Roadha Mihaaru
މިހާރު މިނިވަންކަމާ އެކު ވޯޓު ލެވޭނެ: ޕީޕީއެމް

ކަޅު ނުވަތަ ނޫކުލައިގެ ގަލަމުން ފާހަގަލާން އެންގުމުން ވޯޓު މިނިވަންވެއްޖެ: ޕީޕީއެމް

04 ސެޕްޓެމްބަރ 2023

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅުމުން، އިދިކޮޅު ޕީޕީއެމުން މިއަދު އެ ކަމަށް މަރުހަބާ ކިޔައިފި އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅުމުން، އިދިކޮޅު ޕީޕީއެމުން މިއަދު އެ ކަމަށް މަރުހަބާ ކިޔައިފި އެވެ.

އިލެކްޝަން ކޮމިޝަނުން އެ ގޮތަށް ނިންމީ، ވޯޓުގެ ސިއްރުކަން ގެއްލިދާނެ ހާލަތުތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މައްސަލަތަކެއް ފާހަގަކުރުމުންނެވެ.

ޕީޕީއެމުން ކުރިން ތުހުމަތު ކުރި ގޮތުގައި ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ވަކި ކުލައެއްގެ ގަލަމުން ފާހަގަ ޖަހަން ސަރުކާރުން ވަނީ މަޖުބޫރު ކުރަން ފަށައިފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާން އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ނޫސްވެރިން ގާތު ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ގެނައި ބަދަލުގެ ނަތީޖާއަކީ މިނިވަންކަމާ އެކު ވޯޓުލުމުގެ ހައްގު ކަށަވަރުވުން ކަމަށެވެ. ފާހަގަ ޖަހާ ކުލައިން ނުވަތަ ޖަހާ ގޮތަކުން އެއީ ކާކު ލީ ވޯޓެއްކަން މިހާރު ނޭނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރަކު ތިޔަބޭފުޅުންގެ ވޯޓު ދެނެގަނެވޭނެ ގޮތެއް ނޯންނާނެ. މިނިވަންކަމާ އެކު ތިޔަބޭފުޅުން ބޭނުންފުޅުވާ ކެންޑިޑޭޓަށް ވޯޓު ލައްވަވާ،" ތޮލާލް އެދިވަޑައިގަތެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ ވޯޓުލާ ދުވަހު ބޭނުންކުރެވޭނީ ކަޅު ނުވަތަ ނޫ ކުލައިގެ އާދައިގެ ގަލަމެއް ކަމަށާއި އެ ނޫން އެހެން އެއްވެސް ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަޖަހާފައިވާ ނަމަ އެ ވޯޓެއް ބާތިލް ކުރާނެ ކަމަށެވެ.

މިހާރަކު ތިޔަބޭފުޅުންގެ ވޯޓު ދެނެގަނެވޭނެ ގޮތެއް ނޯންނާނެ. މިނިވަންކަމާ އެކު ތިޔަބޭފުޅުން ބޭނުންފުޅުވާ ކެންޑިޑޭޓަށް ވޯޓު ލައްވަވާ،"--- ތޮލާލް

"އަމިއްލަ ގަލަމެއް ހިފައިގެން އަންނަ މީހާގެ ގަލަން ޗެކްކުރާނެ އަޅުގަނޑުމެންގެ އޮފިޝަލުން. އެއީ ކޮން ކުލައެއްގެ ގަލަމެއްތޯ އެއީ އާދައިގެ ގަލަމެއްތޯ. އެގޮތަށް ޗެކް ކުރާއިރު އެއީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ނޫން ކަމަށްވަންޏާ އެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަކިވަކި މީހުންނަށް ވަކި ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ލާން އަންގާ މައްސަލަ ފާހަގަވެފައި ވަނީ މި ފަހުން ބޭއްވި ބައި އިލެކްޝަންތަކުންނެވެ. އެ އިންތިހާބުތަކުގައި ބައެއް މީހުން އެގޮތަށް އަންގާފައިވާ ކަމުގެ މައްސަލަ ވޯޓުލާން ދާން މީހުން ކޮމިޝަންގެ އޮފިޝަލުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ.