02 ފެބުރުއަރީ 2017
އިންޑިއާ އިން މި އަހަރު ރާއްޖެ އަށް، ހިލޭ އެހީގެ ގޮތުގައި، 550 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ހުށަހަޅައިފި އެވެ.
އިންޑިއާ އިން މި އަހަރު ރާއްޖެ އަށް، ހިލޭ އެހީގެ ގޮތުގައި، 550 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ހުށަހަޅައިފި އެވެ.
އިންޑިއާގެ މައި ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެ ކަމަށްވާ ލޮކް ޝަބާ އަށް އިއްޔެ ހުށަހެޅި މި އަހަރުގެ ބަޖެޓުގައިވާ ގޮތުން، ދެކުނު އޭޝިއާގެ ހަ ގައުމަކަށް އެހީ ދޭން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ރާއްޖެ އަށް 2.45 ބިލިއަން އިންޑިއާ ރުޕީސް (557 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ދޭން ބަޖެޓުގައި ވަނީ ހުށަހަޅައިފަ އެވެ.
މިއީ އިންޑިއާ އިން މިދިޔަ ދެ އަހަރު ރާއްޖެ އަށް ދިން ފައިސާގެ އެހީ އަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. އެ ގޮތުން، އިންޑިއާ އިން ވަނީ، ބަޖެޓުގައިވާ ގޮތުން، މިދިޔަ އަހަރު 800 މިލިއަން އިންޑިއާ ރުޕީސް (182 މިލިއަން ރުފިޔާ) އަދި އޭގެ ކުރީ އަހަރު 550.40 މިލިއަން އިންޑިއާ ރުޕީސް (125 މިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ރާއްޖެ އަށް ދީފަ އެވެ.
މި އެހީ މައިގަނޑު ގޮތެއްގައި ދެނީ އިންޑިއާ ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކަށެވެ. އެކަމަކު، މި އަހަރު އެހީ ދޭ މަޝްރޫއުތަކުގެ ތަފްސީލެއް އިންޑިއާގެ ފިނޭންސް މިނިސްޓަރު އަރުން ޖައިތުލީ ހުށަހެޅުއްވި ބަޖެޓަކު ނެތެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. އެ ގޮތުން، އައިޖީއެމްއެޗު މަރާމާތު ކުރުމުގެ ބޮޑު މަޝްރޫއެއް ފަށައި ނިމުމަކާ ކައިރިވެފައި ވާއިރު، އިންޑިއާ އިން އަޅައިދޭ ޕޮލިސް އެކަޑެމީ އާއި ކޯސްޓް ގާޑުގެ އާ އިމާރާތުގެ މަސައްކަތް ފަށަން ވެސް ވަނީ ތައްޔާރުވެފަ އެވެ.
ރާއްޖޭގެ މި އަހަރުގެ ބަޖެޓުގައި، އިންޑިއާ އިން މި އަހަރު ލިބޭނެ ހިލޭ އެހީގެ ޖުމްލަ އަދަދެއް ޖަހާފައެއް ނުވެ އެވެ. އެކަމަކު، އައްޑޫގެ ހިތަދޫގައި އަޅާ ޕޮލިސް އެކަޑެމީ އަށް މި އަހަރު އިންޑިއާ އިން 55 މިލިއަން ރުފިޔާގެ ހިލޭ ދޭނެ ކަމަށް ބަޖެޓުގައިވެ އެވެ.
އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް 72 މިލިއަން ޑޮލަރު
ބަޖެޓުން 268 މިލިއަން ރުފިޔާ ހޯދަން އަމާޒު ހިފައިފި
އޭޑީސީގެ ބިލް ތަސްދީގު ކުރައްވައިފި
25 ޑޮލަރުގެ ޓެކްސް ނަގަނީ ބިދޭސީންގެ އަތުން އެކަނި
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރު ދައުލަތުގެ ދަރަނި 150 ބިލިއަނަށް
ބަޖެޓުގެ މަސައްކަތް މިމަހު 20 ވަނަ ދުވަހަށް ނިންމަނީ
އަންނަ އަހަރުގެ ބަޖެޓާ މެދު ފައްޔާޒުގެ ކަންބޮޑުވުން
އިންޑިއާއިން 1.6 ބިލިއަން ރުފިޔާގެ ހިލޭ އެހީ
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ