މި ސަރުކާރަށް އަމަލީ ސިފަ ނުޖެއްސުނު، ތ. ވިލުފުށި އެއާޕޯޓް ތަރައްގީކޮށް ނިންމައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
03 ސެޕްޓެމްބަރ 2023
މި ސަރުކާރަށް އަމަލީ ސިފަ ނުޖެއްސުނު، ތ. ވިލުފުށި އެއާޕޯޓް ތަރައްގީކޮށް ނިންމައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ނުކުންނަވާފައިވާ މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ، އިގްތިސޯދީ ގޮތުންނާއި ދަތުރުފަތުރުގެ ގޮތުން ބަލާއިރު މި ރަށަށް އެންމެ ބޭނުން ޖެހިފައި އޮތް ކަމަކީ އެއާޕޯޓް ކަމަށެވެ. ނަމަވެސް މި ސަރުކާރަށް މިހާ ދުވަސް ވީއިރު އަމަލީ ސިފަ ޖައްސައި ނުދެވުނު ކަމަށާއި އެކަމަކު އެކަން ކޮށްދޭނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދެންނެވި ފަދައިން މިއީ ނަތީޖާ ނެރެދޭ މީހުން. އިހުލާސްތެރިކަމާ އެކުގައި އަޅުގަނޑުމެންގެ ފަރާތުން ފެންނާނީ އެ އެއާޕޯޓް އަޅައި ހަގީގަތަކަށް ހަދައިދޭ ތަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާއާ އެކު އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "ނަތީޖާ ނެރެދޭ" ޓީމެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ފުރުސަތެއް ދީފި ނަމަ މި ރަށުގެ ތަރައްގީ އަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިލުފުށީގައި: މި ރަށުގައި އެއާޕޯޓު އަޅައި ދައްކާނެ ކަމަށް މުއިއްޒު ވިދާޅުވި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެއާޕޯޓަށް ފަހު، ވިލުފުށީގެ މީހުންގެ އެންމެ ބޭނުންވާ ރަނގަޅު ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ވެސް އޭނާގެ ވެރިކަމެއްގައި އިމާރާތް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަބަދު އެ ހޮސްޕިޓަލް އަޅައި ބިން ބަދަލުކޮށްދޭ ތިބޭ ބަޔަކަށް އަޅުގަނޑުމެން ނުވާނަން. އެކަން ކޮށްފައި އަޅުގަނޑުމެން ދައްކާނަން،" މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމަށް ވީ އެ ދެ ވައުދު ނުފުދި އޮތުމާ ގުޅިގެން މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް ވަޑައިގެންނެވި ދުވަހު އިހުތިޖާޖު ކުރުމުގެ ގޮތުން އެއާޕޯޓު މޮޑެލަކާއި ހޮސްޕިޓަލު މޮޑެލެއް ބަނދަރު ސަރަހައްދުގައި ބަހައްޓައި، ރިބަން ކަނޑަން ތައްޔާރުކޮށްފައި ވެ އެވެ.
ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން، ވިލުފުށީ އެއާޕޯޓު ހެދުމަށް ބިން ހިއްކުމަށް މިދިޔަ މަހު ވަނީ ހަވާލުކޮށްފަ އެވެ.
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
ފަހަރަކު ކަމެއް ނިންމަމުން ގޮސް ރާއްޖޭގެ ވެރިކަމަށް!
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"