ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތުގެ އާ ފިލްމު "އިމަޖެންސީ"ގެ ބައެއް މަންޒަރުތައް ކަނޑަން އިންޑިއާގެ ސެންސަރު ބޯޑުން އަންގައިފި އެވެ.
ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތުގެ އާ ފިލްމު "އިމަޖެންސީ"ގެ ބައެއް މަންޒަރުތައް ކަނޑަން އިންޑިއާގެ ސެންސަރު ބޯޑުން އަންގައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް އެ ފިލްމު ސެންސަރު ބޯޑުން ފާސްނުކޮށްދީގެން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ.
އިންޑިއާގެ ނޫސްތަކުން އިއްޔެ ބުނި ގޮތުގައި، އެ ފިލްމުގެ ބައެއް މަންޒަރުތައް ކެނޑުމަށާއި ބައެއް މަންޒަރުތަކަށް ޑިސްކްލެއިމާ އެރުވުމަށް އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) މިހާރު ވަނީ ކަންގަނާގެ ޕްރޮޑަކްޝަން ހައުސަށް އަންގައިފަ އެވެ. ނަމަވެސް، އެއީ ކިތައް މަންޒަރު ކަމެއް އަދި ސާފެއް ނުވެ އެވެ.
ސީބީއެފްސީން އެ ފިލްމަށް ދީފައި ވަނީ ޔޫ/އޭ ސެޓްފިކެޓެއް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ޔޫ/އޭ ސެޓްފިކެޓްގެ މާނައަކީ 12 އަހަރުން ދަށުގެ ކުދިން އެ ފިލްމު ބަލަންވާނީ ބެލެނިވެރިއެއްގެ ހާޒިރުގަ އެވެ.
އެ ފިލްމު ފާސްކުރަން ސެންސަރު ބޯޑަށް ފޮނުވީ މިދިޔަ ޖުލައި މަހުގެ އަށެއްގަ އެވެ. ނަމަވެސް، އެކި ސަބަބުތަކާ ހެދި ފިލްމު ފާސްނުކޮށްދީ ލަސްވީ އެވެ.
"އިމަޖެންސީ" ފާސްނުކޮށްދީ ލަސްކުރި އެއް ސަބަބު ކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެ ފިލްމުގައި އިންޑިއާގެ ސިކް ކޮމިއުނިޓީ ނުބައި ނަޒަރަކުން ދައްކާ ކަމަށް ބުނާ މަންޒަރުތަކެއް ހުރުމެވެ. ސިކް ކޮމިއުނިޓީގެ ބައެއް ޖަމިއްޔާތަކުން ވަނީ މި ފިލްމު މަނާކުރަން ވެސް ގޮވާލައިފަ އެވެ.
މި ފިލްމު އެ ޝަހުސިއްޔަތަކަށް ބިނާކޮށް ގެނެސްދޭ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ އަވަހާރަކޮށްލުމުގެ ފަހަތުގައި ތިބީ އެކަމަނާގެ އަރިހުގައި ގެންގުޅުއްވި ސިކް ބޮޑީގާޑުންނެވެ. އެހެންވެ، ސިކް ކޮމިއުނިޓީގައި މި ފިލްމާ ދެކޮޅު އަޑުތައް ވަނީ ގަދަވެފަ އެވެ.
"އިމަޖެންސީ" އަކީ އިންދިރާގެ ދައުރުގައި ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހެދި ފިލްމެކެވެ. އެ ފިލްމުގައި އިންދިރާގެ ރޯލު ކުޅެނީ ވެސް ކަންގަނާ އެވެ. އިންދިރާއަކީ އިންޑިއާގެ ސިޔާސީ މައިދާނުގައި އާންމުންގެ މެދުގައި ހިޔާލު ދެކަފިވެފައިވާ ޝަހުސިއްޔަތަކެވެ. އޭނާއަށް ނަފުރަތު ކުރާ ގިނަ ބަޔަކު ވެސް އުޅެ އެވެ.
މި ފިލްމު ޑައިރެކްޓުކުރީ ވެސް ކަންގަނާ އަމިއްލައަށެވެ.
ކަންގަނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، މަނިކަރްނިކާ ފިލްމްސްއިން ޕްރޮޑިއުސްކުރި މި ފިލްމުގެ އިތުރު މުހިންމު ރޯލުތައް ކުޅުނީ އަނޫޕަމް ކޭރް، މަހީމާ ޗައުދަރީ، މިލިންދު ސޯމަން، ޝްރެޔަސް ތަލްޕަޅޭ އަދި ސަތީޝް ކޯޝިކް އެވެ.
މި ފިލްމު ދެން އަޅުވާނެ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.
ފިލްމު ފާސްކޮށްނުދީގެން ކަންގަނާގެ ފިލްމު ފަސްކުރަނީ
ކަންގަނާގެ ފިލްމާއި "އޮޕެންހައިމާ" އަޅާކިޔޭނެ
ކަންގަނާގެ "އެމަޖެންސީ" އަންނަ މަހު 6ގައި އަޅުވަނީ
މަދުބާލާގެ ހަޔާތަށް ފިލްމެއް ހަދަނީ
ވިކީގެ އާ ފިލްމުގެ ޓްރެއިލާ ނެރެފި
ކަންގަނާގެ ފިލްމުތައް ފުލުފުލުގައި ފުލޮޕްވެއްޖެ
ކަންގަނާގެ "އިމަޖެންސީ" ލަސްވެއްޖެ
ފިލްމަށް ޖަޔަލަލީތާ ބޭނުންވީ އައިޝްވާރިއާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކަންގަނާގެ "ދާކަޅް" މި އަހަރަކު ނާންނާނެ