Roadha Mihaaru
އުތުރު ކޮރެއާ ހުއްޓުވައިދިނުމަށް ޗައިނާގައި އެދިއްޖެ

އުތުރު ކޮރެއާގެ ހަތިޔާރު މަޝްރޫއު ހުއްޓުވައިދިނުމަށް ޗައިނާގައި އެދިއްޖެ

20 ޑިސެމްބަރ 2017

އުތުރު ކޮރެއާގެ ހަތިޔާރު މަޝްރޫއު ހުއްޓުވައިދިނުމަށް އިތުރު މަސައްކަތް ކޮށްދިނުމަށް، ޖަޕާނާއި ދެކުނު ކޮރެއާ އިން ޗައިނާގައި އެދިއްޖެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

އުތުރު ކޮރެއާގެ ހަތިޔާރު މަޝްރޫއު ހުއްޓުވައިދިނުމަށް އިތުރު މަސައްކަތް ކޮށްދިނުމަށް، ޖަޕާނާއި ދެކުނު ކޮރެއާ އިން ޗައިނާގައި އެދިއްޖެ އެވެ.

އެމެރިކާގެ އެކުވެރި ދެ ގައުމު ކަމަށްވާ ޖަޕާނާއި ދެކުނު ކޮރެއާ އިން، ޗައިނާ ސަރުކާރުގައި އެކަމަށް އެދުނީ، އުތުރު ކޮރެއާ އިން ދާދި ފަހުން ބެލެސްޓިކް މިސައިލްތަކެއްގެ އަޖުމަ ބަލާފައި ވަނިކޮށެވެ. އުތުރު ކޮރެއާ އިން ފަށާފައިވާ ނިއުކްލިއާ ހަތިޔާރުގެ މަޝްރޫއާއި މިސައިލް ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓައިލުމަށް އެމެރިކާ އިން ދަނީ އެކި ގޮތްގޮތުން އުތުރު ކޮރެއާ އަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

އުތުރު ކޮރެއާ އިން މި މަހުގެ ތެރޭގައި ވެސް ވަނީ، ދުރު ރާސްތާގެ ބެލެސްޓިކް މިސައިލެއްގެ އަޖުމަ ބަލައިފަ އެވެ. އެއީ ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިގެންވާ އަދި އުތުރު ކޮރެއާ އިން އެމެރިކާއާ ހަމައަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. އުތުރު ކޮރެއާގެ އެންމެ ގާތް އެކުވެރިއަކީ ޗައިނާ އެވެ.

"އަހަރެމެންނަށް އެއްބަސް ވެވޭ ގޮތުގައި އުތުރު ކޮރެއާގެ ހަތިޔާރު މަޝްރޫއު ހުއްޓުވުމަށް މިހާރަށް ވުރެ ފުޅާ ދައުރެއް އަދާކޮށްދިނުމަށް މި ދަނޑިވަޅުގައި ޗައިނާގައި އެދުމަކީ ވަރަށް މުހިންމު ކަމެއް،" ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރު ކަންގް ކްޔުންގް-ވާ އާ ބައްދަލު ކުރެއްވުމަށް ފަހު ޖަޕާންގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނޯ ވިދާޅުވި އެވެ.

ކޯނޯ ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކުގައި އުތުރު ކޮރެޔާއާ ގުޅޭ ގޮތުން ބަޔާންކޮށްފައި ހުރި ކަންކަމަށް ޗައިނާ ހުރުމަތްތެރިކޮށް ހިތާ ކަމަށާއި ނަމަވެސް މިހާރަށް ވުރެ ބޮޑަށް އުތުރު ކޮރެއާ އަށް ފިއްތުންތައް ކުރިމަތިކޮށްގެން ހަތިޔާރު މަޝްރޫއު ވެސް ހުއްޓުމަކަށް ގެނެވިދާނެ ކަމަށެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާ އާއި ޖަޕާން ސުންނާފަތި ކޮށްލާނެ ކަމަށް، އުތުރު ކޮރެއާ އިން ވަނީ ތަކުރާރުކޮށް އިންޒާރު ކޮށްފަ އެވެ. އަދި އުތުރު ކޮރެއާ އިން އަޖުމަބެލި ބައެއް މިސައިލްތައް ފޮނުވާލާފައިވަނީ ޖަޕާނުގެ މަތިންނެވެ.

ޗައިނާ އިން ބުނާ ގޮތުގައި އުތުރު ކޮރެއާގެ މައްސަލަ ހައްލު ކުރުމަށްޓަކައި ދެ ފަރާތުގެ މެދުގައި ވާހަކަތައް ފެށުމަކީ މުހިންމު ކަމެކެވެ. އުތުރު ކޮރެއާ އިން ހަތިޔާރުގެ މަޝްރޫއުތައް ކުރިއަށް ގެންދާތީ، އެކަމަށް ފައިސާ ބޭނުންވާ ފައިސާ ހޯދުން ދަތިކުރުމުގެ ގޮތުން އެމެރިކާ އިން ވަނީ އުތުރު ކޮރެއާއާ އެކު ވިޔަފާރީގެ ގުޅުންތައް ނުހިންގުމަށް ޗައިނާ އަށާއި އެހެން ބައެއް ގައުމުތަކަށް ވެސް ގޮވާލައިފަ އެވެ.

ނަމަވެސް އުތުރު ކޮރެއާ އިން ބުނާ ގޮތުގައި އެމެރިކާގެ އުދުވާންތަކުން އުތުރު ކޮރެއާ ދިފާއު ކުރުމަށްޓަކައި ވަރުގަދަ އަސްކަރީ މަޝްރޫއެއް ވަރަށް މުހިންމެވެ. އަދި އެމެރިކާ އިން ދެކުނު ކޮރެއާ އާއި ޖަޕާނާ ގުޅިގެން ހިންގާ އަސްކަރީ ތަމްރީންތަކަކީ އެމެރިކާ އިން އުތުރު ކޮރެއާ އަށް އަރައިގަތުމުގެ ފެށުން ކަމަށް ވެސް އުތުރު ކޮރެއާ އިން ބުނެ އެވެ. އެމެރިކާ އިން ދެކުނު ކޮރެއާގައި ހަދާފައިވާ އަސްކަރީ މަރުކަޒުގައި މިހާރު ވެސް އެމެރިކާ ސިފައިންގެ 28،500 މީހުން އެބަތިއްބެވެ.

ޗައިނާ އާއި ރަޝިޔާ އިން ބުނާ ގޮތުގައި އުތުރު ކޮރެއާގެ ހަތިޔާރު މަޝްރޫއު ހުއްޓައިލުމަށްޓަކައި، އެމެރިކާ އިން ދެކުނު ކޮރެއާ އާއި ޖަޕާނާ އެކުގައި ބާއްވަމުން އަންނަ އަސްކަރީ ތަމްރީންތައް ހުއްޓައިލަން ޖެހެ އެވެ.