Roadha Mihaaru
އުފަން ރަށުން މުއިއްޒަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް

އުފަން ރަށުން މުއިއްޒަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް!

14 އޯގަސްޓް 2023

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ އުފަން ރަށް، ހއ. ވަށަފަރުން އޭނާއަށް ރަތް ދޫލައިގެ ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ.

އާސިމާ ނިޒާރު ހއ. ވަށަފަރުން އާސިމާ ނިޒާރު

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ އުފަން ރަށް، ހއ. ވަށަފަރުން އޭނާއަށް ރަތް ދޫލައިގެ ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރާއްޖޭގެ އެންމެ އުތުރަށް ފެއްޓެވި ދަތުރުގައި، މުއިއްޒު މި ރަށަށް ވަޑައިގަތުމުން، އޭނާ އަށް މަރުހަބާ ކިޔުމަށް، 900 އެއްހާ މީހުންގެ އާބާދީއެއް އޮތް މި ރަށުން ގިނަ ބަޔަކު ނުކުތެވެ. އެއާއެކު އެންމެން އެއް އަޑަކުން ގޮވާލާފައި ވަނީ "ވަށަފަރު މުއިއްޒު" ރިޔާސީ އިންތިހާބުން ހޮވުމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރާއްޖޭގެ އެންމެ އުތުރަށް ފެއްޓެވި ދަތުރުގައި، މުއިއްޒުގެ އުފަން ރަށް، ވަށަފަރަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ޕީޕީއެމް

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރާއްޖޭގެ އެންމެ އުތުރަށް ފެއްޓެވި ދަތުރުގައި، މުއިއްޒުގެ އުފަން ރަށް، ވަށަފަރަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒުގެ ބައްޕަ، ޝެއިހު ހުސެއިން އަބްދުއްރަހުމާނަކީ މި ރަށަށް އުފަން ބޭފުޅެކެވެ. މުއިއްޒު ލިބިވަޑައިގަތީ މާލޭގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވެ.

މި ރަށުގެ ފުރަތަމަ ޝެއިހު، ހުސެއިން އަބްދުއްރަހްމާނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު މިސްރުން ތައުލީމް ހާސިލްކުރެއްވި ބޭފުޅެކެވެ. ދެހާސް ފަނަރަ ވަނަ އަހަރުގައި އޭނާ އަވަހާރަވިއިރު އުމުރުން 71 އަހަރެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރާއްޖޭގެ އެންމެ އުތުރަށް ފެއްޓެވި ދަތުރުގައި، މުއިއްޒުގެ އުފަން ރަށް، ވަށަފަރަށް ވަޑައިގަތުމުން އޭނާއާ މީހަކު ބައްދާލަނީ.-- ފޮޓޯ: ޕީޕީއެމް

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރާއްޖޭގެ އެންމެ އުތުރަށް ފެއްޓެވި ދަތުރުގައި، މުއިއްޒުގެ އުފަން ރަށް، ވަށަފަރަށް ވަޑައިގަތުމުން އޭނާއާ މީހަކު ބައްދާލަނީ.-- ފޮޓޯ: ޕީޕީއެމް

އެ އާއިލާގެ އެހެން ބޭފުޅުން ދިރިއުޅުއްވަނީ ވަށަފަރުގަ އެވެ.

މި ރަށުން ވާހަކަދެއްކި މީހަކު ބުނީ މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި އުފަން ރަށަށް ހާއްސަ އިސްކަމެއް ދެއްވި ކަމަށެވެ. ބަނދަރުގެ ދަތިކަން ހައްލުކޮށްދިނުމުގެ އިތުރުން ޒުވާނުން ކުޅޭނެ ބަށިކޯޓަކާއި ފުޓްސަލް ދަނޑެއް ހަދައި، ޒުވާނުންނަށް ހިތްހަމަޖެހުންތަކެއް ގެނެސްދިން ކަމަށް ބުންޏެވެ.

"މި ރަށަށް ވެސް ދޭތެރެދޭތެރެއިން ވަޑައިގަންނަވާނެ. ރަށު މީހުންނާ ގާތް ގުޅުމެއް ބާއްވާނެ." އޭނާ ބުންޏެވެ.