Roadha Mihaaru
އެމެކްސް ކާޑު ބޭރުގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭނެ

ބީއެމްއެލްގެ އެމެކްސް ކާޑު ބޭރުގެ މުއާމަލާތްތަކުގައި ބޭނުން ކުރެވޭނެ

18 އޯގަސްޓް 2023

ދިވެހި ރުފިޔާގެ އެކައުންޓުތަކާ ލިންކްވެފައިވާ ބީއެމްއެލް އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުތައް ބޭނުން ކޮށްގެން ވެސް ބޭރުގެ މުއާމަލާތްތަކުގައި ބޭނުން ކުރެވޭ ގޮތަށް ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިވެހި ރުފިޔާގެ އެކައުންޓުތަކާ ލިންކްވެފައިވާ ބީއެމްއެލް އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުތައް ބޭނުން ކޮށްގެން ވެސް ބޭރުގެ މުއާމަލާތްތަކުގައި ބޭނުން ކުރެވޭ ގޮތަށް ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.

އެ ބޭންކުން ބުނީ އެމެކްސް ޑެބިޓް ކާޑު ބޭނުން ކޮށްގެން ކޮންމެ މަހަކު ވެސް 250 ޑޮލަރަށް ވާ ވަރަށް ބޭރުގެ މުއާމަލާތްތަކުގައި ބޭނުން ކުރެވޭނެ ކަމަށެވެ.

މިއީ ވިސާ ޑެބިޓް ކާޑުތަކުން ވެސް ބޭރުގެ މުއާމަލާތްތައް ހިންގުމަށް ބީއެމްއެލް އިން ކަނޑައަޅާފައިވާ ލިމިޓެވެ.

ބީއެމްއެލް ޓްވީޓް

އެމެކްސް ޑެބިޑް ކާޑު ޔޫއެސް ޑޮލަރު އެކައުންޓާއި ލިންކު ކޮށްފައިވާ ނަމަ ރާއްޖޭން ބޭރުގައި ވެސް ބޭނުންކުރެވޭ ގޮތަށް މިދިޔަ އަހަރު ފަހުކޮޅު ބީއެމްއެލް އިން ހަމަޖައްސާފައިވެ އެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް، ޔޫއެސް ޑޮލަރު އެކައުންޓާއި ލިންކު ކުރުމުން 3،000 ޑޮލަރާ ހަމައަށް އޮންލައިންކޮށް އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް ބޭނުން ކުރެވޭނެ ކަމަށް އޭރު ނިންމާފައިވެ އެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރާ އަދި މާޗަންޓް ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. އެ ބޭންކުން 2004 ވަނަ އަހަރުން ފެށިގެން އެމެކްސް ކާޑު އަންނަނީ ކަސްޓަމަރުންނަށް ދޫކުރަމުންނެވެ.