Roadha Mihaaru
މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް

މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް މަޖިލީހުން ފުލުހުންނަށް ހުށަހަޅައިފި

26 އޯގަސްޓް 2023

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު "މިހާރު" އަށް އެކަން ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް މި ހުށަހެޅީ، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ޑިމޮކްރެޓްސް ޕާޓީން ބައެއް މެމްބަރުން ވަކިވެ އަލުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

މަޖިލީހުގެ 14 މެމްބަރަކު ޑިމޮކްރެޓްސް އަށް ސޮއިކުރި ނަމަވެސް މަޖިލީހުގެ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް މިހާތަނަށް ހުށަހަޅާފައި ވަނީ އެތަނުން އެންމެ ތިން މެމްބަރުންނެވެ. އޭގެ ތެރެއިން ދެ މެމްބަރަކު މިހާރު ވަނީ އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފަ އެެވެ.

އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. ޔާސިރާ އެކު އޭރު ޑިމޮކްރަޓްސް އަށް ސޮއި ކުރެއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުން ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.