24 އެޕްރީލް 2020
ކޮރޯނާވައިރަހާ ހެދި ބޮލީވުޑްގެ މި އަހަރުގެ ފިލްމީ ކަލަންޑަރު އޮޅުންބޮޅުންވެފައިވާތީ، ނޮވެންބަރުގައި ފާހަގަކުރާ މި އަހަރުގެ ދިވާލީ ފެސްޓިވަލްގައި ކަންގަނާ ރަނާވަތުގެ އެކްޝަން ފިލްމު "ދާކަޅް" ސިނަމާތަކަށް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ސޮހައިލް މަޚްލާއީ ބުނެފި އެވެ.
ކޮރޯނާވައިރަހާ ހެދި ބޮލީވުޑްގެ މި އަހަރުގެ ފިލްމީ ކަލަންޑަރު އޮޅުންބޮޅުންވެފައިވާތީ، ނޮވެންބަރުގައި ފާހަގަކުރާ މި އަހަރުގެ ދިވާލީ ފެސްޓިވަލްގައި ކަންގަނާ ރަނާވަތުގެ އެކްޝަން ފިލްމު "ދާކަޅް" ސިނަމާތަކަށް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ސޮހައިލް މަޚްލާއީ ބުނެފި އެވެ.
"އޯރް ޕިޔާރު ހޯ ގަޔާ" އާއި "ދަސް" އަދި "ކޭޝް" ފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރު ބޮލީވުޑް ހަންގާމާ އަށް ބުނީ ކުރިން ރާވާފައި އޮތީ ފިލްމުގެ ޝޫޓިން ޖުލައި މަހުގެ ތެރޭގައި ފަށަން ކަމަށެވެ. ނަމަވެސް ކޮރޯނާވައިރަހާ އެކު އިންޑިއާ ލޮކްޑައުނެއްގައި އޮތުމާއި މިކަމުން މިންޖުވެ، ފިލްމީ މަސައްކަތްތައް ވެސް އަލުން ފެށޭނެ އިރެއް ނޭނގޭތީ "ދާކަޅް" ގެ ޝޫޓިން ފެށޭނެ އިރެއް މި ވަގުތު އަންދާޒާކުރަން ވެސް ދަތި ކަމަށެވެ.
"އޭގެ މާނަ އަކީ ޖުލައިތެރޭގައި ޝޫޓިން ނުފެށޭ ކަމަށް ވަންޏާ ދިވާލީގައި ފިލްމު ސިނަމާތަކަށް ގެނައުމުގެ ފުރުސަތު ވަރަށް ކުޑައޭ. އެހެންވީމަ ފިލްމު މި އަހަރު ރިލީޒްކުރެވޭނެ ކަމަކަށް ވެސް ނުބެލެވޭ،" އޭނާ ބުންޏެވެ.
"ދާކަޅް" އަކީ ރަޒްނީޒް (ރާޒީ) ގާއީ ޑައިރެކްޓްކުރާ ފިލްމެކެވެ. ދިވާލީގައި ފިލްމު ރިލީޒްކުރާނެ ކަމަށް ބުނެ މީގެ ޕޯސްޓަރަކާއި ޓީޒާއެއް ވެސް ކުރިން ވަނީ ދައްކާލައިފަ އެވެ.
ސުހައިލް ބުނިގޮތުގައި "ދާކަޅް" އަކީ ކަންގަނާގެ ވަރަށް ތަފާތު ރޯލެއް ފެނިގެންދާނެ ފިލްމެއް ކަމަށާއި އޭގެ ސްކްރިޕްޓް ވެސް ލިޔުނީ ސީދާ އޭނާ އަށް ބިނާކޮށްގެން ކަމަށެވެ. އެހެންވެ މި ފިލްމަކީ ބެލުންތެރިންނަށް ވީހާ ވެސް އަވަހަށް ގެނެސްދޭން ބޭނުންވާ ފިލްމެއް ކަމަށް ބުންޏެވެ.
"ރާޒީ ވެސް ހުރީ މި ޕްރޮޖެކްޓާ ދޭތެރޭ ވަރަށް އުފަލުން. އަހަރެން ގަބޫލުކުރަނީ ފިލްމުގެ މަސައްކަތް ފަށާނެ ރަނގަޅު ދަނޑިވަޅެއް އޭނަ ހޯދައި، ބެލުންތެރިންނަށް ވަރަށް ފުރިހަމަ ފިލްމެއް ގެނެސްދޭނެ ކަމަށް،" ސުހައިލް ބުންޏެވެ.
"ދާކަޅް" ގެ ރޯލަކުން ކަންގަނާއާ އެކު ތައްބޫ އާއި މިމޯ ޗަކްރަބަތީގެ އިތުރުން މަނޯޖް ތިވާރީ ވެސް ފެނިގެންދާނެ އެވެ.
ޖެނުއަރީގައި ރިލީޒްކުރި "ޕަންގާ" އަށް ފަހު، ދެން އެންމެ އަވަހަށް ސިނަމާތަކަށް ގެންނަން އޮތް ކަންގަނާގެ ފިލްމަކީ ޖޫން 26 އަށް ތާވަލުކޮށްފައި އޮތް "ތަލައިވީ" އެވެ.
ބޮލީވުޑުން ބޮޑު ތިން ޓްރެއިލާއެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ރިތިކް އާއި ދިޕީކާގެ "ފައިޓާ"ގެ ޓީޒާ ނެރެފި
ކަންގަނާގެ ފިލްމުތައް ފުލުފުލުގައި ފުލޮޕްވެއްޖެ
ތާޕްސީ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމުގެ ޓްރެއިލާ ނެރެފި
ދާކަޑްގެ ޓްރެއިލާ ޕޯސްޓްކުރުމުން އަމީތާބަށް އިންޒާރެއް
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
"އާރްއާރްއާރް" ގެ ޓީޒާއަކުން ފިލްމުގެ ވަރުގަދަ ކަން
އަހާން ނެރޭ ފިލްމުގެ ޓްރެއިލާ ދައްކާލައިިފި
އަޝުތޯޝް އާއި ފަރުހާންގެ "ޕުކާރް" އަށް ރަކުލް