10 އޮކްޓޯބަރ 2024
އަރަބިއްޔާ ސްކޫލުގައި މޫނު ބުރުގާ އަޅާ ކުދިންނާ މެދު ތަފާތު ކުރުމެއް ގެންގުޅެފައި ނުވާ ކަމަށް ބުނާތީ އާއި އަދި އެ މިހާރު މައްސަލަ ކުރިއަށް ގެންދަން ބޭނުން ނޫން ކަމަށް ބުނުމުން ސިވިލް ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
އަރަބިއްޔާ ސްކޫލުގައި މޫނު ބުރުގާ އަޅާ ކުދިންނާ މެދު ތަފާތު ކުރުމެއް ގެންގުޅެފައި ނުވާ ކަމަށް ބުނާތީ އާއި އަދި އެ މިހާރު މައްސަލަ ކުރިއަށް ގެންދަން ބޭނުން ނޫން ކަމަށް ބުނުމުން ސިވިލް ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން ކުރީގެ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލަށް އެންގީ ޑިސެމްބަރު 2022 ވަނަ އަހަރު އެވެ. އޭރުގެ ސަރުކާރުން ބެލެނިވެރިންނާއި ކުދިންނަށް އެންގީ ޔުނީފޯމު ކޯޑަށް އަމަލުކުރުމަށެވެ.
އަރަބިއްޔާ ސްކޫލަށް ކިޔަވަން ދާއިރު މޫނު އަޅާ ދަރިވަރުންނާ މެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅެވޭނެ ކަމަށް އެ މައްސަލަ ކޯޓަށް ހުށަހެޅީ އަރަބިއްޔާގެ ބެލެނިވެރިންތަކެކެވެ. ނަމަވެސް އެ މީހުންގެ ފަރާތުން ސިވިލް ކޯޓުގައި ފަހުން ބުނެފައިވަނީ މޫނު އަޅައިގެން ކިޔެވުމާއި ވަޒީފާ އަދާ ކުރުމުން ވެސް މަހުރޫމު ނުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެކަމަކު، ދައުލަތުން ކޯޓުގައި ބުނެފައިވަނީ ކުރިން ވެސް މިހާރު ވެސް އަމަލުކުރަނީ އެއްވެސް ކުއްޖެއްގެ ތައުލީމަށް ހުރަސް އެޅޭ ގޮތަށް ނޫން ކަމަށެވެ.
އެ މައްސަލާގައި އެދިފައި އޮތް ފަރުވާއަކީ ނަގައިދެވޭނެ ފަރުވާއެއް ނޫން ކަމަށް ބުނެ ދައުލަތުން ވެސް އެދުނީ އެ މައްސަލަ ބޭރުކޮށްލުމަށެވެ. އެހެންވެ، ސިވިލް ކޯޓުން މިއަދު ނިންމީ އެ މައްސަލާގެ ހުސޫމާތް ނިމުމަކަށް އައިސްފައިވާތީ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމެއް ނެތް ކަމަށެވެ.
އަޒްހަރު ޔުނިވާސިޓީގެ އެހީގައި މީގެ 36 އަހަރު ކުރިން ރާއްޖޭގައި ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލްގެ ޔުނީފޯމުގައި އަންހެން ކުދިންނަށް ހިމެނެނީ ބުރުގާ އާއި ހެދުމާއި ސްކާޓް އަދި ހަރުވާޅު އެކަންޏެވެ.
ސްކޫލްގައި ކިޔެވޭނީ ބުރުގާ އަޅާ އަންހެން ކުދިންނަށް އެކަންޏެވެ. ނަމަވެސް، މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އެބަތިބި ކަމަށްވެ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި ގްރޭޑް 7 އިން މަތީގެ ކުދިންނަށް މޫނު އަޅަން އެ ސްކޫލުން އޮންނަނީ ހުއްދަ ކޮށްފަ އެވެ.
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި
އަރަބިއްޔާގެ އާ އިމާރާތަށް ޖާގަ ތަނަވަސް ބިމެއް ދީފި
މޫނު ބުރުގާ އަޅައިގެން ކިޔަވާ ދެވޭގޮތަށް ހަދައިފި
މޫނު ބުރުގާގެ މައްސަލަ ކޯޓަށް ހުށަހަޅައިފި
ދަރުމަވަންތައިގެ އާ އިމާރާތް ބޭނުންކުރުން ފަސްކޮށްފި
އަރަބިއްޔާ ހާއްސަ، ޖާގަ ދެ ގުނަ ވާނެ: މިނިސްޓަރު
އަރަބިއްޔާގެ ކުދިން ކިޔަވަނީ ވަރަށް ހާލުގައި!
ބާ ޖަމާލުއްދީން އިމާރާތް ތަޅާލަން ފަށައިފި
ބާޖަމާލުއްދީންގެ އިމާރާތްތައް ތަޅާލަން 2.4 މިލިއަން