Roadha Mihaaru
ވ. އަތޮޅުގެ ފަޅެއް ހިއްކައި ޕިކްނިކް އައިލެންޑެއް

މުއިއްޒު ވ. އަތޮޅަށް: ފަޅެއް ހިއްކައި ޕިކްނިކް އައިލެންޑެއް ހަދައިދޭނަން

19 އޯގަސްޓް 2023

ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ވ. އަތޮޅުގެ ރަށްތަކުން ދަތުރު ދާނެ ރަށެއް ހެދުމަށް، އޭނާގެ ވެރިކަމެއްގައި މި އަތޮޅުގެ ފަޅެއް ހިއްކައި ޕިކްނިކް އައިލެންޑެއް ހަދާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ވ. ފުލިދޫން އިފްރާޒް އަލީ

ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ވ. އަތޮޅުގެ ރަށްތަކުން ދަތުރު ދާނެ ރަށެއް ހެދުމަށް، އޭނާގެ ވެރިކަމެއްގައި މި އަތޮޅުގެ ފަޅެއް ހިއްކައި ޕިކްނިކް އައިލެންޑެއް ހަދާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ކެމްޕެއިން ދަތުރުގައި ވ. އަތޮޅުން ވަޑައިގެންނެވި އެންމެ ފަހު ރަށް، ފުލިދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ މި އަތޮޅުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ހުރިހާ ރަށަކުން ވެސް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމަކީ ދަތުރު ދާނެ ރަށެއް ހަމަޖައްސައިދިނުން ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެއީ ޓޫރިސްޓުންގެ އިތުރުން މި ރަށްތަކުގައި ދިރިއުޅޭ އާންމުން ވެސް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެކެވެ. އެއީ ވ. އަތޮޅުގެ އިގުތިސާދަށާއި އާންމުންގެ ޖީބަށް އަދި ދައުލަތަށް ވެސް އާމްދަނީ އިތުރުކުރެވިދާނެ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ވ. ފުލިދޫގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ވ. ފުލިދޫގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"މި އަތޮޅުގެ، ހާއްސަކޮށް މި ޓޫރިޒަމްގެ މަސައްކަތް ކުރާ ރަށްތަކަށް ވަރަށް މުހިންމު އަޅުގަނޑު ހިތުން ހުރިހާ ރަށެއްގައި ވެސް އެކަން ކުރަން. އެހެންވީމާ، މި އަތޮޅުގައި އެންމެ އެކަށީގެންވާ ލޮކޭޝަންގައި، ފަޅެއްގައި ސަރުކާރުން ޕްލޭންކޮށްގެން ޕިކްނިކް އައިލެންޑެއް ތަރައްގީކޮށް، ރައްޔިތުންނަށްޓަކައި ފޯރުކޮށްދިނުމަކީ އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

"އޭރުން އިގުތިސާދު ކުރިއަރާނެ، ޓޫރިޒަމްގެ ދާއިރާ އަދި ރައްޔިތުންނަށް ވެސް ކުރިއެރުން ލިބޭނެ. އެހެންވީމަ އަޅުގަނޑުގެ ހިތުން އެއީ ވިން ވިންއެއް. އެގޮތުގައި އެ ޕްލޭން ކޮށްފިއްޔާ ވާނީ ވަރަށް ބޮޑު އިންވެސްޓްމަންޓަކަށް."

ވ. އަތޮޅުގެ ރަށްތަކަށް ޕިކްނިކް އައިލެންޑެއް ހަމަޖައްސައި ނުދީގެން މިދިޔަ އަހަރު މި އަތޮޅު ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ. މި އަތޮޅު ކައުންސިލުން ބޭނުންވީ ވ. ހުޅިދޫ ނުވަތަ ވ. އަންބާރާ ދަތުރު ދާން ދިނުމަށެވެ. ނަމަވެސް، އެއީ ކުއްޔަށް ދޫކޮށްފައި ހުރި ރަށްތަކެކެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވ. ފުލިދުއަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ކިޔަން ތިބި މީހުންނާ އޭނާ ސަލާންކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވ. ފުލިދުއަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ކިޔަން ތިބި މީހުންނާ އޭނާ ސަލާންކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާންމުން އިތުރަށް ހިތްހަމަނުޖެހުނީ، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މި އަތޮޅަށް ދަތުރު ދާނެ ފަޅުރަށެއްް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވިޔަސް، ދައުރު ނިމޭއިރު ވެސް އެކަން އަދިވެސް ހަމަނުޖެހި އޮތުމުންނެވެ.

އެ މައްސަލާގައި ވ. އަތޮޅު ކައުންސިލާއި ސަރުކާރާ ދެމެދު މަޝްވަރާތައް ކުރި ނަމަވެސް، ހައްލެއް ނުލިބުނެވެ. އެކިއެކި މަސައްކަތަށް ފަޅުރަށްތައް ދޫކޮށް މިހާރު މި އަތޮޅުގައި ކުއްޔަށް ދޫނުކުރާ އެއްވެސް ފަޅުރަށެއް ނެތެވެ.