ހައި ރައިޒް އިންޓަނޭޝަނަލް އިން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް ލިވިން އެކްސްޕޯ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި އެވެ.
ހައި ރައިޒް އިންޓަނޭޝަނަލް އިން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް ލިވިން އެކްސްޕޯ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި އެވެ.
އެލައިޑް އިންޝުއަރެންސްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދެވެ. ހައި ރައިޒް އިން ސޮއިކުރެއްވީ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ޝާމިން އަލީ އެވެ.
މި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެލައިޑްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ، އެއީ އިސްލާމިކް ވިންޑޯގައި ހިމެނޭ ކާރިސާ ތަކަފުލް އާއި ހޯމް ތަކަފުލް ފަދަ ހިދުމަތްތައް ޕްރޮމޯޓް ކުރާނެ ވަރަށް ރަނގަޅު ޕްލެޓްފޯމަކަށް ވާނެ ކަމަށެވެ.
"ދާދި ފަހުން ތައާރަފްކުރި ކާރިސާ ތަކަފުލް އިން ވެސް ގޭތެރޭގައި ހިމެނޭ ހުންނަ މުދާ، ޓީވީ ދޮންނަ މެޝިން، އައިސް އަލަމާރި ފަދަ މިފަދަ އެއްޗެތި ކަވަރުކުރެވޭ 500 ނުވަތަ 400ރ. އަށް. އެހާ ހެޔޮ އަގުގައި އިންޝުއަ ކުރެވޭ. އިންޝުއަކޮށްފައި ވަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އެތަކެތި ކަވަރު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ނިއުޝާދު ވިދާޅުވީ އިންޝުއާކޮށްފައި ވަނިކޮށް އެޕާޓްމަންޓަށް އަލިފާނުގެ ހާދިސާއަކުން ލިބޭ ގެއްލުމަކާ ގުޅިގެން، ގެއިން ނުކުންނަން ޖެހިއްޖެ ނަމަ ތިން މަސްވަންދެން ކުލި ދައްކައިގެން އުޅެވޭނެ ގޮތް ހަމަޖައްސައިދޭ ކަމަށެވެ.
"މިކަހަލަ ޕްރޮޑަކްޓްތައް އެބަހުރި އަޅުގަނޑުމެން އަތުގައި އެތަނުގައި ފީޗާކުރަން. މިއީ ވަރަށް ރަނގަޅު ޕްލެޓް ފޯމެއް އަޅުގަނޑުމެންނަށް،" އޭނާ ވިދާޅުވި އެވެ.
މި މަހުގެ 16 އިން 18 އަށް ނެޝަނަލް އާޓް ގެލެރީގައި ބާއްވާ އެކްސްޕޯއާ ބެހޭ ގޮތުން ހައި ރައިޒްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ޝާމިން ވިދާޅުވީ އެ އެކްސްޕޯގައި އެލައިޑުން ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޗުއްޓީ މަންޒިލްތަކުގެ މައުލޫމާތު ވެކޭޝަން އެކްސްޕޯއިން
އެލައިޑުން މިސްކިތްތަކުގައި އިފްތާރު ޕެކުތައް ބަހަނީ
ފުޑް އެންޑް ބެވަރޭޖް ޝޯ ފަށައިފި
އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް ފަށައިފި
ފައިސާ ދައްކަން ޖެހޭ ހާލަތުގައި އާސަންދަ ލިބޭނެ
އެލައިޑުން ކޭޝްލެސް ސާވިސް އަލުން ފަށައިފި
އެލައިޑުގެ ސޭލްސްއަށް 28 ޕަސެންޓުގެ އިތުރުވުމެއް
ތިން ނަސީބުވެރިންނަށް އެލައިޑުގެ ތިން ޕްލޭނެއް ދީފި
އާއްމުންނަށް ލައިފް އިންޝުއަރެންސާ ގުޅޭ މައުލޫމާތު ދެނީ
ޗައިލްޑް އެޑިއުކޭޝަން ޕްލޭނުން ޑިސްކައުންޓު ދޭ މުއްދަތު އިތުރުކޮށްފި