22 އޯގަސްޓް 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލިބުނު ފައިސާ ހަރަދުކުރީ ޕެޕަ ސްޕްރޭ ގަނެ، މީހުން ޖަލަށްލާން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލިބުނު ފައިސާ ހަރަދުކުރީ ޕެޕަ ސްޕްރޭ ގަނެ، މީހުން ޖަލަށްލާން ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، މި އަތޮޅު ކަމަދުއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދައުލަތަށް ލިބޭ ފައިސާ ހަރަދުކުރަން ޖެހޭނީ ރައްޔިތުންނަށް އަދި ދައުލަތުގެ މުދާ ކުއްޔަށް ދީގެން ލިބޭ ފައިސާ ހަރަދުކުރަން ޖެހޭނީ ވެސް ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ކަމަށެވެ.
އެކަމަކު، 2013-2018 އާ ދެމެދު އޮތް ޕީޕީއެމްގެ ވެރިކަމުގައި އެކަން ނުކުރެވުނީ ކީއްވެގެންތޯ ސުވާލު ކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ހުރިހާ ބާރަކާއެކު، މަޖިލީހުގެ މެޖޯރިޓީއާއެކު ފަސް އަހަރުގެ ވެރިކަމެއް ކުރަން އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ފުރުސަތު ލިބިވަޑައިގަތް ނަމަވެސް، އެކަން ނުކުރެވުނު ސަބަބު ސާފު ކަމަށް، ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އޭރު ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގުނީ ހިޔާނަތްތެރިވުމާއި އިހުމާލުވުމުން ކަމަށެވެ.
"ބޮޑެތި ފަޅުތަކާއި ބޮޑެތި ރަށްތައް ކުއްޔަށް ދީގެން ދައުލަތުގެ އާމްދަނީގެ ތެރެއަށް ވައްދަން ވީ ފައިސާ ގެއްލުވާލީ. އަމިއްލަ އެކައުންޓަށް ޖަމާކުރީ. ހަރަދުކުރާނެ ފައިސާ ދައުލަތުގައި ނެތީ. މިއީ، އެންމެ ބޮޑު އެއް މައްސަލައަކީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ވެރިކަމުގައި ލިބުނު އާމްދަނީން ހަރަދުކުރަން ޖެހުނީ، އެ ސަރުކާރާ ދެކޮޅަށް އޭރު ބޭއްވި އެއްވުންތަކުގައި ޖަހާނެ ޕެޕަ ސްޕްރޭ ހޯދައި ރައްޔިތުން ޖަލަށް ލުމަށެވެ.
"އަމާންކަން ގެއްލިފައި، ގަދަބާރުން ވެރިކަން ކުރަން ޖެހުނީ. ތި ބޭފުޅުން ފުލުސް އޮފީހުގެ ބަޖެޓަށް ބަލައިފިއްޔާ އެނގިވަޑައިގަންނަވާނެ، އޭރު މުގުރަށާއި ޕެޕަސްޕްރޭއެއް ކޮށްފައި ހުރި ހަރަދު. ބަޖެޓުގެ ބޮޑު ބައި ހޭދަކުރަން ޖެހުނީ. އަޅުގަނޑުމެންނަށް މިއަދު މިކަން ކުރަން ލިބުނީ ސިޔާސީ ހަލަބޮލިކަމަށް އަޅުގަނޑުމެން ނުދިޔައީމަ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަދުއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
ރައީސް ވިދާޅުވީ މި ފަހަރު އެކަން ކުރަން ފަސޭހަވީ ސިޔާސީ ވާދަވެރިންނަށް ބަސް ބުނުމުގެ ހައްގު ދިނުމާއި ފާޑުކިޔަން ފުރުސަތު ދިނުމުން ކަމަށެވެ.
ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ކުރާނަމަ އެ ފުރުސަތު އޮންނަން ޖެހޭ ކަމަށާއި އެ ހަމަނުޖެހުންތަކުގައި ވަގުތު ހޭދަކުރަން ބޭނުން ނުވި ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހުރިހާ ވަގުތެއް ހޭދަކުރީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަން. އެކަން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ފެންނަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
އޭރުގެ ވެރިކަމުގައި ދުނިޔޭގެ އިގުތިސޯދު އޮތީ އެންމެ ރަނގަޅު ހާލަތުގައި ކަމަށާއި އެކަމަކު، އެއްވެސް ރަށަކަށް ކަމެއް ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަނެއްކާ އެ ވެރިކަމަށް އަނބުރާ ހިނގައްޖެނަމަ، މިއިން އެއްވެސް ރަށަކަށް ކަމެއް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ، އެ މަނިކުފާނު ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ކޮށްދެއްވާނެ ކަންތައްތައް ހިއްސާކުރައްވައިފަ އެވެ. އޭގެ ތެރޭގައި؛
- ސްކޫލުގެ ޖާގަ ހައްލުކުރަން މަލްޓިޕާޕަސް ހޯލު ހަދައި ކްލާސްރޫމްތައް ހެދުން
- ގިރާ ސަރަހައްދު ހިމާޔަތްކޮށް މޫދަށް އެރޭ ތަނެއް ހެދުން
- އާ ބޮޑު މިސްކިތެއް ހެދުން.
- މަގުތަކުގައި ފެން ހެދޭ މައްސަލަ ހައްލުކޮށް ރަނގަޅު ފެންވަރަށް ހެދުން
- ސިއްހީ މަރުކަޒުގެ ހިދުމަތް ވެސް 24 ގަޑިއިރަށް ބަދަލުކުރުން
- އޭޓީއެމް މެޝިނެއް ބެހެއްޓުން
- ވޮލީ ކޯޓެއް ހެދުން
- ޕިކްނިކް އައިލެންޑެއް ހެދުން
ކަމަދޫ ކައުންސިލުން ރައީސަށް ދިނީ "އޭ ރިޕޯޓު"
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް
"ތިނަކަށް ވޯޓުދީ، ނޫނީ ކަރުނަ އަޅާ ރޯންޖެހިދާނެ"
ރައީސް ހޮވައިދީ، އެ އޯގާތެރިކަން ކުރިއަށްދާނެ: ފަޒުނާ
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ