Roadha Mihaaru
މޫނު ބުރުގާ އަޅައިގެން ކިޔަވާ ދެވޭގޮތަށް ހަދައިފި

މޫނު ބުރުގާ އަޅައިގެން ޓީޗަރުންނަށް ކިޔަވާ ދެވޭގޮތަށް ހަމަޖައްސައިފި

22 އޯގަސްޓް 2023

ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު ޓީޗަރުން މޫނު ބުރުގާ އެޅުން މަނާކުރި އުސޫލު ބަދަލުކޮށް، މޫނު ބުރުގާ އަޅައިގެން ކިޔަވާ ދެވޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު ޓީޗަރުން މޫނު ބުރުގާ އެޅުން މަނާކުރި އުސޫލު ބަދަލުކޮށް، މޫނު ބުރުގާ އަޅައިގެން ކިޔަވާ ދެވޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

ޓީޗަރުންގެ ސުލޫކީ މިންގަނޑު ކުރިން އޮންނަ ގޮތުން ކިޔަވާ ދޭ ވަގުތު ޓީޗަރުން ތިބެން ޖެހެނީ ކާކުކަން އެނގޭ ގޮތަށެވެ. އެހެންވުމުން މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމުގެ ފުރުސަތު އޮތީ ބަންދުވެފަ އެވެ.

އެ އުސޫލަށް މިއަދު ގެނައި އިސްލާހު އޮތްގޮތުން ކިޔަވާ ދޭއިރު ޓީޗަރުން މޫނު ބުރުގާ ނެގުން ލާޒިމް ނުވިޔަސް، އެފަދަ ޓީޗަރުން ދަރިވަރުންނާ މުއާމަލާތު ކުރާއިރު ސްޓާފް ކާޑު އަޅަންޖެހޭނެ އެވެ.

ނަމަވެސް އެ އިސްލާހުގައިވާ ގޮތުން އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް ކިޔަވާ ދޭއިރު މޫނު ހާމަކުރަން އެކަށީގެންވާ މާހައުލުތަކުގައި ކިޔަވައިދޭން ވާނީ މޫނު ބުރުގާ ނަގައިގެންނެވެ. އެކަމަކު އެ ނޫން މާހައުލުތަކުގައި އެފަދަ ކުދިންނަށް ކިޔަވާ ދޭއިރު ވެސް މޫނު ބުރުގާ އެޅިދާނެ އެވެ.