24 އޯގަސްޓް 2023
ބޭރު ފައިސާ ހޯދަން އޮތް ދަތިކަން ފިލުވުމާ އެކު، އިގުތިސާދީ ބޮޑު ބަދަލަކަށް އެމްޑީޕީން ގިނަ ވައުދުތަކެއް، އެ ޕާޓީން ދެވަނަ ދައުރަކަށް ހުށަހަޅާ މެނިފެސްޓޯގައި ހިމަނައިފި އެވެ.
ބޭރު ފައިސާ ހޯދަން އޮތް ދަތިކަން ފިލުވުމާ އެކު، އިގުތިސާދީ ބޮޑު ބަދަލަކަށް އެމްޑީޕީން ގިނަ ވައުދުތަކެއް، އެ ޕާޓީން ދެވަނަ ދައުރަކަށް ހުށަހަޅާ މެނިފެސްޓޯގައި ހިމަނައިފި އެވެ.
މާލޭ ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވަނީ އެ މެނިފެސްޓޯގެ އެންމެ ފަހު ސިޔާސަތު "އިގުތިސާދީ ބޮޑު ބަދަލު" އިއުލާންކޮށްފަ އެވެ.
"އިގުތިސާދީ ބޮޑު ބަދަލު" ސިޔާސަތު ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ؛
1. ބާރުވެރި އިގުތިސާދު
2. އިގުތިސާދީ ހަރަކާތްތަކުގައި އެންމެ ބައިވެރިވުން
3. އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާ
4. ވިލުންތެރި އިގުތިސާދު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެއިން ކޮންމެ ބައެއްގައި ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް ކުރާނެ ކަންކަން ހިމަނައިފަ އެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްވޭ އެއް ހުށަހެޅުމަކީ، ބޭރު ފައިސާ ހޯދުމަށް އޮތް ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖެއިން ބޭރަށް ލީކުވާ މިންވަރު މަދުކުރުމެވެ.
ރާއްޖޭގެ އިގުތިސާދުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ވިޔަފާރިގެ ގޮތުން ގުޅިފައިވާ ގައުމުތަކާ އެކީ ކުރާ ވިޔަފާރިގެ މުއާމަލާތްތައް އެ ގައުމެއްގެ ފައިސާ އިން ކުރާ ގޮތަށް ހަމަޖައްސަން ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
• ދިވެހި ވިޔަފާރިތަކަށް އެހެން ގައުމުތަކުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފައިނޭންސް ފޯރުކޮށްދިނުމަށް އެކްސްޕޯޓް-އިމްޕޯޓް (އެގްޒިމް) ފައިނޭންސް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން.
• ދައުލަތުން ދޭ ސަބްސިޑީތައް އެފިޝަންޓްކޮށް، ހައްގުވެރި ފަރާތްތަކަށް ދެވޭ އެހީއެއް ކަން ކަށަވަރުކުރެވޭ ގޮތަށް ސަބްސިޑީގެ ނިޒާމު ބަދަލުކުރާނެ.
• އަންނަ އަހަރު އާސަންދަ ނިޒާމުގެ ކަވަރޭޖް ބަދަލުކުރާނެ.
• ދުނިޔޭގެ މާކެޓްތަކަށް އަންނަ ޝޮކްތަކުގެ ސަބަބުން ދިމާވާ އިގުތިސާދީ ހީނަރުކަމުން ފަރުދުންނާއި ވިޔަފާރިތައް ރައްކާތެރިކުރުމަށްޓަކައި މާލީ އަދި އިގުތިސާދީ ސިޔާސަތުތަކަށް ބަދަލު ގެނެސް ސޭފްޓީ ނެޓެއް ގާއިމްކުރާނެ.
• ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކޮށް، މެދުރާސްތާގައި ބަޖެޓް ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު ކުޑަކުރާނެ. ބަޖެޓް ޑެފިސިޓް ކުޑަކޮށް ދައުރު ނިމެންވާއިރަށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު 80% އަށް ކުޑަކުރާނެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
• ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ހަރަދުތައް ހިފަހައްޓާ އެކްސްޗޭން ރޭޓް ޕްރެޝަރު ކުޑަކުރުމުގެ ގޮތުން، ރިނުވަބަލް އެނާޖީ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރު، ސްޕެޝަލައިޒް ހެލްތްކެއާ އަދި ދަނޑުވެރިކަން ފަދަ ދާއިރާތަކަށް އިންވެސްޓްކުރާނެ.
• ދައުލަތުގެ ދަރަނީގެ ސްޓޮކްގެ ރިސްކް ކުޑަކުރުމުގެ ގޮތުން އެވްރެޖް މެޗުރިޓީ މިހާރަށް ވުރެ އިތުރުކޮށް، ހެޔޮ އަގުގައި ދައުލަތުގެ ދަރަނި ފައިނޭންސް ކުރާނެ.
• ބޭންކުތަކުން ނަގާ ލޯނު ނުދެއްކޭ ހާލަތްތަކުގައި އޯވަޑިއު ޕީނަލް އިންޓްރެސްޓް ނަގާ ގޮތާއި އަދަދު މުރާޖައާކޮށް، ގާނޫނެއްގެ ދަށުން ސާފުވާނެ ގޮތަށް ބަޔާންކޮށް، އަހަރެއްގެ މައްޗަށް އެއް ޕަސެންޓަށް ވުރެ އިތުރުނުވުމާ އެކު ކެޕް ކުރެވޭނެ.
• ރާއްޖޭގައި އިސްލާމިކް ފައިނޭންސް އިތުރަށް ފުޅާކުރުމަށް ގައުމީ މާސްޓަ ޕްލޭނެއް އެކުލަވާލައި، ރާއްޖެއަކީ އިސްލާމިކް ފައިނޭންޝަލް ހަބަކަށް ހެދުމަށް އިސްލާމިކް ފައިނޭންސަށް ހާއްސަ ރީޖަނަލް ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރާނެ.
ވައުދުތަކަށް 31 ބިލިއަން ރުފިޔާ، ފުއްދާނަން: ރައީސް
ރޯދަ ފަހު 10 ގައި މުވައްޒަފުން ގޭގައި މަސައްކަތްކުރަން ހިމަނައިފި
ކުށަށް ހުށަހެޅުމުގެ ކުރިން ސަލާމަތް ކުރެވޭނެ ނިޒާމެއް!
ޒުވާނުންނަށް އޮތީ އުފާވެރި ބޯހިޔާވަހިކަމުގެ ސިޔާސަތެއް
"ތަރައްގީކުރަންޖެހެނީ ބޮޑެތި ރަށްތައް އެކަންޏެއް ނޫން"
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު