Roadha Mihaaru
ވިރާޓް ކޯލީގެ ބަޔޮޕިކްގައި އޭނާގެ ރޯލަށް ރާމް ޗަރަން؟

ވިރާޓް ކޯލީގެ ބަޔޮޕިކްގައި އޭނާގެ ރޯލަށް ރާމް ޗަރަން؟

10 ސެޕްޓެމްބަރ 2023

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީގެ ބަޔޮޕިކް ފިލްމުގައި އޭނާގެ ރޯލު ކުޅުމުގެ ފުރުސަތު، ދެކުނު އިންޑިއާ ސިނަމާގައި މަޝްހޫރު އެކްޓަރު ރާމް ޗަރަން އަށް ލިބިއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން އިވެންޓެއްގައި ރާމް ޗަރަން ވަނީ ސްޕޯޓްސް ޑްރާމާ ފިލްމެއްގައި އޭނާ މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އެ ފިލްމުގައި ވިރާޓްގެ ރޯލު ކުޅެން ބޭނުންވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނީ ރާމް ޗަރަން އަށް މިހާރު އެ ރޯލު ވަނީ ހުށަހަޅާފައި ކަމަށެވެ. ނަމަވެސް، އެ ފިލްމުގެ މަސައްކަތް ފަށަން އަދި ދުވަސްތަކެއް ނަގާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

މި ހަބަރު އޭނާގެ ޓީމުން އަދި ކަށަވަރު ނުކޮށްދެ އެވެ.

ރާމް ޗަރަން އެންމެފަހުން ފެނުނީ މިދިޔަ އަހަރު ނުކުތް، އޮސްކާ އެވޯޑު ހޯދާފައިވާ ފިލްމު "އާރުއާރުއާރު"ގެ ލީޑު ރޯލަކުންނެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ސިޔާސީ ފިލްމެއް ކަމަށްވާ "ގޭމް ޗޭންޖާ"ގަ އެވެ. އެ ފިލްމު ރިލީޒްކުރާ ދުވަހެ އަދި ނޭނގެ އެވެ.