސް ވިދާޅުވި އެވެ. ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ ސައުތު ކޮރެއާގައި މިސައިލް ޑިފެންސް ސިސްޓަމެއް ގާއިމް ކުރުމަށް އެއްބަސްވެފަ އެވެ.
ނޯތު ކޮރެއާ އިން ކުރަމުންގެންދާ މިސައިލް ޓެސްޓްތަކާއި އެ ގައުމުން ދޭ ވަރުގެ ބަހުގެ ހަމަލާތަކުގެ ސަބަބުން ސައުތު ކޮރެއާގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު ފަހުކޮޅު ނޯތު ކޮރެއާ އިން ވަނީ ފަސް ވަނަ ނިއުކްލިއާ ޓެސްޓެއް ކޮށްފަ އެވެ. އަދި އެމެރިކާ އަށް ނިއުކްލިއާ ހަމަލާއެއް ދެވޭވަރުގެ ގާބިލްކަން ލިބިގެންވާ ކަމަށް ނޯތު ކޮރެއާ އިން ބުނެފައިވެ އެވެ.
ދެކުނު ކޮރެއާ އާއި އެމެރިކާ ނިއުކްލިއާ އެއްބަސްވުމެއް
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
އުތުރު ކޮރެއާއިން އަނެއްކާ މިސައިލްތަކެއް އަޖުމަބަލައިފި
އުތުރު ކޮރެއާ ހުއްޓުވައިދިނުމަށް ޗައިނާގައި އެދިއްޖެ
ނިއުކްލިއަ ހަމަލާއެއްގެ އިންޒާރު އުތުރު ކޮރެއާއިން ދީފި
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ތަމްރީންތަކެއް
އުތުރު ކޮރެއާ އިން ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފި
ނިއުކްލިއާ ރައްދެއް ދިނުމުގެ ތަމްރީންތަކެއް ބާއްވައިފި
އުތުރު ކޮރެއާ އިން މިސައިލެއްގެ އަޖުމަބަލައިފި
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޖަޕާނު ކައިރިއަށް