17 މާޗް 2024
ބޮލީވުޑްގެ ބްލެކް އެންޑް ވައިޓް ފިލްމުތަކުގެ ޒަމާނުގައި، ފަންސާހުގެ އަހަރުތަކުގައި ވިދާލި އެކްޓްރެސް މަދުބާލާގެ ހަޔާތަށް ފިލްމެއް ހަދަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ ބްލެކް އެންޑް ވައިޓް ފިލްމުތަކުގެ ޒަމާނުގައި، ފަންސާހުގެ އަހަރުތަކުގައި ވިދާލި އެކްޓްރެސް މަދުބާލާގެ ހަޔާތަށް ފިލްމެއް ހަދަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
މި ފިލްމު އުފައްދަނީ ސޮނީ ޕިކްޗާސް އިންޓަނޭޝަނަލް ޕްރޮޑަކްޝަންސް އިންނެވެ. އެ ޕްރޮޑަކްޝަނުން މި ފިލްމު އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މަދުބާލާގެ ހަޔާތަށް ހަދާ މި ފިލްމުގައި އޭނާގެ ދިރިއުޅުމާއި ފިލްމީ ދާއިރާގައި އޭނާއަށް މަޝްހޫރުކަން ލިބި ކުރިއަރައިގެން ދިޔަ ގޮތް ދައްކާނެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ އާލިއާ ބަޓްގެ "ޑާލިންގްސް" ގެނެސްދިން ޖަސްމީތު ކޭ ރީން އެވެ. އަދި މި ފިލްމުގެ ސްކްރިޕްޓް ވެސް ލިޔަނީ އޭނާ އެވެ.
ރިޕޯޓްތައް ބުނީ މި ފިލްމުގައި މަދުބާލާގެ ރޯލު ކުޅޭނެ އެކްޓްރެސްއެއް އަދި ހަމަނުޖައްސާ ކަމަށެވެ. ނަމަވެސް، އެ ރޯލަށް އެކްޓްރެސް ހޯދުމަށް އޮޑިޝަންތައް ކުރިއަށް ގެންދާ ކަމަށް ބުންޏެވެ.
މި ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި މަދުބާލާގެ ކޮއްކޮ މަދުރް ބްރިޖް ބުޝަން ވެސް ހިމެނެ އެވެ.
މަދުބާލާ ނުވަތަ އޭނާގެ އަސްލު ނަމުން ނަމަ، މުމްތާޒް ޖެހާން ބޭގަމް ދެލާވީ އަކީ އިންޑިއާ ސިނަމާގެ ރަން އަހަރުތަކުގެ ގޮތުގައި ފާހަގަކުރާ 1940-1960 އާ ދެމެދުގެ އަހަރުތަކުގައި އެންމެ މަޝްހޫރުވި އެކްޓްރެސް އެވެ. މަދުބާލާގެ ރީތިކަމާއި މޮޅު އެކްޓިންނާއި ހުނަރުން ގިނަ ބަޔަކު އޭނާގެ ޖާދޫގައި ޖެއްސި އެވެ.
އޭނާގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މުގަލް އޭ އާޒަމް" އާއި "ޗަލްތީ ކާ ނާމް ގާޑީ" އާއި "މަހަލް" އަދި "ބަރްސާތު ކީ ރާތު" ހިމެނެ އެވެ.
އުމުރުން އެންމެ 36 އަހަރުގައި 1969 ވަނަ އަހަރު މަދުބާލާ މަރުވީ ސިއްހީ އެކި މައްސަލަތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހުގަ އެވެ.
ކަންގަނާގެ ފިލްމުން މަންޒަރުތަކެއް ކަނޑަން އަންގައިފި
ވިކީގެ އާ ފިލްމުގެ ޓްރެއިލާ ނެރެފި
"ބޫލް ބުލައްޔާ"ގެ ލަވަ ދިލްޖީތާއި ޕިޓްބުލްގެ އަޑުން
"ސްތުރީ 2"ގެ މަންޒަރެއް ކޮޕީ ކުރި މައްސަލައެއް
"ބޭބީ ޖޯން"ގެ ފުރަތަމަ ފެނިލުން
އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް
ފިލްމެއްގެ ޝޫޓިންގައި އިމްރާން ހާޝްމީއަށް އަނިޔާވެއްޖެ
ފަވާދު އެނބުރި ބޮލީވުޑަށް އަންނަ ފިލްމުގެ ފަސްޓް ލުކް
ސަލްމާންގެ "ކިކް 2" އިއުލާންކޮށްފި
ކާޖޮލް އާއި ކްރިތީގެ "ދޯ ޕައްތީ" އަންނަ މަހު