16 އޯގަސްޓް 2023
ކައިވެނިކޮށްގެން ނުކުންނަ ކޮންމެ ޒުވާނަކަށް ވެސް އަމިއްލަ ބޯހިޔާވަހި ކަމެއްގައި އުޅެވޭނެ ވަރަށް ރާއްޖެ ކުރިއަރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ކައިވެނިކޮށްގެން ނުކުންނަ ކޮންމެ ޒުވާނަކަށް ވެސް އަމިއްލަ ބޯހިޔާވަހި ކަމެއްގައި އުޅެވޭނެ ވަރަށް ރާއްޖެ ކުރިއަރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހުޅުމާލެ ޔޫތު ޖަގަހަ ހުޅުވައިދެއްވައި ރޭ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މި ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނީ ހިތްހަމަޖެހޭ، ހިތްފަސޭހަ ސިޔާސަތެއް ކަމަށެވެ.
"ހަގީގަތަކީ ކައިވެންޏަކަށް ފަހު ނުކުންނަ ޒުވާނާއަށް ދިރިއުޅެވޭނެ ތަނެއް ލިބެންޖެހޭނެ، ހޯދެންޖެހޭނެ، ހޯދޭނެ މިންވަރަށް ގައުމު ކުރިއަރަން ޖެހޭނެ. އެއީ އަދި ފައިސާ ދައްކާ ކަމަށްވާ ނަމަ އެ ފައިސާ ދެއްކޭ މިންވަރަށް ޒުވާނުންނަށް މަގުފަހިވާ މިންވަރަށް ކަންކަން އިންތިޒާމް ވާން ޖެހޭނެ،" އަސްލަމް ވިދާޅުވި އެވެ.
"ވަޒީފާއިން އެ ލިބޭ އެއްޗަކުން އެއީ އޭނާގެ ފްލެޓަށް ދެއްކޭ މިިންވަރަށް ހުންނަ އެއްޗެއް ކަމުގައި ކަނޑައެޅެން ޖެހޭނެ. އެހެންވީމަ ބޯހިޔާވަހިކަމަށް ބެލިޔަސް މިއޮތީ މުހިންމު އުފާވެރި ސިޔާސަތެއް އަޅުގަނޑުމެންގެ."
ރައީސްގެ ޒުވާނުންގެ ސިޔާސަތު އާންމުކޮށްފައިވާއިރު، އޭގައި ޒުވާނުންނަށް ހާއްސަކޮށް ކޯ ލިވިން ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސްސް ގާއިމްކުރުމަށް ކަނޑައަޅާފައިވެ އެވެ. އަދި އެފޯޑަބަލް ހައުސިން އާއި ކައުންސިލް ހައުސިން އަޅަން ވެސް ނިންމާފައިވެ އެވެ.
މީގެއިތުރުން ގެދޮރު ހަދަން ބޭނުންވާ މީހުންނަށް ހަ ޕަސެންޓަށްވުރެ އިންޓްރެސްޓް އިތުރު ނުވާނެ ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ.
އެމްޑީޕީ ޔޫތު ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގެ ތެރެއިން
"އެފޯޑަބަލް ހައުސިންއެއް ދޭން މިޖެހެނީ. ހައުސިން އަޅާފައި އެ އެފޯޑް ނުކުރެވެންޏާ އޭގެ ބޭނުމެއް ނެތް. އެހެންވީމަ އެފޯޑް ކުރެވެން ޖެހޭ. ޒުވާނުންނަށް ވެސް އެކަން ކުރެވޭ ގޮތަށް ސަރުކާރުން ވިސްނާފައި މި ވަނީ،" އަސްލަމް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ އިތުރުން ޒުވާނުންނަށް ހަމަޖެހިލައިގެން ކުޅިވަރު ކުޅެވޭނެ އިންތިޒާމްތަކާއި ބައިނަލްއަގްވާމީ މުބާރާތްތަކުން ފުރުސަތު ހޯދައިދިނުމަށް ވެސް ސަރުކާރުގެ ސިޔާސަތުގައި ގިނަ ކަންކަމެއް ހިމަނާފައިވާކަން ފާހަގަކުރައްވައިފަ އެވެ.
އަދި، ތައުލީމީ ގޮތުން ގާބިލް ޒުވާނުން އުފެއްދުމަށްޓަކައި ހިލޭ ޑިގްރީ ޕްރޮގްރާމްގެ އިތުރުން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔަވައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެއީ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ވެސް ރައްޔިތުންނަށް ކޮށްދޭ މިންވަރެއް ނޫނެވެ.
"މުޅި މެނިފެސްޓޯ ބެއްލެވީމަ އެނގޭނެ މި ކަންކަން މި ހުރީ ދުނިޔޭގެ ފެންވަރުގައި ކަންކަން ކޮށްދެވޭ މިންވަރަށް އަމާޒު ހިފާފައިކަން. އެއީ ތައުލީމަށް ބެއްޔަސް، ސިއްހީ ދާއިރާއަށް ބެއްޔަސް އަދި އެހެން ދާއިރާތަކަށް ބެލި ކަމަށްވިޔަސް،" އަސްލަމް ވިދާޅުވި އެވެ.
"އުފާވެރި ރައްޔިތުންތަކެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ. އެހެންވީމަ މި ސަރުކާރު ދެވަނަ ދައުރަކަށް ހޮވުމަކީ ތިޔަ ބޭފުޅުންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމޭ."
"އައްޑުއަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް"
ވައުދުތަކަށް 31 ބިލިއަން ރުފިޔާ، ފުއްދާނަން: ރައީސް
"ގިރާވަރު ފަޅު މާ ފުރިހަމައަށް ތަަރައްގީކުރާނަން"
އިގްތިސާދީ ބޮޑު ބަދަލަކަށް އެމްޑީޕީން ގިނަ ވައުދުތަކެއް
ރޯދަ ފަހު 10 ގައި މުވައްޒަފުން ގޭގައި މަސައްކަތްކުރަން ހިމަނައިފި
އަސްލަމްގެ ފުރަތަމަ ދަތުރުން އައްޑޫ ގުގުމާލައިފި
"ލޯ ލާރިއެއްގައި ވެސް ރައީސް ޖެހިވަޑައިނުގަންނަވާނެ"
ކުށަށް ހުށަހެޅުމުގެ ކުރިން ސަލާމަތް ކުރެވޭނެ ނިޒާމެއް!
"ތަރައްގީކުރަންޖެހެނީ ބޮޑެތި ރަށްތައް އެކަންޏެއް ނޫން"
އިތުބާރު ގެއްލޭ އެއްވެސް ކަމެއް ނުކުރާނަން: އަސްލަމް