05 ސެޕްޓެމްބަރ 2023
ޕީއެންސީ އަށް ވެރިކަން ލިބިއްޖެ ނަމަ ވަޒީފާ އިން ވަކިކުރާނެ ކަމަށް ބުނެ އެމްޑީޕީގެ ބައެއް އިސްވެރިން ވާހަކަ ދައްކަވާއިރު، އެ ބިރުވެރިކަން މި ސަރުކާރުގައި މާ ބޮޑު ކަމަށް ވިދާޅުވެ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ރައްދު ދެއްވައިފި އެވެ.
ޕީއެންސީ އަށް ވެރިކަން ލިބިއްޖެ ނަމަ ވަޒީފާ އިން ވަކިކުރާނެ ކަމަށް ބުނެ އެމްޑީޕީގެ ބައެއް އިސްވެރިން ވާހަކަ ދައްކަވާއިރު، އެ ބިރުވެރިކަން މި ސަރުކާރުގައި މާ ބޮޑު ކަމަށް ވިދާޅުވެ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ރައްދު ދެއްވައިފި އެވެ.
އޭނާ އެ ކަމަށް ރައްދު ދެއްވީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާނުގެ ކެމްޕެއިނަށް ކ. ތުލުސްދޫގައި ވާހަކަ ދައްކަވަމުންނެވެ.
"މުޅިން ބިރު ދެއްކުން މި އޮންނަނީ. ރަށަކަށް ވަޑައިގެން އަޅުގަނޑުމެންނާ ސަލާން ކުރަން ސަފަށް އަރަން ވެސް ބިރުގަނޭ އެބަ ވަޒީފާތަކުގައި ތިބި ކުދިން. އެ ކުދިންގެ ބެލެނިވެރިން އެބަ ބިރުގަނޭ. ދުރު ތަނެއްގައި ތިބޭ އެބަ މެނޭޖަރު ބަލަން އެ ކުދިން ސަލާން ކުރަން ދޭތޯ،" މި ކެމްޕެއިންގެ ތެރޭގައި ސަރުކާރާއި އެމްޑީޕީން ބިރު ދެއްކުން އޮތް ވަރު ހާމަކޮށްދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.
"މި ބިރުވެރިކަމުގައި އަޅުގަނޑުމެން ތާއަބަދު ތިބޭނީތޯ؟."
މުއިއްޒު ވިދާޅުވީ، އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ ސިޔާސީ މަގާމެއް ނޫން ވަޒީފާއެއްގައި ހުރި މީހަކު ވަކި ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު މިރޭ ދެއްކެވި ވާހަކައިގައި ވިދާޅުވީ، މި އިންތިހާބުގައި ދެ ވަނަ ބުރަކަށް ނުގޮސް އޭނާ އަށް ކާމިޔާބު ކުރެއްވޭނެ ކަމާ މެދު އެއްވެސް ވަރަކަށް ޝައްކު ނުކުރައްވާ ކަމަށެވެ.
ފާއިތުވީ ތިން ހަފުތާއެއްހާ ދުވަހު އަތޮޅުތެރެ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ފަހު މަންޒިލް ތުލުސްދޫގައި ބޭއްވި ބޮޑު ޖަލްސާގައި އޭނާ ވިދާޅުވި ގޮތުގައި، ލިބިވަޑައިގެންނެވި މަދު ވަގުތުކޮޅުގައި ގިނަ ރަށްތަކަކަށް ޒިޔާރަތް ކުރެއްވުނެވެ. ވިދާޅުވީ، ވަޑައިނުގެންނެވުނު ރަށްރަށަށް ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.
ކެމްޕެއިން ކުރިއަށް ގެންދަނީ ވަރަށް ޖޯޝާއި ފޯރީގައި ކަން ފާހަގަކުރައްވަމުން މުއިއްޒު ވަނީ، ސަޕޯޓަރުންގެ ތާއީދަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެކަމަކު، އިންތިހާބާ ދެމެދު ކުރިއަށް އޮތް ތިން ދުވަހު ކާމިޔާބީ ހޯދުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރުމަށް އެދިވަޑައިގެންނެވި އެވެ.
ހޮނިހިރު ދުވަހު ވޯޓުގައި އަޅުގަނޑުމެންނަށް އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމާމެ ދު ޝައްކެއް ނުކުރަން --- މުއިއްޒު
"މިއަދު މި ގައުމު އޮތް ހާލަތުން ސަލާމަތް ކުރުމަށްޓަކައި ހުރިހާ ރައްޔިތުން ތެދުވެވަޑައިގެން ސެޕްޓެމްބަރު 9 ހޮނިހިރު ދުވަހު ވޯޓުގައި އަޅުގަނޑުމެންނަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމާ މެދު ޝައްކެއް ނުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ތުލުސްދޫގައި މިރޭ ބޭއްވި ޖަލްސާގައި: ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި މުއިއްޒު ވަނީ ވަރަށް ފޯރީގައި މި ސަރުކާރަށް ފާޑުވިދާޅުވެފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތަރައްގީގެ މަޝްރޫތަކަށް ވުރެ، ގައުމުގެ މިނިވަންކަމަށްޓަކައި ވޯޓު ދިނުން މުހިންމު ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައި، މުއިއްޒު ވަނީ މިރޭ ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ވިދާޅުވެފަ އެވެ. ވިދާޅުވީ، ދިވެހިންނާއި ގައުމުގެ މިނިވަންކަމަކީ "ކުޅޭކުޅޭ އެއްޗަކަށް" ހަދައިގެން ނުވާނެ ކަމަށާއި އެއީ އެ އަށް ވުރެ މާ މުހިންމު އެއްޗެއް ކަމަށެވެ.
އޭނާގެ ވެރިކަމެއްގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން އުޅޭ ކަމަށް ބުނެ އިދިކޮޅުން ވާހަކަ ދެއްކިޔަސް، މި ސަރުކާރުން ސޮއި ކޮށްފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންވާ ގޮތަށް މާ އަވަހަށް މަޝްރޫއުތައް ނިންމައިދޭނެ އެވެ.
އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މިސާލު ނަންގަވައި މުއިއްޒު ވިދާޅުވީ، އެ މަސައްކަތް ނުހުއްޓުވައި މި ސަރުކާރުން މިހާރު ރާވާފައިވާ ގޮތަށް ވުރެ ވެސް ރަނގަޅުކޮށް، ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ، އޭގެ މާނައަކީ މިނިވަންކަން ކޮމްޕްރޮމައިޒް ވާ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކަށް އަމަލުކުރުން ނޫން ކަމަށާއި އެގޮތަށް ހުރި ކަންކަމަށް ބަދަލު ގެންނާނެ ކަމަށެވެ.
"އެހެންވީމާ އަބަދާއިއަބަދު މައިކެއް ކައިރިއަށް ވަޑައިގެންނެވުނީމާ އެއްވެސް ބޭފުޅަކު އަޅުގަނޑުމެންނާ މެދު ޝައްކު ކުރައްވާނެ ކަމެއް ނެތް. ރައްޔިތުން ގަބޫލު ކުރާނީ އަޅުގަނޑުމެން ދައްކާ ވާހަކަ،" މި ސަރުކާރުގެ އިސްވެރިން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިންތިހާބަށް ދެ ދުވަހަށް ވީމާ ސަރުކާރުން ބޮޑެތި މަޝްރޫއުތައް ފަށައި ރަށްރަށަށް ހައިމާކު ފޮނުވައިގެން "ކަޑަ" ޖެހިޔަސް ދިވެހިން ގުނބޯ ނުހެއްދޭނެ ކަމަށެވެ. ވިދާޅުވީ، ދިވެހިންނަކީ އެ އަށް ވުރެ ވިސްނޭ، އިލްމު ލިބިގެން ތިބި ބައެއް ކަމަށެވެ.
އަޅުގަނޑުމެން ފައިސާ ޗާޕްކުރުން ހުއްޓާލާނަން: މުއިއްޒު
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
ފަހަރަކު ކަމެއް ނިންމަމުން ގޮސް ރާއްޖޭގެ ވެރިކަމަށް!