04 ސެޕްޓެމްބަރ 2023
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށާއި އެ ނޫން ނަމަ ވޯޓު ބާތިލްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށާއި އެ ނޫން ނަމަ ވޯޓު ބާތިލްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްލާއިލް ހަބީބް ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލިދާނެ ހާލަތްތަކެއް އަތުވެދާނެ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް މައްސަލަތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ.
އިންތިހާބުގައި ދޭ ވޯޓަކީ ސިއްރު ވޯޓެއްކަން ކަށަވަރު ކުރަން ގާނޫނުއަސާސީ އާއި ގާނޫނުތަކުން އީސީ އަށް ލާޒިމްކުރާ ކަމަށާއި އެހެންކަމުން އިއްޔެ ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ބައެއް ނިންމުންތައް ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ.
ޕާޓީތަކުން ފާޅުކުރި ފުރަތަމަ ކަންބޮޑުވުމަކީ ވަކި ކުލައެއްގެ ގަލަމަކުން ކަރުދާހުގައި ފާހަގަ ޖެހުމަށް ރާވަމުން އަންނަ ކަމުގެ މައްސަލަތަކެއް ކަމަށް ހަބީބް ވިދާޅުވި އެވެ. ގާނޫނު އޮންނަ ގޮތުން ވޯޓުލާން ޖެހެނީ އާދައިގެ ގަލަމަކުން ކަމަށާއި އެހެންކަމުން އާދައިގެ ގަލަމަކީ ކޮބައިކަން އެ ކޮމިޝަނުން މާނަކޮށްފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ.
ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ނޫން ކަމަށްވަންޏާ އެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ: އީސީ
އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާފައި ވަނީ ވޯޓުލާ ދުވަހު ބޭނުންކުރެވޭނީ ކަޅު ނުވަތަ ނޫ ކުލައިގެ އާދައިގެ ގަލަމެއް ކަމަށާއި އެ ނޫން އެހެން އެއްވެސް ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަޖަހާފައިވާ ނަމަ އެ ވޯޓެއް ބާތިލް ކުރަން ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ.
"އަމިއްލަ ގަލަމެއް ހިފައިގެން އަންނަ މީހާގެ ގަލަން ޗެކްކުރާނެ އަޅުގަނޑުމެންގެ އޮފިޝަލުން. އެއީ ކޮން ކުލައެއްގެ ގަލަމެއްތޯ އެއީ އާދައިގެ ގަލަމެއްތޯ. އެގޮތަށް ޗެކް ކުރާއިރު އެއީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ނޫން ކަމަށްވަންޏާ އެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ،" ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވި ގޮތުގައި ވަކިވަކި މީހުންނަށް ވަކި ކުލައެއްގެ ގަލަމަކުން ފާހަގަ ކުރަން އަންގާ މައްސަލަ ފާހަގަވެފައި ވަނީ މި ފަހުން ބޭއްވި ބައި އިލެކްޝަންތަކުންނެވެ. އެ އިންތިހާބުތަކުގައި ބައެއް މީހުން އެގޮތަށް އަންގާފައިވާ ކަމުގެ މައްސަލަ ވޯޓުލާން އަންނަ ފަރާތްތަކުން ކޮމިޝަންގެ އޮފިޝަލުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވާހަކަ ދައްކަވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު
ހަބީބް ވިދާޅުވީ ދެވަނަ މައްސަލައެއް ގޮތުގައި ޕާޓީތަކުން ފާހަގަކުރެއްވީ އެއް ފާހަގައަށް ވުރެ ގިނަ ފާހަގަ ބައެއް މީހުން ޖަހާ ކަމަށާއި އެއީ ބައެއް ކަހަލަ މަޖުބޫރީ ހާލަތްތަކެއް އެ މީހުންނަށް ދިމާވެގެން އަމަލުކުރާ ގޮތެއް ކަމަށެވެ.
މީގެ ކުރިން އިންތިހާބުތަކުގައި އުމުރުން ދުވަސްވީ ބޭފުޅުންނަށް ކަރުދާހުގައި ފާހަގަލާއިރު ރަނގަޅު ނޫން ގޮތަކަށް ޖެހިއްޖެ ނަމަ ދެވަނަ ފަހަރަށް ރަނގަޅު ކޮށްލުމުގެ ގޮތުން އިތުރު ފާހަގައެއްލާ ކަމަށް ހަބީބް ވިދާޅުވި އެވެ.
އެފަދަ ހާލަތްތަކުގައި ވޯޓުލާ މީހާގެ ނިޔަތަކީ ރަނގަޅު ފާހަގައެއް ޖެހުން ކަމަށް ބަލަމުން އައި ކަމަށާއި ނަމަވެސް އެކަމުން ނާޖާއިޒް ފައިދާ ނަގާ ކަމަށްވާނަމަ އެ ފުރުސަތު ނުދެއްވާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
"އެހެންވެ އިއްޔެ ނިންމި ދެވަނަ ނިންމުމުގައި ނިންމާފައި މި އޮތީ ކޮންމެ މީހަކު ވެސް އެ މީހަކަށް ފެންނަ ކެންޑިޑޭޓުގެ ނަމާ ކައިރީ އެންމެ ފާހަގައެކޭ ޖެހޭނީ،" ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އަމަލު ކޮށްފައި ވަނީ ވޯޓުލާ މީހާ ބޫތު ކައިރިއަށް ދިޔުމުން އޮބްޒާވަރުންނަށް އޭނާގެ ކުރިމަތިން ފެންނަ ގޮތަށް ކަމަށެވެ.
ނަމަވެސް ފޮޓޯ ނެގުމާއި އަސްލު ކަރުދާސް ނަގައި އެހެން ކަރުދާހެއް ލުން ފަދަ ވާހަކަތަކެއް ގައުމީ ލަފާ ދޭ ކޮމިޓީގެ ފަރާތުން އަޑުއިވިގެން އެ ގޮތް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ. އެހެންވެ މި އިންތިހާބުގައި ހުރިހާ މަރުކަޒެއްގައި ވޯޓުލާ ބޫތު ހުންނާނީ ފާހަގަ ޖަހާ މީހާ ފަހަތުން ފެންނަ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފި
ހައްގެއް ހޯދަން 1،500 ސޮއި، އެއްލައްކަ ރުފިޔާ!؟
ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ބުދަ ދުވަހު
ޔާމީނަށް ވާދަކުރެވޭނެތޯ އީސީން މިއަދު ނިންމަނީ
ވިސްނުން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް، ހުރަހަކީ އީސީ!
ވޯޓުލެވޭ އާބާދީގައި ގިނައީ ޕާޓީތަކުގައި އުޅޭ މީހުން
އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި
ޕާޓީތަކަށް ދޭ ފައިސާ މަދުކުރާ ބިލް ބަލައިގެންފި
ގަވާއިދާހިލާފުވާ ޕާޓީތަކަށް އަޅާ ފިޔަވަޅު ވަރުގަދަކުރަނީ
އެމްއާރްއެމް އުވާލަން ދަރަންޏެއް އޮތްތޯ ބަލަނީ