19 އޯގަސްޓް 2023
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން އެ ޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަކީ އެ ޓިކެޓަށް ތިރިކޮށްލެއްވި "ބާޒެއް" ގެ ގޮތަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ވަގުުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ސިފަކުރައްވައިފި އެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން އެ ޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަކީ އެ ޓިކެޓަށް ތިރިކޮށްލެއްވި "ބާޒެއް" ގެ ގޮތަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ވަގުުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ސިފަކުރައްވައިފި އެވެ.
އޭނާ އެހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިންގައި އުޅުއްވަމުން ވަހީދު މިއަދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ޔާމީންގެ ސީދާ އެންގެވުމާ ހިލާފަށް، ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރުމަކީ އިހުތިރާމް ކުޑަ އަމަލެއް ކަމަށެވެ.
ޕީޕީއެމުން މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރުމުން ޓިކެޓްގެ ދޮރު ބަންދުވުމުގެ އުދާސްކަމުގައި އެ ޕާޓީ ދޫކުރައްވައި މިދިޔަ ހަފުތާގައި ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވި ވަހީދު ރޭ ވިދާޅުވީ، ޕީޕީއެމްގެ ޕްލޭން އޭ ގެ ގޮތުގައި އޮތީ ޔާމީން ޖަލުން މިނިވަންވެ، އިންތިހާބަށް ވާދަކުރެއްވުމެވެ. ޕްލޭން ބީ ގެ ގޮތުގައި އޮތީ ވަހީދު ވިދާޅުވި ގޮތުގައި ސީދާ ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމެވެ. ޕީއެންސީން ކެންޑިޑޭޓެއް ނެރެ އެ ކެންޑިޑޭޓަކަށް ތާއީދުކުރުމަކީ އެންމެ ފަހަށް އޮތް ޕްލޭން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ދީފައިވާ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ވ. ފެލިދު އަށް ވަޑައިގެން އެ ރަށުގައި އޮތް ޖަލްސާގައި އަދުރޭ ވިދާޅުވީ، ޔާމީން ޖަލުން މިނިވަން ކުރުމަށް ވަހީދު އެއްވެސް މަސައްކަަތެއް ނުކުރައްވާ ކަމަށާއި ޕާޓީ އަށް "ތިރިކޮށްލެއްވީ" ކުއްލިއަކަށް ރިޔާސީ ޓިކެޓް ހޯއްދެއްވުމަށް ކަމަށެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވ. ފެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަދުރޭ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެން ޖެހިގެން އައި ދުވަހު ޕާޓީގެ ލީޑަޝިޕުން ބައްދަލުވުން ބޭއްވި ވަގުތު ވަހީދު ވަޑައިގެން އެ ބައްދަލުވުމުގެ "ކޮޅުގޮނޑީގައި" އިންނެވި އެވެ. އެކަމަކު ވަހީދަކީ ޕާޓީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އެ ދުވަހު [ވަހީދު] ވިދާޅުވީ އަޅުގަނޑު ވެސް އެބަ ހުންނެވީމޭ. އަޅުގަނޑުމެންނަށް ޑރ. ވަހީދު ދުނިޔޭގައި އުޅޭކަން ނޭނގިގެންނެއް ނޫނޭ މި އުޅެނީކީ. ކޮންމެ މީހެއްގެ ވެސް ކޮންމެވެސް ވަރެއްގެ ލަދު ހަޔާތެއް ހުންނަން ވާނެ،" ވަހީދު ކަން ކުރެއްވި ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް އެންމެ ބޮޑު ނިކަމެތިކަމާއި ހިތްދަތިކަން ލިބުނީ މިދިޔަ ފަސް އަހަރު ކަމަށެވެ. ޔާމީން ޖަލަށް ލާފައިވާތާ މިއަދަށް 1،007 ދުވަސްވީއިރު، އެހާ ބޮޑު "ކަނެކްޝަންތަކެއް" ވަހީދުގެ އޮތް ކަމަށް ވިދާޅުވާ ނަމަ އެ ކަނެކްޝަންތަކުގެ ބޭނުންކުރައްވައި ޔާމީން މިނިވަންކުރުމަށް މަސައްކަތް ނުކުރެއްވީ ކީއްވެތޯ އަދުރޭ ސުވާލު އުފެއްދެވި އެވެ.
"މީގެން އެއްވެސް ކަމެއް ނުކުރައްވާ ހުންނަވާފައި، ބަން ކިޔާފައި އައިސް ބާޒެއްހެން އަޅުގަނޑުމެންގެ މައްޗަށް ޖެހިގެންފައި ޓިކެޓް ހޯދާށޭ އައީ،" ރައްދު ދެއްވަން ޖެހިވަޑައިގަތީ "ލަދުހަޔާތް ކުޑަކޮށް އެ ވާހަކަ ދައްކަވާތީ ކަމަށް ވިދާޅުވެ އަދުރޭ ފެލިދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
"ބާޒެއް" ހެން ޕީޕީއެމްގެ ޓިކެޓް ހޯއްދަވަން ވަހީދު ތިރިކޮށްލެވި ކަމަށް އަދުރޭ ސިފަ ކުރެއްވިއިރު، ޔާމީން ވަނީ "މިނިކާ ބާޒެއް" ގޮސް ޕާޓީ ޖަހައިގަނެފާނެތީ އެކަމުން ޕާޓީ ސަލާމަތްކޮށް ފާރަވެރިވުމަށް އެ މަނިކުފާނު ޖަލަށް ލުމުގެ ކުރިން މެމްބަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.
އެހެންވެ، އެކަމަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވީ، ޔާމީން ޖަލަށް ލީ ފަހުން އޭނާގެ މަސައްކަތަކަށް ވީ "އެއްވެސް ބާޒެއް" ޕީޕީއެމް/ ޕީއެންސީގެ މައްޗަށް ގަދަވިޔަ ނުދިނުން ކަމަށެވެ.
"ވަރިހަމަ ކިތަންމެ ރުޅިއަޔަސް. އަޅުގަނޑުމެން މި ތިބީ ޑރ. މުއިއްޒު ހޮވަން ތައްޔާރަށް،" ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އަދުރޭ ވިދާޅުވި އެވެ.
ޔާމީނާ އެކު ސިޔާސީ މަސައްކަތްތަކުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އަދިވެސް އެ ގޮތުގައި ހުންނެވި އަދުރޭ ވިދާޅުވީ، ޔާމީންގެ ކަންކަން އޭނާ އަށް ވުރެ ބޮޑަށް ވަހީދަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. ވިދާޅުވީ، ވަހީދަށް ޔާމީނަށް އިހުލާސްތެރި ވެސް ވަޑައިނުގެންނެވޭނެ ކަމަށެވެ. ޔާމީން ބޭނުންފުޅުވާ ގޮތާއި ކަންތައް ކުރައްވާނެ ގޮތާއި އެ މަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތް ވެސް ބޮޑަށް އެނގިވަޑައިގަންނަވާނީ އޭނާ އަށް ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ޕީޕީއެމް، ޕީއެންސީއަކުން ރައީސް ޔާމީންގެ ވިސްނުންފުޅާ ދެކޮޅަށް އެއްވެސް މަސައްކަތެއް ނުކުރޭ،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މުއިއްޒުގެ ކެންޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ލާން ދަރުބާރުގެ އަށް ވަޑައިގެން ހުންނަވަނިކޮށް، ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ގުޅުއްވި ކަމަށާއި މުއިއްޒާ އެކު ކުރިއަށް ވަޑައިގަތުމަށް ޔާމީން އިލްތިމާސް ކުރެއްވި ކަމަށް ވިދާޅުވި ކަމަށެވެ.
"ތިމަން މަނިކުފާނުގެ ފުރިހަމަ ތާއީދާއި ރުހުން ޑރ. މުއިއްޒަށް އެބަ އޮތޭ. އެހިސާބުން ފޯމު ހަވާލުކުރީ،" ޔާމީންގެ އަނބިކަނބަލުންގެ ފޯނުކޯލްގައި ދެއްކެވި ވާހަކައާ ހަވާލާ ދެއްވައި އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި، ވަހީދު އެ ދުވަހު ވެސް ހުންނެވީ ކެންޑިޑެންސީ ފޯމު ފުރުއްވައިގެން ޔާމީންގެ އިޝާރާތެއްގެ އިންތިޒާތުގަ އެވެ. އޭގެ ފަހުން އެ ދުވަހު ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނަށް ވެސް ވަހީދު ގުޅުއްވައި، އިންތިހާބުގައި ވާދަކުރައްވަން ޔާމީން އެންގެވި ކަމަށް ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ޣައްސާން ވިދާޅުވީ އަވަހަށް ކުރިއަށް ދާށޭ. ކުރިއަށް ދާން ކިހިނެއްތޯ ހަދަންވީ އެއްސެވީމަ ޣައްސާން ވިދާޅުވީ އަބްދުއްރަހީމަށް ގުޅާށޭ. އަބްދުއްރަހީމް އެންގެވީމާ ތިމަންނަމެން މި ތިބީ ތި ގޮތަށް ކުރިއަށް ގެންދާށޭ،" ވަހީދާއި ޣައްސާންގެ ކޯލާ ގުޅޭ ގޮތުން އަދުރޭ ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔާމީން އެންގެވީ މުއިއްޒުއާ އެކު ކުރިއަށް ދާން،"
އަދުރޭ ވަނީ ވަހީދު ވަޑައިގެންނެވި ތަނެއްގައި ހުންނެވުމަށާއި އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑޭޓަށް [ގާސިމް އިބްރާހިމަށް] ތާއީދު ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރެއްވުމަށް އެދިވަަޑައިގެންފަ އެވެ. އަދި ޕީޕީއެމާއި ޕީއެންސީ ބަދުނާމުކޮށް ޔާމީންގެ ނަން ބޭނުންކޮށްގެން ދޮގު ނުހެއްދެވުމަށް ވެސް އެދިވަޑައިގަތެވެ.
މަގުމަތިވީ ޕީޕީއެމް/ޕީއެންސީ ދޫކުރި މީހުން: އަދުރޭ
ޔާމީން ބޭނުންވީ ރިވިއު އަށް ފުރުސަތު ހޯދަން
މުއިއްޒަށް ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެން ނޫން
ޔާމީނަށް ދިން އިންޒާރަށް އެއްޗެއްބުނަން މުނާސަބެއް ނޫން
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"
އަނިޔާވެރިކަން ތާ އަބަދަށް ނިންމާނަން: މުއިއްޒު